ކ. މާލެ
|
5 އޯގަސްޓް 2021 | ބުރާސްފަތި 09:25
ފުވައްމުލަކުގެ ޖަންކްޝަނެއް ސާފުކުރަނީ
ފުވައްމުލަކުގެ ޖަންކްޝަނެއް ސާފުކުރަނީ
މިކަލް ނިއުސް
ފުވައްމުލަކު ނަރުދަމާ
ފުވައްމުލަކު ނަރުދަމާގެ މައްސަލަ ސެޕްޓެމްބަރުގައި ހައްލުވާނެ - މޭޔަރ
 
މި މައްސަލަ ހައްލުކުރުމަށް ފެނަކައާ ހަވާލުކޮށްފައި
 
މި ނިޒާމު ގާއިމުކޮށް ބޭނުން ކުރަން ފެށި ދުވަހުން ފެށިގެން ވެސް މައްސަލަ ދިމާވޭ
 
ރަށުގައި ބަހައްޓާފައިވާ 70 އިންސައްތަ ޖަންކްޝަންތަކުން ނަޖިސް ލީކުވޭ

ފުވައްމުލަކު ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަ ސެޕްޓެމްބަރުގައި ހައްލުވާނެ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެފިއެވެ.

ރާއްޖެޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިސްމާއީލް ވިދާޅުވީ، ނަރުދަމާ ނިޒާމު ވެފައިވަނީ، ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް ކަމަށެވެ. މި ނިޒާމު ގާއިމުކޮށް ބޭނުން ކުރަން ފެށި ދުވަހުން ފެށިގެން ވެސް މިކަމުގައި ރައްޔިތުން ކުރަން ފެށި ޝަކުވާތަކަށް މިހާތަނަށް އަދި ނިމުމެއް ނާދެއެވެ.

މޭޔަރު ވިދާޅުވީ، ކޮންމެ ދުވަހަކު ޖަންކްޝަންތަކުން ލީކުވުމުގެ މައްސަލަ ދިމާވާ ކަމަށާއި، ކޮންމެ ދުވަހަކުވެސް އެ ސާފުކުރަން ޖެހޭ ކަމަށެވެ. އެ ރަށުގައި ބަހައްޓާފައިވާ 70 އިންސައްތަ ޖަންކްޝަންތަކުން ނަޖިސް ލީކުވާ ކަމަަށެވެ. މިއީ ތާރު އެޅުމުގެ ކުރިން އަދި މަގު ހެދުމުގެ ކުރިން ހައްލު ކުރަން ޖެހޭ މައްސަލައަކަށްވީ ނަމަވެސް މިހާތަނަށް މިކަމަށް ހައްލު ލިބިފައި ނުވާކަން މޭޔަރު ފާހަގަކުރެއްވިއެވެ.

މި މައްސަލަ ދިމާވާ މައިގަނޑު ސަބަބެއްގެ ގޮތުގައި މޭޔަރު ފާހަގަކުރެއްވީ، މަސައްކަތް ކުރުުމުގައި އަވަސް އަރުވާލައި މޮނިޓަރ ނުކުރެވި ދިޔުން ކަމުގައެވެ. ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ބޭނުންކުރި ސާމާނުގެ ވެސް ފެންވަރު ދަށް ކަމަށާއި، ނަރުދަމާއާއި، ފެނުގެ ނިޒާމުގެ ޖޮއިންޓްތަކުގައި ވެސް ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށެވެ. އެހެން ވުމުގެ ސަބަބުން، ގޭގޭ ގެ އިސްކުރުތަކުން ނުސާފު ފެން އަންނަ ކަމުގައި ވިދާޅުވިއެވެ.

ފުވައްމުލަކުގެ ނަރުދަމާ ނިޒާމު ގާއިމުކޮށް އިފްތިތާހު ކުރީ، 2018 ސެޕްޓެމްބަރު 14 ވަނަ ދުވަހުއެވެ. މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 300އެއްހާ މިލިއަން ޚަރަދުކުރިއެވެ.

މި މައްސަލަ ހައްލުކުރުމަށް ފެނަކައާ ހަވާލުކޮށްފައިވާއިރު، އެ ކުންފުނިން، މާޗް މަހު ބުނީ، 6 މަސްދުވަހުގެ ތެރޭގައި ހައްލު ހޯދައިދޭނެ ކަމަށެވެ. ފެނަކައިން މިހާރު ވަނީ ބައެއް ސާމާނު ގެންގޮސް، މަސައްކަތް ވެސް ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް