ކ. މާލެ
|
4 އޯގަސްޓް 2021 | ބުދަ 21:36
ހއ. ދިއްދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް 310 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގްއިން ރިވެޓްމެންޓު ޖަހާނެ
ހއ. ދިއްދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް 310 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގްއިން ރިވެޓްމެންޓު ޖަހާނެ
އެމްޓީސީސީ
ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުން
ދިއްދޫގެ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަސައްކަތުގެ 65 އިންސައްތަ ނިންމާލައިފި
 
ރަށް ގިރުމުން ސަލާމަތް ކުރުމަށްޓަކައި 310 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގްއިން ރިވެޓްމެންޓު ޖަހާނެ
 
މި މަޝްރޫޢަކީ 10.02 މިލިއަން ރުފިޔާގެ މަޝްރޫއެއް
 
އެމްޓީސީސީގެ ޓީމާއި މެޝިނަރީތައް ދިއްދޫއަށް ގެންދިޔައީ 25 ފެބްރުއަރީ 2021ގައި

ހއ. ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ 65 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.

މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރައްޔިތުންގެ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އާއެވެ. މި މަޝްރޫޢުގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރަމުން އެމްޓީސީސީން ބުނީ, ކޮނުމަށްފަހު ބިންގަޑު އެއްވަރުކުރަން 7,750 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުމާއި ޖިއޯ ބޭގްސްއަށް އެޅުމަށް 1,926 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން ރަށް ގިރުމުން ސަލާމަތްކުރުމަށްޓަކައި 310 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށެވެ. މިއީ 10.02 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ދިއްދޫ ގޮނޑުދޮށް ހިމާޔަތްކުރަނީ ޖިއޯބޭގްސް ޖަހައިގެންނެވެ. މިކަމުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި، އެމްޓީސީސީގެ ޓީމާއި މެޝިނަރީތައް އެރަށަށް ގެންގޮސްފައިވަނީ 25 ފެބްރުއަރީ 2021 ވަނަ ދުވަހުއެވެ. އަދި 28 ފެބްރުއަރީ 2021 ވަނަ ދުވަހު ވަނީ ޕްރޮޖެކްޓް ސައިޓަށް އެތަކެތި މޮބިލައިޒްކޮށްފައެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި ހއ. ދިއްދޫ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްފަހު އެމްޓީސީސީގެ ސީއީއޯ އާދަމް ޢާޒިމް ވިދާޅުވީ، އަމާޒަކީ ބާރު ސްޕީޑްގައި ކުރިއަށްގެންގޮސް، ސެޕްޓެމްބަރު މަހުގެ ނިޔަލަށް މަސައްކަތް ނިންމުން ކަމަށެވެ. އަދި އެމްޓީސީސީން މަސައްކަތް ކުރަނީ ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތައް ވީހާވެސް އަވަހަކަށް، ފެންވަރު ރަނގަޅުކޮށް ނިންމުން ކަމަށެވެ. މި މަޝްރޫޢުގެ ދަށުން, ދިއްދޫގެ 280 މީޓަރުގެ ސަރަހައްދެއް ހިމާޔަތް ކުރުމަށްވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް ޢާޒިމް

ދިއްދޫގެ ގޮނޑުދޮށް ގިރުމުގެ މައްސަލައަކީ އެރަށުގެ ރައްޔިތުން ވަރަށް ކަންބޮޑުވާ މައްސަލައެކެވެ. ދިއްދޫއަކީ 5000އާ ގާތްކުރާ އާބާދީއެއް ދިރިއުޅެމުން އަންނަ ރަށެކެވެ.

ދިއްދޫގެ ތަރައްޤީގެ މަޝްރޫޢުތަކަށް ޚާއްސަކޮށްގެން 40 މިލިއަނަށްވުރެ ގިނަ ރުފިޔާ މިއަހަރުގެ ބަޖެޓުގައި ވަނީ ކަނޑައަޅާފައެވެ.

ދިއްދޫގެ ބަނދަރު ފުންކުރުމުގެ މަސައްކަތްވެސް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ. މިގޮތުން, ފެރީ ނިޒާމު ޤާއިމު ކުރުމުގެ ގޮތުން އަޅާ ޓަރމިނަލްގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު މިހާރު އެރަށަށް ގެންގޮސްފައިވާ ކަމަށާއި، ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެކަމަށް ޢާޒިމް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ދިއްދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
އަލިފުށި އަދި ކެނދިކުޅުދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި
މުލަކަތޮޅާއި މާލެއާއި ދެމެދު ފެރީގެ ޚިދުމަތް ފެށުމާއި އާރުޓީއެލް ފެރީގެ ޚިދުމަތް ނ. ރ. އަދި ބ. އަތޮޅުގައި ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ކޮލަމާފުށި ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒްކޮށްފި
އެމްޓީސީސީގެ ބޯޑު މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި
މުއިއްޒުގެ މޭސްތިރިކަމުގައި ފެށި ވިލިމާލޭ ބަގީތައް އުވިގެންދިޔަ ގޮތުގެ ވާހަކަ އެނގޭތަ؟
ހުއްޓުވާފައި އޮތް ފީއަލީގެ ބިން ހިއްކުމުގެ މައްސަލަ: އިތުރަށް ނުހިއްކައި، ހިއްކާފައި އޮތް ބައި ދޫކޮށް ރިވެޓްމެންޓް ޖަހަނީ އެއްގަމުން އެތެރޭގައި!