ކ. މާލެ
|
4 އޯގަސްޓް 2021 | ބުދަ 19:16
އަތޮޅުތެރޭގެ ރަށްތަކުގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވޭ
އަތޮޅުތެރޭގެ ރަށްތަކުގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވޭ
އެޑިޝަން.އެމްވީ
މޮނިޓަރިންގެ ހާލަތުގައިވާ ރަށްތައް
17 ރަށެއް ވަނީ މޮނިޓަރިންގައި، އެންމެ ގިނަ ދުވަސްވީ ފުވައްމުލައް ސިޓީ!
 
މޮނިޓަރިންގެ ހާލަތަށް ރަށެއް ގެންނަނީ ބަލި ފެތުރިފައިވާ މިންވަރު ދެނެގަތުމަށް
 
މިމަހުގެ ތެރޭގައި ވިލިނގިލި، ދުވާފަރު، ގަން، ފޮނަދޫ އަދި ހިމަންދޫ ވަނީ މޮނިޓަރިންއަށް ލާފައިވޭ
 
އެންމެ ގިނަ ރަށްތައް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ޖުލައި މަހުގެ ތެރޭގައި

ކޮވިޑް-19ގެ ކޭސްތަކާ ގުޅިގެން އަތޮޅުތެރޭގެ 17 ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ މިހާތަނަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ފުވައްމުލައް ސިޓީ، ރ.ދުވާފަރު، ގއ.ކޫއްޑޫ، ށ.ފޯކައިދޫ، ގދ.ނަޑެއްލާ، ކ.ކާށިދޫ، ހދ.ކުޅުދުއްފުށި، ހއ.ދިއްދޫ، މ.ކޮޅުފުށި، ށ.ފީވައް، ހއ.ތަކަންދޫ، ދ.ކުޑަހުވަދޫ، ގއ.ވިލިނގިލި، ރ.ދުވާފަރު، ލ.ގަން، ލ.ފޮނަދޫ އަދި އއ.ހިމަންދޫ ކަމަށެވެ.

އެޗްޕީއޭން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މި 17 ރަށުގެ ތެރެއިން މޮނިޓަރިންގގައި އެންމެ ގިނަދުވަސްވީ ރަށަކީ ފުވައްމުލައް ސިޓީއާއި ދުވާފަރެވެ. ފުވައްމުލައް ސިޓީ މޮނިޓަރިންގއަށް ލާފައިވަނީ މެއި މަހުގެ 6 ވަނަ ދުވަހުއެވެ. އަދި ދުވާފަރު މޮނިޓަރިންއަށް ލާފައިވަނީ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އަދި ޖޫން މަހުގެ 12 ވަނަ ދުވަހު ކޫއްޑޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިއެވެ.

އެންމެ ގިނަ ރަށްތައް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ޖުލައި މަހުގެ ތެރޭގައެވެ. އެއީ ފޯކައިދޫ، ނަޑެއްލާ، ކާށިދޫ، ކުޅުދުއްފުށި، ދިއްދޫ، ކޮޅުފުށި، ފީވައް، ތަކަންދޫގެ އަދި ކުޑަހުވަދޫ އެވެ. އަދި މިމަހުގެ ތެރޭގައި ވިލިނގިލި، ދުވާފަރު، ގަން، ފޮނަދޫ އަދި ހިމަންދޫ ވަނީ މޮނިޓަރިންއަށް ލާފައިވެއެވެ.

މޮނިޓަރިންގެ ހާލަތަށް ރަށެއް ގެންނަނީ ބަލި ފެތުރިފައިވާ މިންވަރު ދެނެގަނެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރުމަށެވެ. މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށުގެ ކަންކަން އެޗްޕީއޭއިން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ހާލަތު ރަނގަޅު ރަށްތައް މޮނިޓަރިންއިން ނަގަމުންދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ރަނގަޅުވެ، ޚާއްސަކޮށް މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ރަނގަޅުވުމާއެކު، އަޅާފައިވާ ފިޔަވަޅުތަކަށް ގިނަ ލުއިތަކެއް ދީފައިވެއެވެ.

ނަމަވެސް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރިކަމުގައި ވިޔަސް، މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށްރަށަށް ދަތުރުކުރާނަމަ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަންޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން، ދަތުރުކުރުމުގައި ލުއި ދޭން ނިންމާފައިވާއިރު، މި ލުއިތައް މިގޮތަށް ދެވިފައި މިވަނީ މާލެ ސަރަހައްދުގެ ކޮވިޑް ޕޮޒިޓިވިޓީ ރޭޓް 5 އިންސައްތައިން ދަށަށް ދިއުމުންނެވެ.

އީދު ޗުއްޓީއާއެކު ގިނަ ބަޔަކު އަތޮޅުތެރޭގެ ރަށްރަށަށް ދަތުރުކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް