ކ. މާލެ
|
4 އޯގަސްޓް 2021 | ބުދަ 12:10
ބުދަ ދުވަހު ސޮއިކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަން ނިންމާފައިވަނީ H11 ޓަވަރުން ފްލެޓްތައް ލިބުނު ފަރާތްތަކާއެކު
ބުދަ ދުވަހު ސޮއިކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަން ނިންމާފައިވަނީ H11 ޓަވަރުން ފްލެޓްތައް ލިބުނު ފަރާތްތަކާއެކު
ރާއްޖެއެމްވީ
ހިޔާ ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރުން
އެޗްޑީސީގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމުން، ހިޔާ ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރުން ހުއްޓުމަކަށް
 
އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައްތައް އަލުން ފަށާނެ ތާރީޚެއް، ހެލްތު ޕޮރެޓެކްޝަން އެޖެންސީއާ މަޝްވަރާކުރުމަށްފަހު އިއުލާން ކުރާނެ

ހިޔާ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔަ ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމުން, ހިޔާ ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރުން ހުއްޓުމަކަށް އައިސްފިއެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަންގެ މުވައްޒަފެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން، ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައްތައް މެދުކަނޑާލެވިފައިވާ ކަމަށެވެ. އެގޮތުން ބުދަ ދުވަހުގެ 10:00ން ފެށިގެން ތާވަލު ކުރެވިފައިވާ ފަރާތްތަކުގެ އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށް ނުގެންދެވޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ. އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައްތައް އަލުން ފަށާނެ ތާރީޚެއް، ހެލްތު ޕޮރެޓެކްޝަން އެޖެންސީއާ މަޝްވަރާ ކުރުމަށްފަހު އިއުލާން ކުރާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެޗްޑީސީން ބުދަ ދުވަހު އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަން ނިންމާފައިވަނީ H11 ޓަވަރުން ފްލެޓްތައް ލިބުނު ފަރާތްތަކާއެއްކޮށެވެ.

އެޗްޑީސީން އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައްތައް ހުއްޓުމަކަށް ގެނެސްފައިވާއިރު މިހާރު ވެސް އާންމުން އެންމެ ބޮޑަށް ކުރަމުން އަންނަ ޝަކުވާއަކީ ހިޔާ ފްލެޓްތަކަށް ވަދެވޭނީ ކޮންދުވަހަކުތޯ ކަމަށާއި މިވަގުތު އާންމުންނަށް އެއްކޮށް ހުޅުވާނުލަނީ ލިފްޓަށް މިހާރު ވަގުތީ ޖަނެރޭޓަރެއް މެދުވެރިކޮށް ކަރަންޓް ދޫކޮށްފައިވުމުން ކަމަށް އެޗްޑީސީގެ ރިއަލް ސްޓޭޓް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރ ޝާޒިމް ސައީދު ވިދާޅުވިއެވެ.

ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރިނަމަވެސް، ތަނުގެ ފިނިޝިން މަސައްކަތަށް ދިނުމަށް ހަމަޖެހިފައިވާ 3 މަސް ދުވަހުގެ މުއްދަތު ގުނަން ފަށާނީ، ކަރަންޓުގެ މަސައްކަތް ނިމުމުން ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ. އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ތަނުގެ ތަޅުދަނޑި ވެރިމީހާއާ ހަވާލުކޮށް، ތަން ހަވާލުކުރި ކަމުގެ ލިޔުން ދެނީ ހިޔާ ފްލެޓް ސަރަހައްދުންނެވެ. އެއާއެކު ފްލެޓަށް ގެންނަން ބޭނުންވާ އިތުރު ބަދަލުތައް ގެނައުމަށް ޚާއްސަ ހުއްދައަށް އެދޭ ފޯމާއި، ފެން ގުޅުމުގެ މަސައްކަތް ވެސް އެ ސަރަހައްދުން ވަގުތުން ފުރިހަމަ ކޮށްދެއެވެ. ތަނުގެ ވެރިމީހާގެ ހާޒިރުގައި ފެން ގުޅައިދިނުމުގެ މަސައްކަތް ވެސް އަންނަނީ ވަގުތުން ކޮށްދެމުންނެވެ.

ހުޅުމާލޭ ދެވަނަ ފޭސްގައި އަޅާފައިވާ ހިޔާ ފްލެޓްތަކަށް ފްލެޓުގެ މެނޭޖްމަންޓު ފީއާއެކު ދައްކަން ޖެހެނީ މަހަކު 8،500 ރުފިޔާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އެޗްޑީސީން ބުނީ ފްލެޓްތަކަށް ފައިސާ ދައްކާ ޚަލާސް ކުރަން ޖެހޭނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
100%
0%
0%
0%
ކޮމެންޓް
4 އޯގަސްޓް 2021 | ބުދަ 18:38
ކަމަނަ
ވިހަން ބަނޑުގަރިއްސާތާ ހާދަހާ ދުވަހެކޭ ތިވަނީ!!!! އަންތަރީސް ވާވަރުވޭ!!!
ގުޅުންހުރި
ވަކިފަރާތަކަށް ނުޖެހޭނެކަމަށް ބުނާ ފްލެޓް ކޮމިޓީގައި ފަޒުލްގެ ކޮއްކޮ: "މިދިޔަ ސަރުކާރުން އަހަރެންނަށް އެހާވަރުކޮށްލީ އަހަރެން ކީއްކޮށްގެން؟"
ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކޮށް ނިމުމުން، ލިފްޓުގައި ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލު ލިބޭނެ: ރައީސް މުއިއްޒު
ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓު ބާތިލުނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިން - އެޗްއާރްސީއެމް
ހިޔާ ފްލެޓްގެ ކޮންމެ ޓަވަރެއްގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި: ފަޒުލް
ހިޔާ ފްލެޓުތަކުގެ ކުލިން އެއްލައްކަ މައާފުކޮށްފި
ރައީސް ޖެއްސެވި ހިސާބު ދިމައެއް ނުވޭ، ދެއްވާނެކަމަށް ވިދާޅުވި ދެ ލައްކަ ރުފިޔާއިން 89،400 ރުފިޔާ މަދުވޭ!
ހިޔާ ފްލެޓްގެ ފިނިޝިންގ މަސައްކަތަށް ޚަރަދުވި ފައިސާ ދޭނެކަމަށް ވިދާޅުވުމަކީ އަވާމެންދުރެއް؟
ހިޔާ ފުލެޓުތަކުގެ ވެރިން އުއްމީދުކޮށްގެން ތިބީ 5 އަހަރުގެ ފަހު ދުވަހު ފައިސާ ލިބޭނެކަމަކަށް ނޫން - ޔައުގޫބް