ކ. މާލެ
|
4 އޯގަސްޓް 2021 | ބުދަ 11:54
ޔޫރަޕްގެ ޖަންގަލިތަކުގައި އަލިފާން ރޯވެ އަނދަމުންދާތާ ހަފްތާއެއް
ޔޫރަޕްގެ ޖަންގަލިތަކުގައި އަލިފާން ރޯވެ އަނދަމުންދާތާ ހަފްތާއެއް
އަލްޖަޒީރާ
ޔޫރަޕްގެ ޖަންގަލިތަކުގައި ރޯވުން
ގްރީސްގެ އެކި ހިސާބުތަކުގައި ރޯވަމުންދާ އަލިފާން ކޮންޓްރޯލެއް ނުވޭ
 
އެތެންސްގެ އުތުރުގައި އޮންނަ ހިސާބުތަކުގައި ރޯވެފައިވާ އަލިފާނގަނޑު މީހުން ދިރިއުޅޭ ހިސާބުތަކަށް ވެސް މިހާރުވަނީ ފޯރާފައި
 
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޖަންގަލީގެ 81 ތަނެއްގައި ވަނީ އަލިފާން ރޯވެފައި

ހޫނު ދަވުމުގެ ސަބަބުން ގްރީސްގެ އެކި ހިސާބުތަކުގައި ރޯވަމުންދާ އަލިފާން އަދިވެސް ކޮންޓްރޯލް ނުވާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފިއެވެ.

ޔޫރަޕްގެ ބައެއް ގައުމުތަކުގަައި ހޫނު ގަދަވުމުގެ ސަބަބުން ޖަންގަލިތަކުގައި ރޯވެ އަނދަމުން އަންނަތާ ހަފްތާއެއް ވެއްޖެއެވެ. ގްރީސްގެ ވެރިކަންކުރާ ރަށް އެތެންސްގެ އުތުރުގައި އޮންނަ ހިސާބުތަކުގައި ރޯވެފައިވާ އަލިފާނގަނޑު މީހުން ދިރިއުޅޭ ހިސާބުތަކަށް ވެސް މިހާރުވަނީ ފޯރާފައެވެ. މިއީ ފާއިތުވި 30 އަހަރުގެ ތެރޭގައި ވެސް އެންމެ ބޮޑަށް އަލިފާން ރޯވި ފަހަރެވެ.

ދުމުގެ އަސަރުކުރި ބައެއް މީހުން ހޮސްޕިޓަލަށް ގެންގޮސް ވަނީ ފަރުވާ ދީފައެވެ.

މައުންތް ޕާރނިތާގައި ރޯވެފައިވާ އަލިފާން ނިއްވުމުގައި 500ށްވުރެ ގިނަ އަލިފާން ނިއްވާ މީހުން ރޭގަނޑު ވެސް ހުއްޓުމެއްނެތި ދިޔައީ ހަރަކާތްތެރިވަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޑެޕިއުޓީ ސިވިލް ޕްރޮޓެކްޝަން މިނިސްޓަރާ ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވަނީ، އާދަޔާ ޚިލާފަށް ހޫނު ގަދަވުމުގެ ސަބަބުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޖަންގަލީގެ 81 ތަނެއްގައި އަލިފާން ރޯވެފައިވާ ކަމަށެވެ. ގްރީސްގައި މިހާރު ފިނިހޫނުމިން ހުރީ 40 ޑިގްރީސެލްސިއަސް ގައެވެ. ފާއިތުވި ދުވަސްތަކުގައި ފިނިހޫނުމިން 46 ޑިގްރީ ސެލްސިއަސްއަށް ވެސް އަރައިގެން ދިޔަ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

އަލިފާނުގެ އަސަރުކުރާ ހިސާބުތަކުގައި ތިބި މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސް ސަރުކާރުގެ ޚަރަދުގައި ހޮޓެލްތަކުން ވަގުތީ ބޯހިޔާވަހިކަން އަންނަނީ ފޯރުކޮށްދެމުންނެވެ.

ގްރީސްއާ އިންވެގެން އޮންނަ ތުރުކީގައި ވެސް ޖަންގަލިތަކުގައި އަލިފާން ރޯވެ ފަތުރުވެރި މަންޒިލްތަކަށް އެކަމުގެ އަސަރު ކުރަމުން އަންނަކަމަށް އެ ގައުމުން ވެސް ވަނީ ބުނެފައެވެ. އަލިފާން ނިއްވުމުގައި އެހެން ގައުމުތަކުން ވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް