ކ. މާލެ
|
3 އޯގަސްޓް 2021 | އަންގާރަ 00:07
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިންއާއި ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިންއާއި ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން
ކްރެމްލިން ޕްރެސް ސަރވިސަސް
ތުރުކީގެ އަލިފާންގަނޑު
ތުރުކީގެ ރައީސް އުރުދުޣާންގެ ޚާއްސަ ޝުކުރެއް ޕުޓިންއަށް
 
އަލިފާން ނިއްވާ 5 އެއަރ ކްރާފްޓާއި 3 ހެލިކޮޕްޓަރު ތުރުކީއަށް ފޮނުވި
 
އެތައް ބައެއްގެ ގެދޮރު ވަނީ އަނދައިގެން ގޮސްފައި
 
ތުރުކީއަށް އެހީވުމަށް ޖުމުލަ 11 އުޅަނދު ފޮނުވުމަށް ނިންމާފައިވޭ

ތުރުކީ ވިލާތުގެ އެކި ޖަންގަލިތަކުގައި ރޯވެ އަނދަމުންދާ އަލިފާންގަނޑުތައް ފުޅާވެ ބޮޑެތި ގެއްލުންތަކެއް ލިބެމުން ދަނިކޮށް ރަޝިއާއިން ވެދިން އެހީތެރިން ފާހަގަ ކުރައްވައި, އެ ޤައުމުގެ ރައީސް ވްލަޑިމިއަރ ޕުޓިންއަށް ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ޚާއްސަ ޝުކުރެއް ދަންނަވައިފިއެވެ.

އަލިފާނުގެ ސަބަބުން މިހާތަނަށް މަދުވެގެން 7 މީހުން މަރުވެ އެތައް ބައެއްގެ ގެދޮރު ވަނީ އަނދައިގެން ގޮސްފައެވެ. މިއީ ހޫނު މޫސުން ކަމަށްވުމާއެކު އަލިފާންގަނޑުތައް ފެތުރެމުންދަނީ އެއްވެސް ކޮންޓްރޯލެއްނެތި ކަމަށް ބީބީސީން ބުނެއެވެ. މި އަލިފާންގަނޑުތައް ކޮންޓްރޯލް ކުރުމަށް ރަޝިއާއިން ވަނީ އަލިފާން ނިއްވާ 5 އެއަރ ކްރާފްޓާއި، 3 ހެލިކޮޕްޓަރު ތުރުކީއަށް ފޮނުވާފައެވެ. އަދި ރައީސް ޕުޓިން ވަނީ ތުރުކީގެ ހާލަތާގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވައި ވާހަކަ ދައްކަވާފައެވެ.

އޭގެ އިތުރުން ރަޝިއާގެ ޑިފެންސް މިނިސްޓްރީއާއި އިމަރޖެންސީ މިނިސްޓްރީން ވަނީ ތުރުކީއަށް އެހީވުމަށް ޖުމުލަ 11 އުޅަނދު ފޮނުވުމަށް ނިންމާފައެވެ.

ޕުޓިން ވެދެއްވި އެހީތެރިކަން ފާހަގަ ކުރައްވައި އުރުދުޣާން ވަނީ ފޯނުން ގުޅުއްވައި ޕުޓިންއަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

ތުރުކީގެ އެގްރިކަލްޗަރ މިނިސްޓަރ ބާކިރް ޕަކްޑެމިރެލީ ވިދާޅުވީ އަލިފާން ކޮންޓްރޯލު ކުރުމަށް އަދި ދުވަސްތަކެއް ނަގާނެކަމަށެވެ. އަލިފާންގަނޑުގެ ސަބަބުން އެތައް ހާސް ބަޔަކު މިހާރު ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. އޭގެ އިތުރުން އެތައް ބަޔަކު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު ފަތުރުވެރިން އުޅޭ ބައެއް ހޮޓާތައްވެސް ވަނީ ހުސްކޮށްފައެވެ. އަލިފާން ރޯވުމަށް މެދުވެރިވި ސަބަބު އަދި އެގިފައި ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ. އަލިފާން ނިއްވުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށާއި މިކަމާ ބެހޭގޮތުން އިތުރު ތަހުގީގުތައް ކުރިއަށްދާ ކަމަށްވެސް ރަސްމީ ފަރާތްތަކުން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
25%
0%
50%
25%
0%
ކޮމެންޓް