ކ. މާލެ
|
1 އޯގަސްޓް 2021 | އާދީއްތަ 20:16
ވޫހާން- ކޮވިޑް-19 ބަލިމަޑުކަން އެންމެ ފުރަތަމަ ފެނުނު ސިޓީ
ވޫހާން- ކޮވިޑް-19 ބަލިމަޑުކަން އެންމެ ފުރަތަމަ ފެނުނު ސިޓީ
ޒިންހުއާ
ކޮވިޑް-19 އުފެދުނު ގޮތް
ކޮވިޑް އުފެދުނު ގޮތާމެދު ވާހަކަ ނުދައްކަން ވޫހާންގެ ލެބް ޗީފް އެދުނު!
މީގެ ކުރިން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ކޮވިޑްގެ އަސްލު ހޯދުމަށް އަމުރުކުރައްވާފައި
ލެބް ޗީފްގެ މެއިލްތައް ލީކު ކޮށްލާފައިވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން

ކޮވިޑް-19 އުފެދުނު ގޮތާމެދު ވާހަކަ ނުދައްކަން ވޫހާންގެ ލެބޯޓްރީގެ ޗީފް ސައިންސްވެރިންގެ ކިބައިން އެދިފައިވާ މެއިލްތަކެއް ލީކު ވެއްޖެއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓް އިން ލީކު ކޮށްލާފައިވާ މި މެއިލްތަކުގައި ވޫހާންގެ ލެބޯޓްރީގެ ޗީފް ވަނީ ކޮވިޑް އުފެދުނުގޮތާމެދު ވާހަކަ ނުދެއްކުމަށް, އެތަނުގައި މަސައްކަތް ކުރާ ސައިންސްވެރިންގެ ކިބައިން އެދިފައެވެ. މި މެއިލްތަކަކީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު ކޮށްފައިވާ މެއިލްތަކެކެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން މި މެއިލްތައް ލީކުކޮށްލާފައިވަނީ، ކޮވިޑް އުފެދުނު ގޮތް ހޯދުމަށް އެގައުމުގެ ރައީސް ޖޯ ބައިޑެން އަމުރުކޮށްފައިވަނިކޮށެވެ.

ކޮވިޑް-19 ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ވޫހާން ސިޓީންނެވެ. އޭގެ ފަހުން ކޮންޓްރޯލުން ނެއްޓި, ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި ވައިރަސް ވަނީ މުޅި ދުނިޔެއަށް ފެތުރިފައެވެ.

ލީކް ކޮށްލާފައިވާ މެއިލްގައި ވޫހާން ލެބޯޓްރީގެ ޗީފް އިތުރަށް ބުނެފައިވަނީ ކޮވިޑަކީ ޗައިނާ ދަންނަ އެއްޗެއް ގޮތަށް ނުބެލުމަށާއި، ވައިރަސްއާ ބެހޭގޮތުން ސައިންސްވެރިން ވާހަކަ ނުދެއްކުމަށެވެ.

މީގެ ކުރިން އެމެރިކާގެ އިންޓަލިޖެންސުން ބުނީ ވޫހާންގައި ކޮވިޑް އެންމެ ފުރަތަމަ ފެނިފައިވަނީ ވޫހާންގެ ލެބޯޓްރީން ކަމަށެވެ. އަދި އެއަށްފަހު ވޫހާން ސިޓީގެ އެކި ހިސާބުތަކަށް ހަލުވި ކަމާއިއެކު ފެތުރިފައިވާ ކަމަށެވެ.

ކޮވިޑް އުފެދިގެން އައި ގޮތް އަދި މިހާތަނަށް އެއްވެސް ބަޔަކަށް ޔަގީން ކުރެވިފައިނުވާއިރު، ކޮވިޑް އުފެދިގެން އައި ގޮތާއި މެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް