ކ. މާލެ
|
1 އޯގަސްޓް 2021 | އާދީއްތަ 19:58
ތިން މަހަށްވުރެ ގިނަ ދުވަހަށްފަހު ސްކޫލްތައް ހުޅުވާލިއިރު ސްކޫލްތަކަށް ދަރިވަރުން އަލުން ދާން ފެށުން
ތިން މަހަށްވުރެ ގިނަ ދުވަހަށްފަހު ސްކޫލްތައް ހުޅުވާލިއިރު ސްކޫލްތަކަށް ދަރިވަރުން އަލުން ދާން ފެށުން
މިނިސްޓްރީ އޮފް އެޑިއުކޭޝަން
ކޮވިޑު ވެކްސިން ފުރިހަމަކުރުން
ވެކްސިން ޖެހޭ އުމުރުފުރާގެ މީހުންނަށް ސްކޫލްތަކަށް ވަދެވޭނީ ވެކްސިން ފުރިހަމަކޮށްގެން
 
ދަރިވަރުން މި ކެޓެގެރީން އިސްތިސްނާވާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދޭ
 
ހުރިހާ ފަރާތްތަކުންވެސް ވެކްސިންގެ ޑޯޒުތައް ފުރިހަމަ ކުރުމަށް އިލްތިމާސް ކޮށްފައިވޭ
 
އެ ފިޔަވަޅު އެޅީ ދަރިވަރުންގެ ކިޔެވުން ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް

ދިވެހިރާއްޖޭގައި ހިންގާ ކޮވިޑް19 ވެކްސިން ޕްރޮގްރާމްގެ ތެރެއިން ވެކްސިން ޖެހޭ އުމުރުފުރާގެ މީހުންނަށް ސުކޫލުތަކަށް ވަދެވޭނީ ވެކްސިން ފުރިހަމަކޮށްގެން ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އާދިއްތަ ދުވަހު ނެރުނު އިއުލާނެއްގައި ބުނީ، މިގޮތަށް ނިންމީ ދަރިވަރުންގެ ކިޔެވުން ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށާއި، ކޮވިޑް-19 އިން ރައްކާތެރިވުމަށް ސުކޫލުތަކުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އެޅި ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. އެގޮތުން 1 ސެޕްޓެމްބަރު 2021 އިން ފެށިގެން ސްކޫލްތަކަށް ވަދެ ނުކުމެވޭނީ ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އެކަނިކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިނިސްޓްރީން އިތުރަށް ބުނީ، މި އިއުލާނުގައި ބަޔާންކޮށްފައިވާ "ވެކްސިން ޖަހައިގެން ސްކޫލްތަކަށް ވަންނަން ހުއްދަ ދެވޭ ފަރާތްތަކުގެ" ތެރޭގައި ހިމެނެނީ، ދިވެހިރާއްޖޭގައި ވެކްސިން ޕްރޮގްރާމްގެ ތެރެއިން ވެކްސިން ޖެހޭ އުމުރުފުރައިގެ ފަރާތްތައް އެކަނި ކަމަށެވެ. އަދި ދަރިވަރުން މި ކެޓެގެރީން އިސްތިސްނާވާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިނިސްޓްރީން ވަނީ ދަރިވަރުންގެ ރައްކާތެރިކަމަށްޓަކައި ހުރިހާ ފަރާތްތަކުންވެސް ވެކްސިންގެ ޑޯޒުތައް ފުރިހަމަ ކުރުމަށް އިލްތިމާސް ކޮށްފައެވެ.

ރާއްޖޭގެ އާބާދީގެ 50 އިންސައްތައަށްވުރެ ގިނަ މީހުން މިހާތަނަށް ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އޮގަސްޓު މަސް ނިމުމުގެ ކުރިން ރާއްޖޭގެ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި