ކ. މާލެ
|
1 އޯގަސްޓް 2021 | އާދީއްތަ 08:15
"ދަ ޕްރިންސް" ޓްރެއިލަރ ގެ މަންޒަރެއް
"ދަ ޕްރިންސް" ޓްރެއިލަރ ގެ މަންޒަރެއް
އެޗްބީއޯ
ދަ ޕްރިންސް ޓްރެއިލަރ
އިނގިރޭސި ޝާހީ އާއިލާއަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ސީރީޒްގެ ޓްރެއިލަރ މިހާރު ބަލައިލެވޭނެ
މި ސީރީޒް ޕްރިމިއަރކުރުމަށް ހަމަޖެހިފައިވަނީ 12 އެޕިސޯޑް
މި ސީރީޒްއަކީ އެޗްބޯއޯ މެކްސްގެ އުފެއްދުމެއް

އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ދިރިއުޅުމުގެ މައްޗަށް އުފައްދާފައިވާ އެނިމޭޓެޑް ސީރީޒް, "ދަ ޕްރިންސް"ގެ ޓްރެއިލަރ ދައްކާލައިފިއެވެ.

އެޗްބީއޯ މެކްސްގެ މި އެނިމޭޓެޑް ސީރީޒްގައި ޝާހީ އާއިލާގެ ދިރިއުޅުމުގެ ވާހަކަތައް ފެނިގެންދާނެއެވެ. މި ސީރީޒްގައި މައިގަނޑު ގޮތެއްގައި ފެނިގެންދާނީ ޕްރިންސް ވިލިއަމާއި ކޭޓް މިޑްލްޓަންގެ ދަރިފުޅު، ޕްރިންސް ޖޯރޖްގެ ވާހަކަތަކެވެ.

ޝާހީ ޢާއިލާގެ އެކި މީހުންގެ ތައާރަފް މި ޓްރެއިލަރގައި ފެނިގެން ދެއެވެ. ޕްރިންސް ޖޯޖްގެ ކެރެކްޓަރއަށް އަޑުއަޅާފައިވަނީ ގެރީ ޖެނެޓްއެވެ. ޕްރިންސް ހެރީ، ޝާހީ އާއިލާ ދޫކޮށް ލޮސްއެންޖަލިސްއަށް ދިރިއުޅުން ބަދަލު ކުރިނަމަވެސް މޭގަން މާކެލް އަދި ޕްރިންސް ހެރީ ލޮސްއެންޖަލިސްގައި ދިރިއުޅޭގެ ވެސް މި ޓްރެއިލަރގައި ފެނިގެންދެއެވެ.

މި ސީރީޒް ޕްރިމިއަރކުރުމަށް ހަމަޖެހިފައިވަނީ 12 އެޕިސޯޑާއެކުގައެވެ.

ސީރީޒްއަށް އަޑުއަޅާފައިވާ މަޝްހޫރު ފަންނާނުންގެ ތެރޭގައި ޕްރިންސް ހެރީގެ އަޑު އަޅާފައިވާ އޮލާންޑޯ ބްލޫމް، ޕްރިންސެސް ޝާރލޮޓްގެ އަޑުއަޅާފައިވާ ސޯފީ ޓާނަރ، ޕްރިންސް ޗާރލްސްގެ އަޅުއަޅާފައިވާ ޑޭން ސްޓީވެންސް، މޭގަން މާކްލްގެ އަޑުއަޅާފައިވާ ކޮންޑޯލާ ރަޝާދު، ކޭޓް މިޑްލްޓަންގެ އަޑު އަޅާފައިވާ ލޫސީ ޕަންޗް، ޖޯޖްގެ ބަޓްލަރ އަޑުއަޅަފައިވާ އެލެން، ރާނީ އެލިޒަބަތް 2 ގެ އަޑު އަޅާފައިވާ ފްރާންސަސް ދެ ލާ ޓުއަރ އަދި ޕްރިންސް ވިލިއަމްގެ އަޑުއަޅާފައިވާ އިވާން ރިއޯން ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް