Advertisement
ކ. މާލެ
|
31 ޖުލައި 2021 | ހޮނިހިރު 19:05
ރިޒް ކާލްޓަން ރިސޯޓް އެންޑް ސްޕާ އޮންނަނީ ކ.އަތޮޅު ގަމަރުގިރި ކައިރީގައި
ރިޒް ކާލްޓަން ރިސޯޓް އެންޑް ސްޕާ އޮންނަނީ ކ.އަތޮޅު ގަމަރުގިރި ކައިރީގައި
އެމްއެންޑީއެފް
ރިޒް ކާލްޓަން ރިސޯޓުގައި އަލިފާން ރޯވުން
ރިޒް ކާލްޓަން ރިސޯޓުގައި އަލިފާން ރޯވީ ވޯޓަރ ވިލާގެ ފަންގިފިލާއަކާއި ފާޚާނާއެއްގައި
ހާދިސާގެ މައުލޫމާތު ލިބުނީ މެންދުރު 12:29 އެހާ އިރު
މީހަކަށް އަނިޔާވިކަމަށް އަދި ރިޕޯޓެއް ލިބިފައި ނުވޭ
އަލިފާން ހިފާފައިވަނީ ވޯޓަރ ވިލާއެއްގެ ފަންގިފިލާއަކާއި ފާޚާނާއެއްގައި

ރިޒް ކާލްޓަން ރިސޯޓްގެ ވޯޓާ ވިލާއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އަލިފާން ރޯވެފައިވަނީ ވޯޓަރ ވިލާއެއްގެ ފަންގިފިލާއެއްގައި ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނެފިއެވެ.

ކ.އަތޮޅު ގަމަރުގިރި ކައިރީގައި އޮންނަ ރިޒް ކާލްޓަން ރިސޯޓް އެންޑް ސްޕާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބިފައިވަނީ މެންދުރު 12:29 އެހާ އިރުކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް މި މައުލޫމާތު ލިބުމާއެކު ޓީމް އެލާޓަށް ގެނެސްފައިވެއެވެ.

Advertisement

އެކަމުގެ މައުލޫމާތު ހިއްސާކޮށް އެމްއެންޑީއެފުން ބުނީ، އަލިފާން ހިފާފައިވަނީ ވޯޓަރ ވިލާއެއްގެ ފަންގިފިލާއަކާއި ފާޚާނާއެއްގައި ކަމަށެވެ. އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. މި އަލިފާން ނިވާލާފައިވަނީ ރިސޯޓުގެ މުވައްޒަފުން ގުޅިގެން ކުރި މަސައްކަތުންނެވެ.

މި ހާދިސާގައި މީހަކަށް އަނިޔާވިކަމުގެ ރިޕޯޓެއް އަދި ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް