ކ. މާލެ
|
30 ޖުލައި 2021 | ހުކުރު 22:16
ކޮވިޑް އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުން
ކޮވިޑް އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުން
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ޙާލަތު
ހުކުރު ދުވަހު ޕޮޒިޓިވްވީ 107 މީހުން
 
ރިސޯޓުތަކުން 14 މީހަކު ޕޮޒިޓިވްވެފައިވޭ
 
އޭގެ ތެރޭގައި ގިނައީ އަތޮޅު ތެރެއިން ޕޮޒިޓިވްވި މީހުން
 
މިވަގުތު ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުން ދަނީ 13 މީހަކަށް

ރާއްޖެއިން އިތުރު 107 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އިތުރު 107 މީހަކު ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަތޮޅު ތެރެއިން ޕޮޒިޓިވްވި މީހުންނެވެ. އެގޮތުން އަތޮޅު ތެރެއިން 56 މީހަކު ޕޮޒިޓިވްވެފައިވާއިރު، މާލެ ސަރަޙައްދުންވެސް 30 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

އޭގެ އިތުރުން، ރިސޯޓުތަކުން 14 މީހަކު ޕޮޒިޓިވްވެފައިވާއިރު، ހަދަމުންދާ ރަށްރަށުން 6 މީހަކާއި، ސިނާއީ މަސައްކަތް ކުރާ ރަށްރަށުން ޕޮޒިޓިވްވި އެކަކު އޭގެ ތެރޭގައި ހިމެނެއެވެ. މި އެންމެންނަކީ 5156 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައިވާ މީހުންނެވެ.

އެއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިވަނީ 77،309ށް އަރާފައެވެ. އޭގެ ތެރެއިން 74،481 މީހަކު މިހާތަނަށް ބަލިން ރަނގަޅުވެފައިވާއިރު، މިހާތަނަށް ރާއްޖެއިން ބަލި ޖެހިގެން ނިޔާވެފައިވަނީ 221 މީހެކެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިވަގުތު ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުން ދަނީ 13 މީހަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް