ކ. މާލެ
|
30 ޖުލައި 2021 | ހުކުރު 18:21
އީދު ނަމާދުކޮށް ނިމިގެން އާންމުން މިސްކިތުން ފައިބަނީ
އީދު ނަމާދުކޮށް ނިމިގެން އާންމުން މިސްކިތުން ފައިބަނީ
ރާއްޖެއެމްވީ
ކުޑަކުދިން ލައްވާ އިމާމުކަން ކުރުވުން
މިސްކިތްތަކުގައި ކުޑަކުދިން ލައްވާ އިމާމުވެ ނަމާދު ނުކުރުވުމަށް ސަރކިއުލާއަކުން އަންގާނަން: އިސްލާމިކް މިނިސްޓަރ
 
އިސްލާމް ދީނުގައި ކުޑަކުދިން ލައްވާ އިމާމުކަން ކުރުވުމަކީ ހުއްދަ ކަމެއް
 
ހުއްދަވިޔަސް އެގޮތަށް އެކަން ނުކުރުމަށް އަންގާފައިވާނެ

މިސްކިތްތަކުގައި ނަމާދުކުރާ އިމާމުންގެ ތެރެއިން ބައެއް އިމާމުން ކުޑަކުދިން ލައްވާ އިމާމުވެ ނަމާދުކުރުވާ މައްސަލަ ފެންމަތިވެފައިވާތީ ކުޑަކުދިން ލައްވާ އެގޮތަށް ނަމާދު ނުކުރުވުމަށް ސަރކިއުލާއަކުން އަންގާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ ވިދާޅުވީ މީގެ ކުރިން ވެސް މިފަދަ މައްސަލަތައް މިނިސްޓްރީއަށް ހުށަހެޅިފައިވާ ކަމަށެވެ. އެ މައްސަލަތަކުގައި ވާހަކަ ދައްކާލުމުން އެކަން އެގޮތަށް ކުރަނީ ކުޑަކުދިންނަށް ތަމްރީނު ދިނުމަށް ކަމަށް ބުނާ ކަމަށާއި އެހެންނަމަވެސް އެކަން ނުކުރުމަށް އަންގާފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރު އަލުން ހުޅުވުމުން ހުރިހާ އެންމެންނަށް އެކަން އެގޮތަށް ނުކުރުމަށް ރާއްޖޭގެ ހުރިހާ ރަށެއްގެ އިމާމުންނަށް ސަރކިއުލާއަކުން އަންގާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. ކުޑަކުދިން ލައްވާ ބައެއް މިސްކިތްތަކުގައި ތަކުރާރުކޮށް އިމާމުކަން ކުރުވާ

ކަމުގެ ގިނަ މައްސަލަތަކެއް މި ފަހަކުން ވަނީ ފެންމަތިވެފައެވެ. މިކަމާ ގުޅިގެން އާންމުންނާއި އިލްމުވެރިން ވެސް ތަފާތު އެކި ވާހަކަ ދައްކަމުންދާއިރު، ރާއްޖެ އެމްވީއަށް މައުލޫމާތުދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ ބައެއް މިސްކިތްތަކުގެ އިމާމުން ކުޑަކުދިންނަށް އިމާމުކަން ހަވާލުކުރަނީ މަސްއޫލިއްޔަތު އަދާކުރުމުގައި ކަންފަސޭހަކުރުމަށް ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މިސްކިތްތައް އިމާމުންނާ ހަވާލުކުރަނީ ބަންގި ގޮވުމާއި އިމާމުކަން ކުރުމަށް ކަމަށެވެ. ވަރަށް ގިނަ އިމާމުން މިނިސްޓްރީގެ އެންގުންތަކާ އެއްގޮތަށް އަމަލުކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ބައެއް އިމާމުންގެ ފަރާތުން އެންމެ ރަނގަޅަށް އެކަން ނުކުރާތަން ފެންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއީ މިނިސްޓްރީން އެއްގޮތަކަށް ވެސް ފުރުސަތު ދޭނެ ކަންތައްތަކެއް ނޫން ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޚާއްސަ ހުއްދައެއްގެ ދަށުން ކުޑަކުދިންނަށް ވެސް މިސްކިތުގައި އިމާމުވެ ނަމާދު ކުރެވޭނެ ކަމަށެވެ. ކުޑަކުދިން ލައްވާ އިމާމުކަން ކުރުވާއިރު ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން ބޭނުންވާނެ ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ. ރަނގަޅަށް ނުވަތަ ރީއްޗަށް ބަންގި ގޮވާ ކުއްޖެއް ނަމަ އެކުއްޖަކަށް ދޭތެރެއަކުން ބަންގި ގޮވުމުގެ ފުރުސަތު ދިނުމާއި، ކުދިން ލައްވާ އަބަދު މިކަން ކުރުވުމަކީ ތަފާތު ދެކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދީނީ ނަޒަރަކުން ބަލާނަމަ ކުއްޖަކު ލައްވާ އިމާމުވެ ނަމާދު ކުރުވުމަކީ ހުއްދަ ކަމެއް ކަމަށެވެ. އެހެންނަމަވެސް ދީނުގައި ހުއްދަ ކަންތައްތަކާއި އުސޫލުތަކާ ތަފާތުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ މިފަދައިން ކުޑަކުދިން ލައްވާ އިމާމުކަން ކުރުވައިގެން މާލެ ސަރަހައްދުންނާއި، ރަށްރަށުން ވެސް މިނިސްޓްރީއަށް ގިނަ މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އިމާމުން އެމީހުންގެ މަސްއޫލިއްޔަތު އަދާކުރުމުގެ ބަދަލުގައި އެހެން މީހުންނަށް އެކަންކަން ހަވާލުކުރާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
100%
0%
0%
0%
0%
ކޮމެންޓް