ކ. މާލެ
|
30 ޖުލައި 2021 | ހުކުރު 10:49
ރާއްޖޭގެ ރިސޯޓެއްގެ ކޮޓަރިއެއް
ރާއްޖޭގެ ރިސޯޓެއްގެ ކޮޓަރިއެއް
ބުކިންގ.ކޮމް
ރާއްޖޭގެ ޓޫރިސްޓު ފެސިލިޓީތައް
މިހާރު ފަތުރުވެރިންނަށް ޚިދުމަތްދޭން 742 ފެސިލިޓީ އޮޕަރޭޓްކުރޭ
ގެސްޓް ހައުސްތައް ހުންނަ ރަށުގެ ވެކްސިނޭޝަން ރޭޓަށް ބަލައި ބޮޑެތި ލުއިތައް ލިބޭގޮތަށް ވަނީ ހަމަަޖައްސާފައި
އެންމެ ގިނަ އަދަދެއްގެ ފެސިލިޓީ އޮޕަރޭޓްކުރަމުންދަނީ ކ. އަތޮޅުގައި
ޖުމްލަ 48,420 އެނދު ދަނީ އޮޕަރޭޓްކުރަމުން

ރާއްޖެ އަންނަ ފަތުރުވެރިންނަށް ޚިދުމަތްދޭން 742 ޓޫރިސްޓް ފެސިލިޓީ އޮޕަރޭޓް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން 742 ފެސިލިޓީގައި 48,420 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ.

މިހާރު އޮޕަރޭޓްކުރަމުންދާ ފެސިލިޓީތަކަށް ބަލާއިރު، 154 ރިސޯޓުގައި 36,446 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ. އަދި 140 ސަފާރީގައި އޮޕަރޭޓްކުރަމުން ދަނީ 2,748 އެނދެވެ.

އޭގެ އިތުރުން، 448 ހޮޓެލް އަދި ގެސްޓް ހައުސްގައި 9,226 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ. އެގޮތުން ރާއްޖޭގެ 18 އަތޮޅެއްގައި މިހާރު ގެސްޓް ހައުސްގެ އޮޕަރޭޝަންތައް ވަނީ ފަށާފައެވެ. އޭގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފެސިލިޓީ އޮޕަރޭޓްކުރަމުންދަނީ ކ. އަތޮޅުގައެވެ. އެއީ 183 ގެސްޓް ހައުސެވެ. ދެވަނަ އަށް އެންމެ ގިނަ އަދަދެއްގެ ގެސްޓް ހައުސް އޮޕަރޭޓްކުރަމުންދާ އއ. އަތޮޅުގައި މިވަގުތު އޮޕަރޭޓްކުރަމުން ދަނީ 94 ގެސްޓް ހައުސެވެ. އދ. އަތޮޅުގައި އޮޕަރޭޓްކުރަމުން ދަނީ 50 ގެސްޓް ހައުސެވެ. އޭގެ އިތުރުން ވ. އަތޮޅުގައި 36 ގެސްޓް ހައުސް އޮޕަރޭޓްކުރަމުންދާ އިރު، އެއީ 426 އެނދެވެ. ނަމަވެސް 25 ގެސްޓް ހައުސް މިހާރު އޮޕަރޭޓްކުރާ ބ. އަތޮޅުގައި ފަތުރުވެރިންނަށް ޚިދުމަތްދިނުމަށް 476 އެނދު އޮޕަރޭޓްކުރެއެވެ.

ރާއްޖޭގައި އޮޕަރޭޓްކުރާ ގެސްޓް ހައުސްތަކަށް ދިއުމަށް ވަކި ހާއްސަ އުސޫލުތަކެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާއިރު، މިހާރު ގެސްޓް ހައުސްތައް ހުންނަ ރަށުގެ ވެކްސިނޭޝަން ރޭޓަށް ބަލައި ބޮޑެތި ލުއިތައް ލިބޭގޮތަށް ވަނީ ހަމަަޖައްސާފައެވެ. އަދި ފަތުރުވެރިން އައުން އިތުރުވެފައިވާ މި ދަނޑިވަޅުގައި ގެސްޓް ހައުސްތައް އޮޕަރޭޓްކުރަމުން ދަނީ އެންމެ ރަނގަޅަށްތޯ ބެލުމަށް އެކަމަށް ހާއްސަ ޓީމެއް ޓޫރިޒަމް މިނިސްޓްރީގައި ވަނީ އެކުލަވާލާފައެވެ. އޭގެ އިތުރުން މިހާރު ފަތުރުވެރިންގެ އިތުރުން ދިވެހިންގެ މެދުގައި ވެސް ގެސްޓް ހައުސްތަކަށް އޮތް ޑިމާންޑު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

- ކޮމެންޓް