ކ. މާލެ
|
30 ޖުލައި 2021 | ހުކުރު 08:49
ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓު ލުމުގެ ތެރެއިން
ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓު ލުމުގެ ތެރެއިން
ރާއްޖެ އެމްވީ
ެއަންހެނުންގެ ކޮމިޓީ އިންތިޚާބު
އަންހެނުންގެ ކޮމިޓީގެ އިތުރު 3 ދާއިރާއެއްގެ އިންތިޚާބު ސެޕްޓެމްބަރުގައި
 
ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ ހދ. ނޭކުރެންދޫ، ނ. ކެނދިކުޅުދޫ، ރ. މަޑުއްވަރީ

އަންހެނުންގެ ކޮމިޓީގެ އިތުރު 3 ދާއިރާއެއްގެ އިންތިޚާބު ސެޕްޓެމްބަރުގައި ބޭއްވުމަށް ނިންމައިފިއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބު ނުކުރެވޭ އެއް ދާއިރާއާއި އިންތިޚާބުވި ފަހުން މަގާމުން އިސްތިއުފާދިން 2 ދާއިރާއެއްގެ ބައި އިލެކްޝަން ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އޮންނާނެ ކަމަށް އިލެކްޝަނުން ބުނެއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އިންތިޚާބުނުކުރެވޭ ދާއިރާތަކުގެ ތެރެއިން 5 ދާއިރާއެއްގެ އިންތިޚާބު އޮގަސްޓް މަހުގެ 7 ވަނަ ދުވަހު ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ތެރެއިން ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ ހދ. ނޭކުރެންދޫ، ނ. ކެނދިކުޅުދޫ އަދި ރ. މަޑުއްވަރީގައެވެ. މި 3 ދާއިރާގެ ތެރެއިން ހދ. ނޭކުރެންދޫގައި އަންނަ މަހުގެ 7 ވަނަ ދުވަހު ވެސް އިންތިޚާބު އޮންނާނެއެވެ. ނޭކުރެންދޫގައި އިތުރު ގޮނޑިއެއް ހުސްވެފައިވަނީ، ކޮމެޓީއަށް އިންތިޚާބުވި މެމްބަރަކު މަގާމުން އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. ކެނދިކުޅުދޫގައާއި، މަޑުއްވަރީގައި ވެސް އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ، އެ ދެ ރަށުގެ ކޮމެޓީތަކަށް އިންތިޚާބުވި އެއް މެމްބަރަކު އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.

އަންނަ މަހުގެ 7 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާ 5 ދާއިރާއެއްގެ ފައިނަލް ވޯޓާސް ލިސްޓު މިހާރު އެކުލަވާލަމުން އަންނައިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބު ނުކުރެވޭ 10 ދާއިރާގެ ތެރެއިން 5 ދާއިރާއެއްގައި ކަނޑައެޅިފައިވާ އަދަދަށް މެމްބަރުން ކުރިމަތިލުމުން އެ މެމްބަރުން ވަނީ އިންތިޚާބަކާ ނުލައި، ހޮވިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ކެމްޕެއިނަށް ހަރުކުރި ތަކެތި ނަގަން ޤާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި އެތަކެތި ނެގުމަށް އީސީން އިލްތިމާސްކޮށްފި
ގިނަ ފަހަރަށް އިންތިހާބުވާ މީހާއަކީ ދާއިރާގެ މައިނޯރިޓީ ތާއީދު އޮންނަ މީހެއް، މިއީ ކަންބޮޑުވުމެއް - ހަސަން
މަޖިލީހަށް ކުރިމަތިލި ހުރިހާ ކެންޑިޑޭޓުން އަންނަ މަހުގެ 21 ގެ ކުރިން މާލީ ބަޔާން ހުށަހަޅަންޖެހޭ: ހަބީބު
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކޮށްފި
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުއެކީގައި ބާއްވަންޖެހޭ: ހަބީބު
މަޖިލިސް އިންތިހާބުގެ އިދާރީ އިންތިޒާމްތައް ރަނގަޅު، ހާމަކަން ބޮޑު، ސުލްހަވެރިކަމާއެކު ކުރިއަށްދިޔަ - ޓްރާންސްޕޭރެންސީ
ބޫތު ބަހައްޓާފައި ހުރިގޮތުން ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވުނު، އިންޑިއާގެ އިންތިހާބުގައި ކުރެވިދާނެ ގިނަ ކަންކަން އެނގިގެންދިޔަ - ޝަހާބުއްދީން
މަޖިލިސް އިންތިޚާބުގެ ދާއިމީ ނަތީޖާ އަންނަ އާދިއްތަ ދުވަހުގެ ކުރިން އިއުލާންކުރުމަށް ދަނީ މަސައްކަތްކުރަމުން: އީސީ