ކ. މާލެ
|
30 ޖުލައި 2021 | ހުކުރު 06:44
ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ ޕީޕީއެމްއާއި ވަނީ ގުޅިފައި
ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ ޕީޕީއެމްއާއި ވަނީ ގުޅިފައި
ޕީޕީއެމް
މުހައްމަދު އަބްދުﷲ އިދިކޮޅާ ގުޅުން
މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ ވެސް އަނބުރާ ޕީޕީއެމްއަށް!
 
ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް އާއި ޤާނޫނީ ވަކީލް މުހައްމަދު ވަހީދު އިބްރާހިމް ވެސް ވަނީ އިދިކޮޅު ކޯލިޝަނާ ގުޅިފައި
 
މުހައްމަދު އަބްދުﷲ ވިދާޅުވީ އޭނާ ޕީޕީއެމްއާ އަލުން ގުޅުނީ، ސިޔާސީ ގޮތުން ގިނަ މަސައްކަތްތަކެއް އަލުން ކުރެއްވުމަށް
 
މުހައްމަދު އަބްދުﷲ އަކީ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ) ޕީޕީއެމްއާ އަލުން ގުޅިވަޑައިގެންފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ޖުލައި 30 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އެޕާޓީގެ ކުރީގެ ބައެއް މެމްބަރުންނާއި، ބައެއް އާންމުން ވެސް ވަނީ ޕީޕީއެމްއާ ގުޅިފައެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ ވަނީ ޕާޓީއާ އަލުން ގުޅިވަޑައިގެންނެވި ސަބަބު ބަޔާންކުރައްވާފައެވެ. މުހައްމަދު އަބްދުﷲ ވިދާޅުވީ އޭނާ ޕީޕީއެމްއާ އަލުން ގުޅުނީ، ސިޔާސީ ގޮތުން ގިނަ މަސައްކަތްތަކެއް އަލުން ކުރެއްވުމަށް ކަމަށެވެ. މުހައްމަދު އަބްދުﷲ ވަނީ ޕީޕީއެމް ދޫކޮށް އެހެން ޕާޓީއަކަށް ދެވުނީތީ ހިތާމަކުރައްވާކަމަށް ވެސް ވިދާޅުވެފައެވެ.

ޕީޕީއެމްއާ މެމްބަރުން ގުޅުމަށް ބޭއްވި މި ރަސްމިއްޔާތުގައި ފޯމުތަކާ ހަވާލުވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއެވެ. ޕީޕީއެމްއާ އަލުން ގުޅިވަޑައިގެންނެވި މުހައްމަދު އަބްދުﷲ ވަނީ މިހާރު ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީއަށް ވެސް ސޮއިކުރައްވާފައެވެ. މުހައްމާއަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލު ކުރުމަށް އޭރުގެ މަޖިލިސް ތެރެއިން ކުރެވުނު މަސައްކަތުގައި ޔާމީންގެ ވެރިކަމާ ދެކޮޅަށް މަޖިލީހުން ނިކުތް 12 މެމްބަރުންގެ ތެރޭގައި ވެސް ހިމެނޭ ބޭފުޅެކެވެ.

އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ އިދިކޮޅާ އަލުން ގުޅިފައިވާއިރު، ކުރީގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލް އާއި ޤާނޫނީ ވަކީލް މުހައްމަދު ވަހީދު އިބްރާހިމް ވެސް ވަނީ އިދިކޮޅު ކޯލިޝަނާ ގުޅިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
100%
0%
ކޮމެންޓް
ގުޅުންހުރި
ބުނަނީ ސިޔާސަތު ބަދަލުނުވާ ކަމަށް، އެކަމަކު ހާމަކުރެވޭކަށް ނެތް!
ސުޕަރ މެޖޯރިޓީ ހޯދީ ވޯޓުގަނެގެންނާއި ދައުލަތުގެ ފައިސާއާއި މުދާ ނަހަމަގޮތުގައި ބޭނުންކޮށްގެން، ދެން ސަރުކާރު ޒިންމާދާރުކުރާނީ ކިހިނެއް؟
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
އެމްޑީޕީގެ ކެމްޕޭން ބެނާތަކާއި ގުޅޭގޮތުން ވެރިކަން ކުރާ ޕާޓީން ނުރުހުން ފާޅުކުރުމުން، އެންޓި ކެމްޕޭން ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް އީސީން ބުނެފި
ޕީއެންސީގެ ކެމްޕޭން: ވަޒީފާގެ ބިރު، ކަރަންޓު ކަނޑާލާނެކަމުގެ ބިރު، ބާރުގެ ބޭނުންކުރާނެ ކަމުގެ ބިރު
ކެމްޕެއިނުގައި މިފަހަރު ގޮވާލީ ސަރުކާރު ޕާޓީ މީހުންނަށް އެކަނި ކަރަންޓުދޭން، ޕާޓީން މިފަހަރުވެސް ބުނީ އެއީ ފަރުދީ ވިސްނުމެއް ކަމަށް
ރައީސް ޔާމީންގެ ޝަރީއަތް ލަސްވާ ސަބަބު ބަލައިދިނުމަށް މަޖިލީހުގެ ރައީސް ޖޭއެސްސީއަށް ހުށަހަޅުއްވައިފި