ކ. މާލެ
|
30 ޖުލައި 2021 | ހުކުރު 06:32
ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައިވަނީ ފެބްރުއަރީ 1ގައި
ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައިވަނީ ފެބްރުއަރީ 1ގައި
ދި ގާޑިއަން
ވެކްސިންޖެހުމުގެ ގައުމީ ޕްރޮގްރާމް
އިތުރު 939 މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފި
 
ޖުލައި 26 ބަންދާ ދިމާކޮށް މާލެ ސަރަހައްދުގައި ވެކްސިން ޖެހުން މެދުކަނޑާލިޔަސް، އިމަރޖެންސީ ހާލަތުގައި ވެކްސިން ޖަހައިދޭ
 
ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ އަދަދު ވަނީ 321,594ށް އަރާފައި
 
ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދުވަނީ 263,067ށް އަރާފައި

އިތުރު 939 މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފިއެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ޖުލައި 28 ވަނަ ދުވަހު 939 މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 207 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ޖެހި 732 މީހުންނެވެ. މިއާއެކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދުވަނީ 263,067ށް އަރާފައެވެ. މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންގެ އަދަދު ދަށްވެފައި ވަނީ އީދު ބަންދާއި ޖުލައި 26 ބަންދާ ދިމާކޮށް މާލެ ސަރަހައްދުގައި ވެކްސިން ޖެހުން މެދުކަނޑާލުމާ ގުޅިގެންނެވެ. މިދުވަސްކޮޅު މާލެ ސަރަހައްދުގައި ވެކްސިން ޖަހަނީ ހަމައެކަނީ އިމަރޖެންސީ ހާލަތްތަކުގައެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ޖުލައި 28 ވަނަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވަނީ 71 މީހުންނެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 3 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ޖެހި 68 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ އަދަދު ވަނީ 321,594ށް އަރާފައެވެ.

މި މަހުގެ 31 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި އެސްޓްރަޒެނެކާ ވެކްސިން ޖަހަން ފަށާނެ ކަމަށް ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމިއުނިޒޭޝަން ޕްރޮގްރާމުގެ އޮފިސަރ ނާޝިޔާ އަބްދުލްޣަފޫރު ވަނީ ފާހަގަކުރައްވާފައެވެ. މި މަސައްކަތް ފެށުމުގެ ކުރިން ވެކްސިން ޖަހަން އެޕޮއިންޓްމަންޓް ދޫކުރަން އެޗްޕީއޭއިން ވަނީ ފަށާފައެވެ. ވެކްސިންގެ ފުރަތަމަ ޑޯޒް އަދި ދެވަނަ ޑޯޒް ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ވެކްސިން ޖެހުމަށް އެޗްޕީއޭގެ ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދޭނެ ކަމަށާއި އެޕޮއިންޓްމަންޓް ހެއްދުމަށް އެމީހަކާ ބެހޭ ތެދު މައުލޫމާތު ބޭނުންވާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެޕޮއިންޓްމަންޓް ހަމަޖެހުމުން އެކަމުގެ ލިޔުން އެސްއެމްއެސް މެދުވެރިކޮށް ލިބޭނެ ކަމަށާއި، އެޕޮއިންޓްމަންޓުގެ 15 މިނެޓު ކުރިން ވެކްސިން ޖެހުމަށް ހަމަޖެހިފައިވާ ސެންޓަރަކަށް ދާންޖެހޭނެ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ރާއްޖޭގެ އާބާދީގެ 50 އިންސައްތައަށްވުރެ ގިނަ މީހުން މިހާތަނަށް ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އޮގަސްޓު މަސް ނިމުމުގެ ކުރިން ރާއްޖޭގެ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް