ކ. މާލެ
|
17 މެއި 2017 | ބުދަ 20:47
ހަމަލާއާ ގުޅިގެން ޖަލާލްއާބާދުގެ މަގުތައް އަސްކަރިއްޔާ އިން ބަލަހައްޓަނީ
ހަމަލާއާ ގުޅިގެން ޖަލާލްއާބާދުގެ މަގުތައް އަސްކަރިއްޔާ އިން ބަލަހައްޓަނީ
އަލްޖަޒީރާ
އަފްގާން ހަނގުރާމަ
ހަތިޔާރު އެޅި ބަޔަކު އަފްގާން ޓީވީ ސްޓޭޝަނަށް ހަމަލާދީފި
ތިން ހަނގުރާމަވެރިން މަރާލި
ފުލުހަކާއި އާންމުންގެ 2 މީހުން މަރުވި
ސޯޅަ މީހުން ޒަޚަމްވި

ހަތިޔާރު އަޅައިގެން ތިބި ބަޔަކު އަފްގާނިސްތާނުގެ އިރުމަތީ ޝަހަރެއް ކަމަށްވާ ޖަލާލްއާބާދުގެ ޓީވީ ސްޓޭޝަނަކަށް ހަމާދީފިއެވެ.

 

އަލްޖަޒީރާ ބުނާގޮތުން ހަތިޔާރު އެޅި މީހުން ހަމަލާދީފައިވަނީ ޖަލާލް އާބާދުގައިހުރި ސަރުކާރުގެ ޓީވީ ސްޓޭޝަނަކާއި ރޭޑިއޯ ސްޓޭޝަނަކަށެވެ.

 

ޖަލާލްއާބާދުގެ ފުލުހުންނާއި ހަވާލާދީ އަލްޖަޒީރާ އިން ބުނި ގޮތުގައި ހަތިޔާރު އެޅި ބައެއް މީހުންތިބީ ޖާނު ގޮއްވާލުމަށް ބޭނުންކުރާ ގޮވާތަކެތި ހަރުކޮށްފައިވާ "ވެސްޓް"ތަކެއް އަޅައިގެންނެވެ.

 

ހަތިޔާރާއެކު ހަކަރާތްތެރިވި މީހުންގެ ސީދާ އަދަދު ނޭގުނު ނަމަވެސް އޭގެ ތެރެއިން ބައެއް މީހުން ޓީވީ ސްޓޭޝަނުގެ ތެރެއަށްވެސް ވަތް ކަމަށް އަލްޖަޒީރާއިން ބުނެއެވެ.

 

ރޭޑިއޯ ޓެލެވިޒަން ސްޓޭޝަން (އާރުޓީއޭ) އަށް ވަދެގަތީ އޭކޭ-47 ގެ ބަޑިތަކެއް ހިފައިގެން ކަމަށާއި އަދި ޖާނުންފިދާ ވުމުގެ ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ދެމުން ދިޔަ ކަމަށް ޚަބަރުތައް ބުނެއެވެ.

 

ޓީވީ ސްޓޭޝަނުގެ ތެރެއަށް ވަދެގަތުމާއިއެކު ސަލާމާތީ ބާރުތަކުން ވަނީ އެމީހުންނާއި ކުރިމަތިލާފައެއެވެ. އަދި ދެފަރާތުގެ މެދުގައި އިރުތަކެއް ވަންދެން ހަމަލާތައް ބަދަލުކުރެވިފައިވެއެވެ. އެގޮތުން ހަތިޔާރު އެޅި ހަނގުރާމަވެރިންގެ ތެރެއިން ދެމީހަކު ޖާނު ގޮއްވާލައިގެން ސަލާމަތީ ބާރުތަކަށް ހަމަލާދޭން މަސައްކަތް ކުރިއިރު، އިތުރު ދެމީހަކު ބަޑީގެ ހަމަލާތައް ދެމުންގެންދިޔަ ކަމަށް ފުލުހުންނާއި ހަވާލާދީ އަލްޖަޒީރާ އިން ބުނެއެވެ.

 

ދެފަރާތުގެ މެދުގައި ބަދަލުކުރެވު ޙަމަލާތަކުގައި ހަނގުރާމަވެރިންގެ ތިން މީހަކާއި، ފުލުހަކު ހިމެނޭގޮތަށް އިތުރު ތިން މީހުންވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

 

ޓީވީ ސްޓޭޝަނަށް ހަތިޔާރު އެޅިބަޔަކު ވަތް ނަމަވެސް އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވާވަރުގެ ކަމެއް ނުހިނގާ ކަމަށް ފުލުހުންބުނެއެވެ. ޖަލާލްއާބާދުގެ މެދު ތެރޭގައި ހިނގައިދިޔަ މިކަންތައް ގަނޑުގައި 16 މީހަކު ޒަޚަމްވެފައިވެއެވެ. އޭގެ ތެރޭގައި ނުސްވެރިއަކުވެސް ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.

 

މިހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ. ނަމަވެސް މި ސަރަހައްދަކީ އައިއެސްއަށް ވާގިވެރިވާ އެތައް ހަނގުރާމަވެރިންނެއް އުޅޭ ސަރަހައްދަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް