ކ. މާލެ
|
29 ޖުލައި 2021 | ބުރާސްފަތި 23:51
މާލޭގެ މަގުމަތި
މާލޭގެ މަގުމަތި
ރާއްޖެއެމްވީ
ކޮވިޑް-19، ރާއްޖޭގެ ހާލަތު
އިތުރު 108 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ
 
އަތޮޅުތެރެއިން 60 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވޭ

ރާއްޖެއިން އިތުރު 108 މީހުން ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެޗްޕީއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތައް ދައްކާގޮތުން، ބުދަ ދުވަހުގެ އިރުއޮއްސި 06:00ން ބުރާސްފަތި ދުވަހުގެ 06:00ށް ނެގި 5272 ސާމްޕަލްގެ ތެރެއިން 108 ސާމްޕަލް ވަނީ ކޮވިޑް-19ށް ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 77،202ށް އިތުރުވެފައެވެ.

ބުރާސްފަތި ދުވަހު މާލެ ސަރަހައްދުން ރިޕޯޓުކޮށްފައި ވަނީ 17 ޕޮޒިޓިވް ކޭސްއެވެ. އަތޮޅުތެރެއިން 60 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، މިހާރު އޮޕަރޭޓްކުރަމުން އަންނަ ރިސޯޓުތަކުން 28 ކޭހެއް ވަނީ ރިޕޯޓުކޮށްފައެވެ. އަދި ލިވްއަބޯޑުތަކުން އެއް ކޭސް ވަނީ ފެނިފައެވެ.

ރާއްޖެ އިން ކޮވިޑަށް ފަރުވާހޯދަމުން ދިޔަ 220 މީހުން ނިޔާވެފައިވާ އިރު، ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 74،429ށް އަރާފައެވެ. މިވަގުތު ރާއްޖޭގައި ކޮވިޑަށް ފަރުވާހޯދަމުން ދަނީ 2،541 މީހުންނެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނީ 14 މީހުންނަށެވެ.

ބަލީގެ ހާލަތު ރަނގަޅުވެފައިވާ މި ދަނޑިވަޅުގައި ބަލީގެ އިތުރު ރާޅެއް އައުމުގެ ފުރުސަތު ކުޑަކުރުމަށް އެންމެން އެކުގައި، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ރަނގަޅުވެ، ޚާއްސަކޮށް މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ރަނގަޅުވުމާއެކު، ކުރިން އަޅާފައިވާ ފިޔަވަޅުތަކަށް ގިނަ ލުއިތަކެއް ދީފައިވެއެވެ. ނަމަވެސް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރިކަމުގައި ވިޔަސް، މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށްރަށަށް ދަތުރުކުރާނަމަ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރަންޖެހޭނެ ކަމަށް ބުނެފައިވެއެވެ. ވެކްސިންގެ 2 ޑޯޒް ޖެހުމަށްފަހު 14 ދުވަސް ފުރިހަމަވެފައިވާނަމަ ޕީސީއާރް ނެގެޓިވް ނަތީޖާއެކު ރަށަށް ދެވޭ ގޮތަށް ހުޅުވާލީ މާލެ ސަރަހައްދުގައި ޕޮޒިޓިވްވާ އަދަދު މަދުވުމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް