ކ. މާލެ
|
29 ޖުލައި 2021 | ބުރާސްފަތި 18:10
ށ. ފީވައް
ށ. ފީވައް
އެއިރޯ/ފޭސްބުކް
ފީވައް މޮނިޓަރިންއަށް ލުން
ރެމްޑަމް ސާމްޕަލްތަކެއް ޕޮޒިޓިވްވެ ފީވައް މޮނިޓަރިންއަށް!
 
ބަލި ކޮންޓްރޯލް ކުރުމަށް ރައްޔިތުންގެ ފަރާތުން އެއްބާރުލުން ބޭނުންވޭ
 
އެރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފައި
 
ޖުމްލަ 11 މީހަކު ޕޮޒިޓިވްވެފައިވޭ

ށ. ފީވަކުން ނެގުނު ރެމްޑަމް ސާމްޕަލްތަކެއް ކޮވިޑް-19ށް ޕޮޒިޓިވްވެ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ފީވަކު ޓާސްކް ފޯސްއިން ބުނީ ޖުލައި 28ވީ އަންގާރަ ދުވަހު ރޭ ނެގުނު ތިން ރެމްޑަމް ސާމްޕަލެއް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް އެރަށުން ޖުމްލަ 11 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް ޓާސްކް ފޯސްއިން ބުނެއެވެ.

ޓާސްކް ފޯސްއިން ބުނެފައިވަނީ ބަލީގެ އެއްވެސް އަލާމަތެއް ފެނިއްޖެނަމަ އެކަން ލަސްނުކޮށް އެންގުމަށް އެދޭ ކަމަށެވެ. އަދި ސާމްޕަލް ނެގުމުގެ މަސައްކަތްތައް ކުރިއަށްދާއިރު އެއްބާރުލުން ދިނުމަށް އެދޭ ކަމަށެވެ.

ފީވަކު ކައުންސިލުން ބުނީ މިހާލަތުގައި ޖަމާއަތުގައި ނަމާދުކުރުމާއި، ކެފޭ/ރެސްޓޯރެންޓްތަކުން ޚިދުމަތް ދިނުން މަނާވާނެ ކަމަށެވެ. އަދި ބަލީގެ ހާލަތު ދެނެގަނެވެންދެން ރަށަށް އަރާ ފޭބުން މަނާ ކުރެވިފައިވާ ކަމަށެވެ.

ބަލި ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަކޮށް ކައުންސިލުން ބުނީ, ގެއިން ބޭރަށް ނިކުންނައިރު ރަނގަޅަށް މާސްކް އަޅަންވާނެ ކަމަށާއި, އަދި ކޮންމެހެން ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ގެއިން ބޭރަށް ނުނިކުތުމަށް އިލްތިމާސްކުރާ ކަމަށެވެ. މިހާލަތުގައި އެންމެ ބޮޑަށް ބޭނުންވަނީ ރައްޔިތުންގެ އެއްބާރުލުން ކަމަށާއި، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގާފައިވާ އުސޫލުތަކާއި އެއްގޮތަށް އަމަލުކޮށްފިނަމަ ބަލި ވަރަށް އަވަހަށް ކޮންޓްރޯލްވެގެންދާނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށް ކައުންސިލުން ބުނެފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް