ކ. މާލެ
|
29 ޖުލައި 2021 | ބުރާސްފަތި 18:04
މ. ކޮޅުފުށީގެ މަގެއް
މ. ކޮޅުފުށީގެ މަގެއް
އަބްދުﷲ ޝާހިދު ޓްވިޓަރ
ކޮޅުފުށި މޮނިޓަރިންއަށް ލުން
ކޮޅުފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފި
 
ބަލިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވޭ
 
މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ 29 ޖުލައި 2021ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:44ގައި
 
ރަށުން ފޭބުމާއި، ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން ވަނީ މަނާކޮށްފައި

މ.ކޮޅުފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ 29 ޖުލައި 2021ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:44ގައެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް-19އާ ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު (އެޗްޕީއޭއިން ވަކިގޮތެއް އަންގަންދެން) ރަށުން ފޭބުމާއި، ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން ވަނީ މަނާކުރެވިފައެވެ.

ކޮޅުފުށި މޮނިޓަރިންގެ ހާލަތަށް ގެނައުމާ ގުޅިގެން އެރަށުގެ ކައުންސިލުން ބުނީ ކަރަންޓީން އަދި މޮނިޓަރިންގއަށް ލެވޭ ގެތަކުގައި ނޯޓިސް ހަރުކުރާނެ ކަމަށާއި، އެކަމަށް ރައްޔިތުން ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ. ބަލިން ރައްކާތެރިވުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަން ފާހަގަކޮށް ކައުންސިލުން ބުނީ ހުންއައިސް، ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ ލަސްނުކޮށް ސިއްހީ މަރުކަޒަށް އަންގަންވާނެ ކަމަށެވެ.

ޒަރޫރީ ބޭނުންތަކުގައި ބޭރަށް ނުކުމެ އުޅޭއިރު އަބަދުވެސް މާސްކު އަޅައިގެން އުޅުމާއި، ޒަރޫރީ ބޭނުންތައް ފިޔަވައި އެއްވެސް ބޭނުމަކަށް ބޭރަށް ނުނިކުތުމަށް ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ. އަދި މިގޮތަށް ބޭރަށް ނުކުމެވޭނީ ގެއަކުން އެކަކަށް ކަމަށް ކައުންސިލުން ބުނެއެވެ.

ފިހާރަތަކަށް ވަދެވޭނީ ފަހަރަކު ގިނަވެގެން 2 މީހުންނަށްކަން ފާހަގަކޮށް ކައުންސިލުން ބުނީ ޑެލިވަރީގެ ޚިދުމަތް ދެވޭނެ ކަމަށެވެ. އެގޮތުން ހޮޓާ އަދި ކެފޭތަކުން ޑެލިވަރީގެ ޚިދުމަތް ދެވޭނެއެވެ. ނަމަވެސް ކުޅިވަރު ކުޅޭ އެއްވެސް ސަރަހައްދެއްގައި ނުވަތަ ދަނޑެއްގައި ކުޅިވަރު ނުކުޅެވޭނެ ކަމަށާއި، ފިނިމައިޒާންތަކާއި ޖޯލިފަތި ފަދަ އާއްމުން އެއްވެ އުޅޭ އެއްވެސް ތަނަކަށް އެއްވެ އުޅުން މަނާވާނެ ކަމަށެވެ. އަދި މަސްވެރިކަމުގައި ދިއުމުގެ ކުރިން ކައުންސިލަށް ގުޅައި ހުއްދަ ހޯދުމަށް ވެސް އެދިފައިވެއެވެ.

ކޮވިޑް-19އާ ގުޅިގެން ކޮޅުފުށި މޮނިޓަރިންގެ ހާލަތަށް ގެނައުމާ ގުޅިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ވެސް ވަނީ މެދުކަނޑާލާފައެވެ. މިހާރުގެ ހާލަތުން އަރައިގަތުމަށް އެޗްޕީއޭއިން އަންގާފައިވާ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރުމަށް ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ. އަދި ގިނަ ރައްޔިތުންގެ ފަރާތުން އެއްބާރުލުން ލިބޭކަން ކައުންސިލުން ފާހަގަކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް