ކ. މާލެ
|
29 ޖުލައި 2021 | ބުރާސްފަތި 15:36
ބާސާއާ ގުޅުނު ނެދަލެންޑްސްގެ ފޯވާޑް މެމްފިސް ޑިޕާއި
ބާސާއާ ގުޅުނު ނެދަލެންޑްސްގެ ފޯވާޑް މެމްފިސް ޑިޕާއި
ގެޓީ އިމޭޖަސް
ބާސާގެ ކުޅުމަށް ޑިޕާއި ހޭނުން
އަހަރެންގެ ކުޅުން މެސީ އާއި އަގުއޭރޯގެ ކުޅުމާ ގުޅޭނެ: ޑިޕާއި
 
ޑިޕާއި ވަނީ 2023 ގެ ނިޔަލަށް އެއްބަސްވުން ހަދާފައި
 
ބާސާގެ ސްޓައިލަށް ހޭނެން އުނދަގޫ ނުވާނެ ކަމަށް ބުނި

ބާސެލޯނާގެ ފޯވާޑް ލައިނުގައި ހިމެނޭ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އާއި އާޖެންޓީނާގެ ތަޖުރިބާކާރު ފޯވާޑް ސާޖިއޯ އަގުއޭރޯގެ ކުޅުމާ އޭނާގެ ކުޅުން ގުޅޭނެ ކަމަށް ދާދި ފަހުން އެ ޓީމާ ގުޅުނު ނެދަލެންޑްސްގެ ފޯވާޑް މެމްފިސް ޑިޕާއި ބުނެފިއެވެ.

އުމުރުން 27 އަހަރުގެ ޑިޕާއި ބާސާއަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. އަދި އޭނާ ވަނީ ބާސާއާއެކު 2023 ވަނަ އަހަރުގެ ނިޔަލަށް އެއްބަސްވުން ހަދާފައެވެ. ޑިޕާއި އަކީ ބާސާގެ ކޯޗު ރޮނާލްޑް ކޫމަން، ނެދަލެންޑްސްގެ ގައުމީ ފުޓްބޯޅަ ޓީމުގައި އިރުޝާދު ދީފައިވާ ކުޅުންތެރިއެކެވެ.

މި ފަހަރުގެ ޓްރާންސްފާގައި ބާސާއިން ވަނީ ޑިޕާއިގެ އިތުރުން ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން މެންޗެސްޓާ ސިޓީއަށް ކުޅެމުން އައި އުމުރުން 32 އަހަރުގެ އަގުއޭރޯ ސޮއިވެސް ހޯދާފައެވެ. މީގެ އިތުރުން ބާސާއާއެކު އެ ޓީމުގެ ކެޕްޓަން މެސީ ހަދާފައިވާ އެއްބަސްވުން ހަމަވެފައިވީ ނަމަވެސް، އައު އެއްބަސްވުމުގައި މެސީ ވަރަށް އަވަހަށް ސޮއިކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޑިޕާއި ބުނީ މެސީއަކީ ބާސާއަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި، ދަނޑުމަތީގައި މެސީ ހުރެގެން އޭނާއަށްވެސް ލަނޑު ޖަހަން ވަރަށް ފަސޭހަވާނެ ކަމަށެވެ. ހަމަ އެގޮތަށް އަގުއެރޯ އަކީވެސް އޭނާއާ ދާާދި އެއްގޮތަކަށް ކުޅޭ ކުޅުންތެރިއެއް ކަމަށާއި، އެހެންކަމުން މެސީ އާއި އަގުއޭރޯއާއެކު ރަނގަޅު ކޮމްބިނޭޝަނެއް ފެނިގެންދާނެ ކަމަށްވެސް ބުންޏެވެ. ޑިޕާއި އިތުރަށް ބުނީ ބުނީ ބާސާގެ ކޯޗު ކޫމަންއާއެކު މީގެ ކުރިންވެސް މަސައްކަތް ކޮށްފައިވާތީ، އެ ޓީމުގެ ސްޓައިލަށް ހޭނުމަކީ އޭނާއަށް އުނދަގޫ ކަމަކަށް ނުވާނެ ކަމަށެވެ.

ސީނިއާ ކްލަބް ލެވަލްގައި ޑިޕާއި އެންމެ ފުރަތަމަ ކުޅުނީ ނެދަލެންޑްސްގެ ޕީއެސްވީ އެއިންދޯވަންއަށެވެ. އަދި މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑަށްވެސް ކުޅުނު ޑިޕާއި ލިޔޯން ދޫކޮށް ބާސާއަށް ބަދަލުވިއިރު، އޭނާ އެންމެ ފުރަތަމަ ލިޔޯނާ ގުޅުނީ 2017 ވަނަ އަހަރު، ހަތަރު އަހަރާ ބައިގެ އެއްބަސްވުމެއްގެ ދަށުންނެވެ. ލިޔޯންގައި ޑިޕާއި މޮޅު ކުޅުމެއް ދެއްކިއިރު އޭނާ ވަނީ ލިޔޯނަށް ކުޅެދިން 178 މެޗުގައި 76 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް