ކ. މާލެ
|
28 ޖުލައި 2021 | ބުދަ 13:11
އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީ
އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީ
-
އޮސްޓްރޭލިއާ އިން ރާއްޖެއަށް ފޯރުކޮށްދިން އެހީ
ކޮވިޑާ ގުޅިގެން އޮސްޓްރޭލިއާއިން ރާއްޖެއަށް 9 މިލިއަން ރުފިޔާގެ އެހީ ފޯރުކޮށްދީފި
 
މިތަކެތި ރާއްޖެއަށް ފޯރުކޮށްދީފައި ވަނީ ލަންކާގައި ހުންނަ އޮސްޓްރޭލިއާގެ ހައި ކޮމިޝަން މެދުވެރިކޮށް
 
3.5 ޓަނުގެ ޕީޕީއީ ވަނީ ފޯރުކޮށްދީފައި
 
ފްރޮންޓްލައިން ވޯކަރުންގެ ކެޕޭސިޓީ ބިލްޑު ކުރުމާއި އަންހެނުންނާއި އަންހެންކުދިންނަށް ވަނީ އެހީ ފޯރުކޮށްދީފައި

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އެހީތެރިވުމަށް އޮސްޓްރޭލިއާ އިން މިހާތަނަށް 9 މިލިއަން ރުފިޔާގެ އެހީ ފޯރުކޮށްދީފިއެވެ.

ދާދި ފަހުން އޮސްޓްރޭލިއާއިން ވަނީ ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އެހީތެރިވުމުގެ ގޮތުން 3.5 ޓަނުގެ ޕީޕީއީ ފޯރުކޮށްދީފައެވެ. އެގޮތުން އޮސްޓްރޭލިއާގެ ރާއްޖެ އަދި ސްރީ ލަންކާގެ ހައިކޮމިޝަނުން ކުރި ޓްވީޓެއްގައި ވަނީ މި ފޯރުކޮށްދެވުނު 3.5 ޓަނުގެ ޕީޕީއީ އާއެކު މިހާތަނަށް 780,000 އޮސްޓްރޭލިއަން ޑޮލަރު ނުވަތަ 9 މިލިއަން ރުފިޔާގެ އެހީ އެ ގައުމުން ރާއްޖެއަށް ފޯރުކޮށްދެވިފައިވާކަން ފާހަގަކޮށްފައެވެ.

މިހާތަނަށް އައި އިރު އޮސްޓްރޭލިއާއިން ވަނީ ރާއްޖެއަށް ޕީޕީއީގެ އިތުރުން ފްރޮންޓްލައިން ވޯކަރުންގެ ކެޕޭސިޓީ ބިލްޑުކުރުމާއި އަންހެނުންނާއި އަންހެންކުދިންނަށް އެހީތ ފޯރުކޮށްދީފައެވެ.

މިތަކެތި ރާއްޖެއަށް ފޯރުކޮށްދީފައި ވަނީ ލަންކާގައި ހުންނަ އޮސްޓްރޭލިއާގެ ހައި ކޮމިޝަން މެދުވެރިކޮށެވެ.

އޮސްޓްރޭލިއާ އިން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޝުކުރުއަދާކުރައްވާފައެވެ. މިނިސްޓަރު ވަނީ އޮސްޓްރޭލިއާ ސަރުކާރުގެ އެހީތަކާއެކު ރާއްޖެ އިން ކޮވިޑް-19 ކޮންޓްރޯލުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ހިއްވަރެއް ލިބިގެންދާނެ ކަމަށް ފާހަގަކުރައްވާފައެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އެހީތެރިވުމަށް އޮސްޓްރޭލިއާގެ އިތުުރުން ދޭދޭ ގުޅުންހުރި ގިނަ ގައުމުތަކަކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި އަވައްޓެރި އިންޑިއާ އާއި ލަންކާގެ އިތުރުން އެމެރިކާ، ޗައިނާ އަދި ޖަޕާނު ފަދަ ގައުމުތައް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް