ކ. މާލެ
|
27 ޖުލައި 2021 | އަންގާރަ 00:19
ރާއްޖޭގެ ސްކޫލެއް
ރާއްޖޭގެ ސްކޫލެއް
މިނިސްޓްރީ އޮފް އެޑިއުކޭޝަން
ސްކޫލް މުވައްޒަފުން ވެކްސިން ފުރިހަމަކުރުން
ސްކޫލްތަކުގެ މުވައްޒަފުން ވެކްސިން ފުރިހަމަކުރަން އަންގައިފި
ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ވެކްސިން ފުރިހަމަކުރަން އަންގާފައިވޭ
މިފަދައިން އެންގީ އާންމު ހާލަތުގައި ސްކޫލްތަކުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް

ސްކޫލްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވެކްސިން ފުރިހަމަކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިފަދައިން އަންގާފައިވަނީ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން، ސްކޫލްތަކަކީ ދަރިވަރުންނަށް ރައްކާތެރި ތަންތަން ކަމުގައި ހެދުމަށާއި، އާންމު ހާލަތުގައި ސްކޫލްތަކުގެ ކިޔެވުން ކުރިއަށްގެންދިއުމަށެވެ. އަދި މިނިސްޓްރީން ވަނީ ހުރިހާ ސްކޫލްތަކަށް ސަރކިއުލާއެއް ވެސް ފޮނުވާފައެވެ.

މިހާރު ވެސް ސްކޫލްތަކުގެ ގިނަ މުވައްޒަފުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން މިނިސްޓްރީން ފާހަގަކޮށްފައެވެ.

ވެކްސިންގެ ޑޯޒްތައް ނުޖަހާ ތިބި މުވައްޒަފުންނަށް ފަސޭހައިން ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށްފައިވާކަމަށާއި، މާލެއާއި އަތޮޅުތެރޭގައި މި އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

މި އިންތިޒާމުގެ ތެރެއިން މުވައްޒަފުން ވެކްސިން ފުރިހަމަކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. އަދި ސްކޫލަށް ދާއިރު ކޮންމެ މުވައްޒަފަކީ ވެސް ވެކްސިން ފުރިހަމަކޮށްފައިވާ މުވައްޒަފެއް ކަމުގައި ވާންވާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ސްކޫލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ވެކްސިން ނުޖެހޭ މީހުން އެކަން ބަޔާންކޮށް މިނިސްޓްރީއަށް ލިޔުމެއް ހުށަހެޅުމަށް ވަނީ އަންގާފައެވެ.

ކޮވިޑް-19ގެ ހާލަތާ ގުޅިގެން ދިރާސީ އައު އަހަރަށް ވަނީ ވަރަށް ބޮޑު ބަދަލެއް ގެނެސްފައެވެ. މިހާރު ގެނެސްފައިވާ ބަދަލާއެކު ދިރާސީ އައު އަހަރުގެ ކިޔެވުން މިއަހަރު ފަށަނީ އޮގަސްޓު 10 ވަނަ ދުވަހުއެވެ.


Advertisement
- ކޮމެންޓް