ކ. މާލެ
|
26 ޖުލައި 2021 | ހޯމަ 22:51
ހއ. ދިއްދޫ
ހއ. ދިއްދޫ
ހއ.ދިއްދޫ
ދިއްދޫ މޮނިޓަރިންނަށް ލުން
ދިިއްދޫ އަނެއްކާވެސް މޮނިޓަރިންއަށް ލައިފި
މިއީ ދިއްދޫ މޮނިޓަރިންނަށް ލީ ހަތަރު ވަނަ ފަހަރު

ހއ. ދިއްދޫ އަނެއްކާވެސް މޮނިޓަރިންނަށް ލައިފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތުދެއްވަމުން ހއ. ދިއްދޫ ހޮސްޕިޓަލުގެ މެނޭޖަރ ޢުސްމާން އަޝްރަފް ވިދާޅުވީ އެ ރަށް އަނެއްކާވެސް މޮނިޓަރިންއަށް ލާފައިވަނީ އެރަށުން ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެގެން ކަމަށެވެ.

ޢުސްމާން ވިދާޅުވީ އޭނާގެ ކޮންޓެކްޓުން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

މިއީ ކޮވިޑް-19ގެ ހާލަތާ ގުޅިގެން ދިއްދޫ މޮނިޓަރިންނަށް ލީ 4ވަނަ ފަހަރެވެ.

އެންމެ ފަހުން އެރަށް މޮނިޓަރިންއަށް ލާފައި ވަނީ ޖޫން 24ވަނަ ދުވަހުއެވެ. އަދި މޮނިޓަރިންގެ ހާލަތުން ނަގާފައިވަނީ މިމަހުގެ 21ވަނަ ދުވަހުއެވެ.

އެހެންނަމަވެސް އެރަށުން އަނެއްކާވެސް ކޮވިޑްގެ ކޭސްއެއް ފެނުމާއެކު، ރަށް މޮނިޓަރިންއިން ނެގިތާ 4 ދުވަސްފަހުން މިވަނީ މޮނިޓަރިންނަށް ލާފައެވެ.


Advertisement
- ކޮމެންޓް