ކ. މާލެ
|
26 ޖުލައި 2021 | ހޯމަ 10:10
މިނިސްޓަރ އޮފް ހޯމް އެފެއަރޒް ޝެއިޚް އިމްރާން އަބްދުﷲ
މިނިސްޓަރ އޮފް ހޯމް އެފެއަރޒް ޝެއިޚް އިމްރާން އަބްދުﷲ
ރައީސް އޮފީސް
ރާއްޖޭގެ މިނިވަން ދުވަސް
މިނިވަންކަމަށް ބުރޫއަރާ އެއްވެސް ކަމަކަށް މި ސަރުކާރުން ފުރުސަތެއް ނުދޭނެ - މިނިސްޓަރ އިމްރާން
 
ބޭރުގެ ބާރުތަކުން ވިޔަސް އަދި އެތެރޭގެ ބާރުތަކުން ވިޔަސް މިނިވަންކަމަށް ބުރޫއަރާގޮތަށް ކުރެވޭ ކޮންމެ މަސައްކަތެއް ސަރުކާރުން ހުއްޓުވާނެ
 
ރާއްޖޭގެ މިނިވަންކަމާއި ގައުމިއްޔަތުގެ އަސާސަކީ އިސްލާމް ދީނާއި ދިވެހި ބަހާއި ރީތިއާދަތަކާއި އަޙްލާގުގެ އިތުރުން ދިވެހިންގެ ސަގާފަތް

ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާފަދަ އެއްވެސް ކަމަކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ފުރުސަތު ނުދޭނެކަމަށް ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހާ ގުޅިގެން ބޭއްވި ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން މިނިސްޓަރ އިމްރާން ވަނީ ރާއްޖޭގެ މިނިވަންކަމާއި ގައުމިއްޔަތުގެ އަސާސަކީ އިސްލާމް ދީނާއި ދިވެހި ބަހާއި ރީތިއާދަތަކާއި އަޚްލާގުގެ އިތުރުން ދިވެހިންގެ ސަގާފަތް ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މިނިވަންކަން ހިމާޔަތް ކުރެވޭނީ މި އަސާސްތައް ހިމާޔަތް ކޮށްގެންކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރު ދެމިއޮންނާނީ މި އަސާސްތައް ހިމާޔަތްކުރުމުގައި ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ އިމްރާން ވަނީ ރާއްޖޭގެ ރައްޔިތުންނަށް ރައްކާތެރިކަމާއި މިނިވަންކަމަށް ބުރޫއަރާ ފަދަ އެއްވެސް ކަމަކަށް މި ސަރުކާރުން ފުރުސަތުނުދޭނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ބޭރުގެ ބާރުތަކުން ވިޔަސް އަދި އެތެރޭގެ ބާރުތަކުން ވިޔަސް މިނިވަންކަމަށް ބުރޫއަރާގޮތަށް ކުރެވޭ ކޮންމެ މަސައްކަތެއް ސަރުކާރުން ހުއްޓުވާނެ ކަމަށް މިނިސްޓަރ ވިދާޅުވެއެވެ.

މީގެ އިތުރުން މި ހަފްލާގައި ވާހަކަދައްކަވަމުން މިނިސްޓަރ އިމްރާން ވަނީ ރާއްޖޭގެ މިނިވަންކަމަކީ އިސްވެދިޔަ ކާބަފައިންގެ ފަރާތުން އަންނަން އޮތް ޖީލުތަކަށް ދިނުމަށް މިއަދުގެ ޖީލަށް ހަވާލުކޮށްފައިވާ ވަރަށް ބޮޑު އަމާނާތެއްކަމަށް ވިދާޅުވެފައެވެ. ރާއްޖޭގެ މިނިވަން ދުވަހަކީ ކޮންމެ އަހަރަކުވެސް ވަރަށް ކުލަ ގަދަކޮށް ފާހަގަކުރަމުން އަންނަ ދުވަހެއް ނަމަވެސް މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރަން ޖެހިފައި މިވަނީ ވަރަށް ތަފާތުކޮށް ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަހްމަދުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އާއި ވަޒީރުންނާއި ދައުލަތުގެ އިއްޒަތްތެރީން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް