ކ. މާލެ
|
26 ޖުލައި 2021 | ހޯމަ 09:49
ރައީސް މައުމޫނު އަބްދުލް ޤައްޔޫމު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމަށް އިންޓަރވިއު ދެއްވަނީ
ރައީސް މައުމޫނުގެ ވެރިކަން
ވެރިކަމުގައި އެއްވެސް މީހަކު މަރަން އޯޑަރެއް ނުދެން: ރައީސް މައުމޫނު
 
މަރުގެ ޙުކުމް އިއްވާފައި ތިބި މީހުން މަރާލުމަށް ޤައުމެއްގެ އިސް ވެރިއަކު ވެސް ލަފާދެއްވި
 
ކޮންމެ މީހަކުވެސް އަނެކާގެ މިނިވަންކަމަށް އިޙްތިރާމް ކުރަން ޖެހޭނެ
 
އެއްވެސް އިރެއްގައި މީހަކު މަރާފައިވާނެ ބޭފުޅެއް ނޫންކަމުގެ ޔަޤީންކަން ދެއްވި

ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމުގެ ވެރިކަމުގައި އެއްވެސް ޝަރީއަތެއް ކުރުމެއް ނެތި އެތައް ބަޔަކު މަރާފައިވާކަމަށް ދެކެވޭ ވާހަކަ އެމަނިކުފާނު ދޮގު ކުރައްވައިފިއެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި ޤަސްތުގައި މީހުން މަރާލާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ، އެމަނިކުފާނުގެ އޯޑަރަށް މީހުން މަރާފައިވާކަމަށް ބުނެ ތަފާތު އެކި ގޮތްގޮތަށް ވާހަކަތައް ދެކެވިފައިވާ ކަމަށެވެ. ނަމަވެސް އެއީ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއްކަން ޝަރީއަތުގެ މަރުޙަލާއިން ވެސް ސާބިތުވެފައިވާކަން ރައީސް މައުމޫނު ފާހަގަކުރެއްވިއެވެ.

ރައީސް މައުމޫނު ވިދާޅުވީ، އެމަނިކުފާނަކީ އެއްވެސް އިރެއްގައި މީހަކު މަރާފައިވާނެ ބޭފުޅެއް ނޫންކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.

އޭގެ އިތުރުން ރައީސް މައުމޫނު ވިދާޅުވީ، 3 ނޮވެމްބަރުގައި ހިނގާ ދިޔަ ކަންކަން ތަހުގީގުކުރުމަށްފަހު ޝަރީއަތުގެ މަރުޙަލާއިން ކުށް ސާބިތުވެ މަރުގެ ޙުކުމް އިއްވާފައިވާ މީހުން ތިބި ކަމަށެވެ. އަދި ދިގު މުއްދަތަކަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައިވާ މީހުން ވެސް ތިބިކަން ފާހަގަކުރައްވައި ރައީސް މައުމޫނު ވިދާޅުވީ، އެ މައްސަލައިގައި ކޮށްފައިވާ މަރުގެ ޙުކުމްތައް މައާފު ކޮށްދެއްވާފައިވާނެ ކަމަށެވެ. އަދި އެ ދުވަސްވަރު ރާއްޖެއިން ބޭރަށް ވަޑައިގެންނެވިއިރު، މަރުގެ ޙުކުމް އިއްވާފައި ތިބި މީހުން މަރާލުމަށް ޤައުމެއްގެ އިސް ވެރިއަކު ވެސް ލަފާ ދެއްވިކަން ރައީސް މައުމޫނު ފާހަގަކުރެއްވިއެވެ.

މިނިވަންކަމުގެ ހުދޫދާ ގުޅޭގޮތުން އެ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ، ކޮންމެ މީހަކުވެސް އަނެކާގެ މިނިވަންކަމަށް އިޙްތިރާމް ކުރަން ޖެހޭނެ ކަމަށެވެ. އަދި އެމީހެއްގެ އަމަލުތަކުން މުޖުތަމަޢުއަށް ކޮށްފާނެ އަމަލުތައް ހުއްޓުވަން ޖެހޭ ކަމަށާއި، އެކަމާ ގުޅޭ ޤާނޫނުތަކެއް ހުންނަން ވެސް ޖެހޭ ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކުރައްވާފައިވާ އެންމެ މުހިއްމު އެއް މަސައްކަތަކީ ދިވެހިންގެ އަމިއްލަވަންތަކަމާއި ޤައުމީ ރޫޙު ދިރުވާ އާލާކުރުން ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.

އޭގެ އިތުރުން، ސިފައިންގެ ތައުލީމީ ޤާބިލުކަން އިތުރުކުރުމާއި، ދިވެހި ޒުވާނުން އަސްކަރިއްޔާއަށް އަހުލުވެރިކުރުވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާނެކަން ވެސް ރައީސް މައުމޫނު ފާހަގަކުރެއްވިއެވެ.

މިނިވަންކަމާއި ދީނީ ގޮތުން އުފެދިފައިވާ ބައިބައިވުންތަކާ ގުޅޭގޮތުން ރައީސް މައުމޫނު ވިދާޅުވީ، ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމުގެ ޤާނޫނު މިހާރު ވެސް އެބައޮތް ކަމަށާއި، އެ ޤާނޫނުގައި ވަކި ހަމަތަކާއި އުސޫލުތަކެއް ބަޔާންކޮށްފައިވާ ކަމަށެވެ. ރައީސް މައުމޫން ވިދާޅުވީ، ދީނީ ގޮތުން ދައްކަންޖެހޭ ބައެއް ވާހަކަތަކާއި ފަތުވާތަކަކީ އެކަމުގެ ހުއްދަ ނުވަތަ ފާހެއް އޮވެގެން ކުރެވޭނެ ކަމެއް ކަމަށެވެ. އަދި މިހާރު ވެސް ދީނީ އެއްބައިވަންތަ ކަމުގެ ޤާނޫނަށް އަމަލު ކުރަން ޖެހޭކަން ރައީސް މައުމޫނު ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
17%
33%
0%
33%
17%
0%
ކޮމެންޓް
26 ޖުލައި 2021 | ހޯމަ 14:44
ުމުޙައްމަދު ޝަރީފު
އަނިޔާވެރި ވެރުކަމުގެ އިތުރު މިސާލެއް ނުވާ އަނިޔާވެރި މައުމޫނުގެ ވެރިކަމުގައި މައުމޫނުގެ މަދަދާއެކު މައުމޫނުގެ ޅިޔަނު އިލްޔާސް އެފު.ޕީ.އައި.ޑީ. އިން ފޭރުނު ކަމުގެ ހެކި ރައްޔިތުންނަން އޮޅުން ހިލުވާދިނުމުން އަހުރެން ބިޑިޔާއި އަދަގޮޑީގައި އަނިޔާދިނުމުގެތެރޭގައި ، މައުމޫނުގެ ވެރިކަމުގެ އުމުރަށް ޖަލުގައ ބަހައްޓާނެ ކަމަށާއި މާލޭގައި ތިބި 9 ދަރިންނާއި އަންހެނުން ބަޑަށް މަރުވީމަ ނިމުނީކަމަށާއި ދޫނިދޫ ޖަލުން ޝަރީފަށް ކާން ލިބޭނެކަމަށް ސިފައިންގެ ވެރިއެއް ކަމަށްވާ މޯރާ ތައުފީގު ބުނިމައްސަަލަ ނުލަފާ ރައީސް މައުމޫނަށް އެންުގުމުން އަޅާނުލާ އެއްވެސް ޖަވާބެއްވެސް ނުދީ އަނިޔާގައި ބެހެއްޓި ، މީހުންމެރުމަށް އަމުރުދިނުމަކީ މިއީނޫންބާ ؟ މައުމަޫމުގެ މަދަދާއެކު ފޭރުނު މައްސަލައިގެ އަޑު ގޫގުލް އަށްވަދެދަ މަނަސް 130 ޖެހުމުން އަޑުއަހާލެވޭނެ! ޝުކުރިއްޔާ !