ކ. މާލެ
|
26 ޖުލައި 2021 | ހޯމަ 09:02
ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމު އަދި ކޮއްކޯފުޅު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން
ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމު އަދި ކޮއްކޯފުޅު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން
ރާއްޖެއެމްވީ
ރައީސް ޔާމީންގެ ޝަރީއަތް
"ޔާމީން ހުންނެވީ ޙުކުމެއްގައި، އިންތިޚާބެއްގައި ވާދަ ކުރެއްވިގެން ނުވާނެ"
 
މިނިވަންވެވަޑައިގަތުމުން އެ މަސައްކަތް ކުރެއްވުމަކީ މައްސަލައެއްކަމަށް ދެކިވަޑައެއް ނުގަންނަވާ
 
ރައީސް ޔާމީނު މިހާރު ވެސް ގެންދަވަނީ މަނީ ލޯންޑަރިންގ ގެ ކުށް ސާބިތުވެ ޙުކުމް ތަންފީޒުކުރައްވަމުން
 
އެއްވެސް މީހަކު ކުށެއް ކޮށްފިނަމަ އެ ކުށުގެ އަދަބު ލިބެންޖެހޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާއިރު، އެފަދަ ހާލަތެއްގައި ހުންނަވައި އިންތިޚާބެއްގައި ވާދަ ކުރެއްވިގެން ނުވާނެކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، އެއްވެސް މީހަކު ކުށެއް ކޮށްފިނަމަ އެ ކުށުގެ އަދަބު ލިބުމަކީ ޤާނޫނީ ގޮތުން އެންމެ ރަނގަޅު ގޮތް ކަމަށެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ހުންނެވީ ކުށެއް ސާބިތުވެ ޖަލު ޙުކުމެއްގައިކަން ފާހަގަކުރައްވައި ރައީސް މައުމޫނު ވިދާޅުވީ، ޙުކުމެއްގައި ހުންނަވަނިކޮށް ރައީސް ޔާމީން ނުކުމެވަޑައިގެން ރިޔާސީ އިންތިޚާބެއްގައި ވާދަ ކުރެއްވިގެން ނުވާނެ ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ، ޝަރީއަތް ނިމި، މިނިވަންވެވަޑައިގަތުމުން އެ މަސައްކަތް ކުރެއްވުމަކީ މައްސަލައެއްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ރައީސް މައުމޫން އެހެން ވިދާޅުވެފައިވާއިރު، ރައީސް ޔާމީނު މިހާރު ވެސް ގެންދަވަނީ މަނީ ލޯންޑަރިންގ ގެ ކުށް ސާބިތުވެ، 5 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަދި އެމްއެމްޕީއާރްސީ ޚިޔާނާތުގެ ތެރެއިން ފެންމަތިވެފައިވާ ގިނަ މައްސަލަތަކާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ކުރެވޭ ބޮޑެތި ތުހުމަތުތައް މިހާރު ވެސް ގެންދަނީ ކަމާބެހޭ އިދާރާތަކުން ތަހުގީގު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
6%
33%
0%
56%
6%
0%
ކޮމެންޓް
26 ޖުލައި 2021 | ހޯމަ 12:03
ސަޅިބެ
މީނާ ކުރި ކުށްތަކުގެ އަދަބުކޮބާބާ