ކ. މާލެ
|
26 ޖުލައި 2021 | ހޯމަ 02:16
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން
ޓްރީ ޓޮޕް ހޮސްޕިޓަލް
ކޮވިޑް-19 ވެކްސިނޭޝަން ޕްރޮގްރާމް
ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު 260،991ށް
 
ފުރަތަމަ ޑޯޒް ޖަހާފައި ވަނީ 321،350 މީހުން
 
ރާއްޖޭގައި މިވަގުތު ޖަހަނީ ކޮވިޝީލްޑް، ފައިޒަރ އަދި ސިނޮފަރމްގެ ކޮވިޑް-19 ވެކްސިން

ރާއްޖޭގެ ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު 260،991ށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން 24 ވަނަ ދުވަހު 217 މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 13 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ޖެހި 204 މީހުންނެވެ. މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންގެ އަދަދު ދަށްވެފައި ވަނީ އީދު ބަންދާއި ޖުލައި 26 ބަންދާ ދިމާކޮށް މާލެ ސަރަހައްދުގައި ވެކްސިން ޖެހުން މެދުކަނޑާލުމާ ގުޅިގެންނެވެ. މިދުވަސްކޮޅު މާލެ ސަރަހައްދުގައި ވެކްސިން ޖަހަނީ ހަމައެކަނީ އެމަޖެންސީ ހާލަތްތަކުގައެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން 24 ވަނަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވަނީ 95 މީހުންނެވެ. އީ މާލެ ސަރަހައްދުން ވެކްސިން ޖެހި 2 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ޖެހި 93 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ އަދަދު ވަނީ 321،350ށް އަރާފައެވެ.

ރާއްޖޭގައި މިވަގުތު ޖަހަމުން އަންނަނީ ކޮވިޝީލްޑް ވެކްސިނާއި ފައިޒަރ ވެކްސިން އަދި ސިނޮފަރމް ވެކްސިނެވެ.

މިބަންދުގެ ތެރޭގައި އެމަޖެންސީ ހާލަތެއް ދިމާވެއްޖެ ނަމަ ވެކްސިން ޖެހޭނެ ކަމަށް އެޗްޕީއޭ އިން ބުނެފައިވާއިރު، އޭގެ ތެރޭގައި ކުއްލިގޮތަކަށް ރާއްޖެއިން ބޭރަށް ފުރަން ޖެހިއްޖެހުމާއި ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަންޖެހޭ މުއްދަތު ހަމަވުން ހިމެނެއެވެ. މިފަދަ ހާލަތްތަކުގައި އެޗްއީއޯސީގެ ހޮޓްލައިންއާއި، ވެކްސިންގެ އެޕޮއިންމަންޓް ހައްދާ ވެބްސައިޓް މެދުވެރިކޮށް އެކަމަށް އެދި ހުށަހެޅުމުން ފުރުސަތު ވެކްސިން ޖެހުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ކޮވިޑް-19 ވެކްސިނޭޝަން ޕްރޮގްރާމްގެ ދަށުން 18 އަހަރުން މަތީގެ 50 އިންސައްތަ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ފާހަގަކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް