ކ. މާލެ
|
26 ޖުލައި 2021 | ހޯމަ 02:14
މީހުންގެ ޕީސީއާރު ޓެސްޓު ހެދުން ކުރިއަށްދަނީ
މީހުންގެ ޕީސީއާރު ޓެސްޓު ހެދުން ކުރިއަށްދަނީ
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
އިތުރު 123 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ
 
ރާއްޖެއިން ޖުމްލަ 76،750 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި
 
ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 73،873ށް އަރާފައި
 
219 މީހުން ވަނީ ބައްޔަށް ފަރުވާހޯދަމުން ދަނިކޮށް ނިޔާވެފައި

ރާއްޖެ އިން އިތުރު 123 މީހުން ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އާދިއްތަ ދުވަހުގު ރޭ އެޗްޕީއޭ އިން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތައް ދައްކާގޮތުން ހޮނިހިރު ދުވަހުގެ އިރުއޮއްސި 06:00ން އާދިއްތަ ދުވަހުގެ 06:00ށް ނެގި 6733 ސާމްޕަލްގެ ތެރެއިން 123 ސާމްޕަލް ވަނީ ކޮވިޑް-19ށް ޕޮޒިޓިވްވެފައެވެ. މިއާ އެކު ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 76،750ށް އުތުރުވެފައެވެ.

އާދިއްތަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވެ ރިޕޯޓްކޮށްފައިވާ ސާމްޕަލްތަކުގެ ތެރެއިން މާލެ ސަރަހައްދުން ރިޕޯޓުކޮށްފައި ވަނީ 29 ސާމްޕަލެވެ. އަތޮޅުތެރެއިން 45 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، މިހާރު އޮޕަރޭޓްކުރަމުން އަންނަ ރިސޯޓުތަކުން 16 ކޭސް އެއް ވަނީ ރިޕޯޓުކޮށްފައެވެ. އޭގެ އިތުރުން ލިވަބޯޑުތަކުން ހަތަރު މީހުން، ތަރައްގީކުރަމުން އަންނަ ރަށްތަކުން ދެ މީހުން އަދި ސިނާއީ ރަށްތަކުން 27 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ރާއްޖެ އިން ކޮވިޑަށް ފަރުވާހޯދަމުން ދިޔަ 219 މީހުން ނިޔާވެފައިވާ އިރު، ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 73،873ށް އަރާފައެވެ. މިވަގުތު ރާއްޖޭގައި ކޮވިޑަށް ފަރުވާހޯދަމުން ދަނީ 2،646 މީހުންނެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓުކޮށްގެން ފަރުވާހޯދަމުން ދަނީ 13 މީހުންނެވެ.

ބަލީގެ ހާލަތު ރަނގަޅުވާން ފެށުމާއެކު ދެވިގެންދިޔަ ލުއިތަކުގެ ސަބަބުން ބަލި އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލުކުރުމަށް އެންމެން އެކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މި ދަނޑިވަޅުގައި ބަލީގެ އިތުރު ރާޅެއް އައުމުގެ ފުރުސަތު ކުޑަކުރުމުގެ ބާރު އޮތީ އާންމު ފަރުދުންގެ އަތުގައިކަން އެޗްޕީއޭ އިން ވަނީ ފާހަގަކޮށްފައެވެ.

ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި ގިނަ ލުއިތަކެއް ދީފައިވީ ނަމަވެސް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރިކަމުގައި ވިޔަސް، މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށްރަށަށް ދަތުރުކުރާނަމަ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަންޖެހެއެވެ. އަދި މި މަހުގެ 23 ވަނަ ދުވަހުގެ ކުރިން ރާއްޖެއަށް އެތެރެވެފައިވާ މީހުންގެ ތެރެއިން ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކާއި ޕޮޒިޓިވްވެ، ރަނގަޅުވިތާ 60 ދުވަސް ނުވާ މީހުން ކަރަންޓީނުން ދޫކޮށްލުމަށް އެޗްޕީއޭ އިން މިހާރު ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
100%
0%
0%
0%
0%
ކޮމެންޓް