ކ. މާލެ
|
25 ޖުލައި 2021 | އާދީއްތަ 23:26
އެމްޑީޕީގެ ދިދަ ނެގުމުގެ ރަސްމިއްޔާތު
އެމްޑީޕީގެ ދިދަ ނެގުމުގެ ރަސްމިއްޔާތު
އެމްޑީޕީ
އެމްޑީޕީގެ ގައުމީ މަޖިލިސް
ޓެރަރިސްޓުން ހައްޔަރު ކުރުމުގެ ފުރުސަތު ފުލުހުންނަށް ދިނުމަށް ކުއްލި ނުރައްކާ އިއުލާނުކުރުމަށް އެމްޑީޕީން އިޤުރާރުވެއްޖެ
 
މިކަމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމުގެ ބާރަށް އަރައިގަތުމަށް އެޅުއްވި ފިޔަވަޅެއް ނޫން- ރައީސް ނަޝީދު
 
ގައުމީ މަޖިލީހުން މި ޤަރާރު ފާސްވެފައިވަނީ އޮންލައިންކޮށް ބޭއްވި އެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި 43 މެމްބަރުންގެ ތެރެއިން 39 މެމްބަރުންގެ އަޣްލަބިއްޔަތުން
 
މި ޤަރާރު އެމްޑީޕީގެ 180 ވަނަ ގައުމީ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅާފައިވަނީ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު

ޓެރަރިސްޓުން ހައްޔަރު ކުރުމުގެ ފުރުސަތު ފުލުހުންނަށް ދިނުމަށްޓަކައި ކުއްލި ނުރައްކާ އިއުލާނުކުރުމަށް އެމްޑީޕީން އިޤުރާރުވެއްޖެއެވެ.

މިގޮތަށް އެމްޑީޕީން އިޤުރާރުވެފައިވަނީ މިކަމަށްޓަކައި އެމްޑީޕީގެ ގައުމީ މަޖިލީހުން ޤަރާރެއް ފާސްކުރުމަށް ފަހުއެވެ. މި ޤަރާރު އެމްޑީޕީގެ 180ވަނަ ގައުމީ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅާފައިވަނީ އެ ޕާޓީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ. މި ޤަރާރު ފާސްވެފައިވަނީ އޮންލައިންކޮށް ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި 43 މެމްބަރުންގެ ތެރެއިން 39 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.

މި ޤަރާރު ހުށަހަޅުއްވައި ވާހަކަފުޅުދައްކަވަމުން އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ވަނީ މި ޤަރާރު މިގޮތަށް ހުށަހެޅުއްވީ 24 ޖުލައި 2021ގައި ކޮމިޝަނަރ އޮފް ޕޮލިސްއާއި ޕްރޮސެކިއުޓަރ ޖެނެރަލް ދެއްވި މައުލޫމާތުގެ އަލީގައި، ސަރުކާރުން އަމަލު ކުރާންވީގޮތް ކަމަށް އެމް.ޑީ.ޕީ ދެކޭގޮތްކަމަށް އެމަނިކުފާނު ދެކިވަޑައިގަންނަވާތީކަމަށެވެ. ދިވެހިރާއްޖޭގައި ހައްދު ފަހަނައަޅާފައިވާ ފިކުރުގެ މީހުން އިތުރުވެފައިވާ މިންވަރު މިއަދު ހާމަވެފައިވާއިރު، ކުއްލި ނުރައްކާ އިއުލާނުކޮށް، ޓެރަރިސްޓުން ހައްޔަރު ކުރުމުގެ ފުރުސަތު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދިނުމަށް އެމް.ޑީ.ޕީ އިޤުރާރުވެ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމަށް އެދޭކަމަށް ނަޝީދު ވިދާޅުވިއެވެ.

މިކަމަކީ ޤާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމުގެ ބާރަށް އަރައިގަތުމަށް އެޅުއްވި ފިޔަވަޅެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިގޮތަށް އެމަނިކުފާނު ވިދާޅުވެފައިވާއިރު، މި މަޖިލީހުގައި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު ޢަލީ ޢާޒިމް ވަނީ، މިއަދު ސަރުކާރުގެ ވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާއަކީ އެ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅަކަށްވާއިރު، މިފަދަ ކަމެއް ފާސްކުރުމުގެ ކުރިން ރައީސްގެ ބަސްފުޅެއް މިކަމުގައި ހޯދަންޖެހޭކަމަށް ދެކިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ. މި ސަބަބަށްޓަކައި އެމަނިކުފާނު ޤަރާރު ފާސްކުރުމަށް ވޯޓުދެއްވާފައެއް ނުވެއެވެ.

ރާއްޖޭގައި އެކި ހާލަތްތަކާ ގުޅިގެން ވަނީ ކުއްލި ހާލަތު އިއުލާނުކޮށްފައެވެ. ކޮވިޑްގެ ބަލިމަޑުކަމާއެކު އާންމު ސިއްހަތު ރައްކާތެރިކުރުމަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު، މީގެ ކުރިން ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައިވެސް ސިޔާސީ ދާއިރާ ހަލަބޮލިވެ ވެރިކަން ވެއްޓިދާނެކަމަށް ހީވި ހިސާބުން ވަނީ ކުއްލި ނުރައްކަމުގެ ހާލަތު އިއުލާނުކޮށްގެން ގައުމު ހިންގާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
26 ޖުލައި 2021 | ހޯމަ 06:31
އަބުދުއްﷲރަޝީދު
މިހާރުމިއޮތް ވެރިކަމާއެމްޑީޕީއާ އެއްވެސްވަރެއްގެ ގުޅުމެއް އޮބޮތްތޯ އިދެގެންއުޅެނީ ދެއެދުގަނިދަނީ ދަރިންތިބީ ވާނުވާއެއްގަ މާގިނަމީހުނައިނުމުން ވާނުވާއޮޅުންނުފިލާ ގޮސް ތިންބެއިންދޭތެރެތާށިވެ މުޅިއެތިއަތަށްގޮވާ އެއްމެ ފަހުވަގުތު އަނެއްކާވެސް؟މޮޅަށްދެނެވޮޑިގެންވާފަރާތްﷲދެރަގޮތެށްމެދުވެރިނުކުރަށްވާފާދޭވެ