"ރާބްތާ" ގެ ލަވަތައް ދޫކޮށްލައިފި ކަމަށް އެ ފިލްމަށް މިއުޒިކް ތައްޔާރުކޮށްދޭ މިއުޒިކް ކޮމްޕޯސާ ޕްރިތަމް އިއުލާން ކޮށްފިއެވެ.
އޭނާ ބުނީ " ރާބްތާ" ދޫކޮށްލީ ކުރީގެ ލަވައެއް އެ ފިލްމަށް ލުމަށް އެ ފިލްމުގެ ޕްރޮޑިއުސަރު އެދުމުން ކަމަށެވެ. ފަހަކަށް އައިސް ބޮލީވޫޑްގެ ފިލްމްތަކުގައި ކުރީގެ ލަވައެއް ހިމެނުމަކީ އާންމުކޮށް ކުރާ ކަމެކެވެ.
އޭނާގެ ނިންމުން ފޭސްބުކްގައި އިއުލާން ކުރަމުން ބުނެފައި ވަނީ އޭނާ ވަނީ އޭނާގެ އަލްބަމުގައި ސޯލޯ ކޮމްޕޯސާގެ ލަވަތައް ލުމަށް ކަނޑައަޅާފައިވާ ކަމަށާއި އޭނާގެ އަމިއްލަ ލަވަ ނޫން ލަވަތައް އެ އަލްބަމަށް ނުލެވޭނެ ކަމަށެވެ.
ފިލްމު ފިލްމު ޕްރޮމޯޓުކުރުމަށް އެހެން ލަވައެއް އެކިއެކި ބަނޑިބަނޑި ލައްވައިގެން އުފައްދައި އޭނާގެ އަލްބަމެއްގައި ހިމެނުމަކީ ހިތްހަމަޖެހޭ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.
"ރާބްތާ"ގެ ޕްރޮމޯޓް ކުރުމަށް ޕްރޮޑިއުސަރު ބޭނުންވަނީ 2012 ވަނަ އަހަރު ރިލީޒްކުރި "އޭޖެންޓް ވިނޯދް" އަށް ޕްރީތަމް ހަދާފައިވާ ލަވައެއެއް ބޭނުންކޮށްގެންނެވެ.
އެހެން ނަމަވެސް އެހެން އެކަން ނުވާނެ ކަމަށް ޕްރީތަމް ވަނީ ބުނެފައެވެ. އޭނާ ބުނެފައި ވަނީ "ރާބްތާ" ލަވަތައް އޭނާ އަމިއްލަ އަށް ނެހެދިކަމުގައި ވިއަސް އެ ފިލްމްގެ މިއުޒިކްގެ ކަންކަން އެއްބަސްވުމާ އެއްގޮތަށް އޭނާގެ ކުންފުނި ކަމަށްވާ "ޖޭމް 8" އިން ކުރަމުން ގެންދާނެ ކަމަށެވެ.
ހިންދީ ފިލްމުތަކުގެ ތެރެއިން ގިނަ ފިލްމުތަކުގައި ޕްރީތަމް ވަނީ މިއުޒިކް ތައްޔާރުކޮށްދީފައެވެ. އޭނާގެ 15 އަހަރުގެ ކެރިއާގައި ވަނީ ގިނަ އެވޯޑްތަކެއް ވެސް ލިބިފައެވެ.