ކ. މާލެ
|
25 ޖުލައި 2021 | އާދީއްތަ 19:33
މި ފަހަރުގެ އޮލިމްޕިކްސްގެ ތެރެއިން އިނގިރޭސިވިލާތުގެ ޓެނިސް ތަރި އެންޑީ މަރީ
މި ފަހަރުގެ އޮލިމްޕިކްސްގެ ތެރެއިން އިނގިރޭސިވިލާތުގެ ޓެނިސް ތަރި އެންޑީ މަރީ
ގެޓީ އިމޭޖަސް
މަރީ އޮލިމްޕިކްސްއިން ވަކިވުން
އަނިޔާގެ ސަަބަބުން މަރީ އޮލިމްޕިކްސްއިން ވަކިވެއްޖެ
 
ދެވަނަ މެޗުގެ ކުރިން މަރީގެ ފަލަމަސްގަނޑަށް ވަނީ އަނިޔާވެފައި
 
މަރީ އަކީ އޮލިމްޕިކްސްގެ ދެ ރަން މެޑަލް އޮންނަ ކުޅުންތެރިއެއް

ފަޔަށް ލިބުނު އަނިޔާއެއްގެ އިނގިރޭސިވިލާތުގެ ޓެނިސް ތަރި އެންޑީ މަރީ މިހާރު ކުރިއަށްދާ ޓޯކިއޯ އޮލިމްޕިކް ގޭމްސް 2020 އިން ވަކިވެއްޖެއެވެ.

މި ފަހަރުގެ އޮލިމްޕިކްސްގައި އުމުރުން 34 އަހަރުގެ މަރީ ވާދަކުރިއިރު، ހޮނިހިރު ދުވަހު ކުޅުނު ފިރިހެން ޑަބަލްސް މެޗުގައި އޭނާ ވަނީ ކުޅެފައެވެ. އެ މެޗުން މަރީ އާއި ޖޯ ސަލިސްބަރީގެ ޕެއާ މޮޅުވީ ފްރާންސްގެ ނިކޮލަސް މެހިއު އާއި ޕިއޭ-ހިއުގް ހާބާޓުގެ ޕެއާ އަތުން ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 6-3 އަދި 6-2 ންނެވެ.

އެކަަމަކު އާދީއްތަ ދުވަހު ކުޅެން އޮތް ދެވަނަ މެޗު ފެށުމުގެ ކުރިން މަރީގެ ފަލަމަސްގަނޑަށް ވަނީ އަނިޔާވެފައެވެ. އެއާއެކު މެޑިކަލް ޓީމާ މަޝްވަރާކުރުމަށްފަހު އޭނާ ވަނީ މި ފަހަރުގެ އޮލިމްޕިކްސްއިން ވަކިވާން ނިންމާފައެވެ. ރިޕޯޓުތައް ބުނާ ގޮތުން މަރީ ފުރަތަމަ ނިންމީ ސިންގަލްސް ބައިން ވަކިވެ، ޑަބަލްސް އިވެންޓުގައި ކުޅޭށެވެ. އެކަމަކު މެޑިކަލް ޓީމުން ވަނީ އެއްވެސް އިވެންޓެއްގައި މަރީ ކުޅުން ރަނގަޅު ނޫން ކަމަށް ބުނެފައެވެ.

މި ފަހަރުގެ އޮލިމްޕިކްސްއިން މަރީ ވަކިވިއިރު، އޭނާއަކީ އޮލިމްޕިކްސްގެ ދެ ރަން މެޑަލް އޮންނަ ކުޅުންތެރިއެކެވެ. އެގޮތުން މީގެ ކުރިން 2012 ވަނަ އަހަރު އިންގްލެންޑުގައި ބޭއްވި ލަންޑަން އޮލިމްޕިކްސް އާއި 2016 ވަނަ އަހަރު ބްރެޒިލުގައި ބޭއްވި ރިއޯ އޮލިމްޕިކްސްގެ ސިންގަލްސް ބައިން މަރީ ވަނީ ރަން މެޑަލް ހޯދާފައެވެ. މީގެ އިތުރުން 2012 ވަނަ އަހަރުގެ އޮލިމްޕިކްސްގެ މިކްސް ޑަބަލްސްއިން މަރީ ވަނީ ރިހި މެޑެއްޔެއްވެސް ހޯދާފައެވެ.

މި ފަހަކަށް އައިސް މަރީއަށް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވިއިރު، އޭނާ އެންމެ ފަހުން ވާދަކުރި މުބާރާތަކީ މި އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތެވެ. އެކަމަކު އެ މުބާރާތުގެ ތިންވަނަ ބުރުން މަރީ ވަނީ ކަޓާފައެވެ. އަދި މި އަހަރުގެ އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރަން މަރީ ނިންމި ނަމަވެސް، ކޮވިޑް-19 އަށް ޕޮޒިޓިވްވެ އޭނާއަށް އެ މުބާރާތް ގެއްލުނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް