ކ. މާލެ
|
17 މެއި 2017 | ބުދަ 15:52
ސްކެންޑަލްގެ ޕޯސްޓަރެއް
ސްކެންޑަލްގެ ޕޯސްޓަރެއް
ގޫގުލް
ސްކެންޑަލް
ސީރީޒް "ސްކެންޑަލް" އެއްކޮށް ނިންމާލަނީ
 
"ސްކްނޑަލް" އިން ވަނީ 100 ވަނަ އެޕިސޯޑްގެ ކާމިޔާބީ ފާހަގަ ކޮށްފައި

މަޝްހޫރު ޓީވީ ސީރީޒް ކަމަށްވާ "ސްކެންޑަލް" އަންނަ އަހަރު ނިންމާލާނެ ކަމަށް އޭބީސީން ބުނެފިއެވެ.

އޭބީސީއަކީ "ސްކެންޑަލް" ދައްކާ ނެޓްވޯކެވެ.

"ސްކެންޑަލް" ނިންމާލާނެކަން އިއުލާން ކުރަމުން އޭބީސީގެ ރައީސް ޗަނިން ޑަންގޭ ބުނެފައި ވަނީ ސީރީޒް ނިމުމަކަށް ގެނައުމަށް ނިންމީ ސީރީޒްގެ ޕްރޮޑިއުސަރ ޝޮންޑާ ރައިމްސްއާ ވާހަކަ ދެއްކުމަށް ފަހު އެކަމަށް އެއްބަސްވުމުން ކަމަށެވެ.

ހަތް ސީޒަނަށް ފަހު މި ސީރީޒް އެއްކޮށް ނިންމާލާނީ އަންނަ އަހަރު ކަމަށް އޭނާ ބުންޏެވެ. އަދި ޝޮންޑާ އަށް މި ސީރީޒް ރީތިކޮށް ނިންމާލާނެ އުކުޅު އެނގޭނެ ކަމަށް އޭނާ ބުންޏެވެ.

ޑަންގޭ ބުނީ  "ސްކެންޑަލް" ކަހަލަ ސީރީޒްއެއް އޭބީސީ މެދުވެރިކޮށް ދެއްކުން އެއީ އެ ނެޓްވޯކަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ.

ޝޮންޑާ ބުނީ ބެލުންތެރިންނަށް ކަމުދާނެ ގޮތަށް "ސްކެންޑަލް" ނިންމާލަން ފަސޭހަވާނެ ކަމަށާއި އެއީ އެކަމަށް އެކަށީގެންވާ ވަގުތު އޭބީސީން ދިނުމުން ކަމަށެވެ. ދާދިފަހުން "ސްކެންޑަލް" އިން ވަނީ އެ ސީރީޒްގެ 100 ވަނަ އެޕިސޯޑް ގެ ކާމިޔާބީ ފާހަގަ ކޮށްފައެވެ.

"ސްކެންޑަލް" ނިކުތީ 2012 ވަނަ އަހަރެވެ. މިހާރު ދަނީ އެ ސީރީޒްގެ ސީޒަން ހައެއްގެ އެންމެ ފަހުގެ އެޕިސޯޑްސްތައް ދައްކަމުންނެވެ.

"ސްކެންޑަލް" ވެގެން ދިޔައީ ގާތްގަނޑަކަށް 30 އަހަރު ފަހުން އެމެރިކާގެ ސީރީޒްތަކުގެ ތެރެއިން ކަޅު ނަސްލުގެ އަންހެނަކު ލީޑް ރޯލުން ފެނިގެންދިޔަ ފުރަތަމަ ސީރީޒްއަށެވެ.

މި ސީރީޒްގެ މުހިއްމު ތަރިންގެ ތެރޭގައި ކެރީ ވޮޝިންޓަން، ޓޯނީ ގޯލްޑައުންއާ އަދި ސްކޮޓް ފޮލޭ ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް