ކ. މާލެ
|
25 ޖުލައި 2021 | އާދީއްތަ 07:48
ޕޮލިސް އިންސެޕްޝަން ދުވަހާ ގުޅިގެން ބޭއްވި ހަރަކާތުގައި ހޯމް މިނިސްޓަރ އިމްރާންގެ އިތުރުން ފުލުހުންގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ
ޕޮލިސް އިންސެޕްޝަން ދުވަހާ ގުޅިގެން ބޭއްވި ހަރަކާތުގައި ހޯމް މިނިސްޓަރ އިމްރާންގެ އިތުރުން ފުލުހުންގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ
ޕޮލިސް
މެއި 6 ގެ ހަމަލާ
މެއި 6 ގެ ހަމަލާގެ ތަހުގީގަކީ ފުލުހުން ކުރި އެންމެ ގޮންޖެހުން ބޮޑު، ކާމިޔާބު ތަހުގީގު – އިމްރާން
 
ފުލުހުންގެ ތަހުގީގުގެ މައްޗަށް ބިނާކޮށް ކާމިޔާބުކަމާއެކު މި މައްސަލަ ޕްރޮސެކިއުޓްކުރުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން ޕީޖީ ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް
 
މެއި 6 ގެ ހަމަލާގެ ތަހުގީގަކީ މިހާތަނަށް ފުލުހުން ހިންގާފައިވާ އެންމެ ބޮޑު އެންމެ ބުރަ އަދި އެންމެ ކާމިޔާބު އެއް ތަހުގީގު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މެއި 6 ވަނަ ދުވަހުގެ ރޭ ދެވުނު ހަމަލާގެ ތަހުގީގަކީ ފުލުހުން މިހާތަނަށް ކުރި އެންމެ ގޮންޖެހުން ބޮޑު ކާމިޔާބު ތަހުގީގުކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާގެ ތަހުގީގެ ތަފްސީލު ހޮނިހިރު ދުވަހު ފުލުހުން ހާމަކޮށްފައިވާ އިރު، މިނިސްޓަރ އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މެއި 6 ގެ ހަމަލާގެ ތަހުގީގަކީ މިހާތަނަށް ފުލުހުން ހިންގާފައިވާ އެންމެ ބޮޑު އެންމެ ބުރަ އަދި އެންމެ ކާމިޔާބު އެއް ތަހުގީގު ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ގިނަ ގޮންޖެހުންތަކަކާއެކު ފުލުހުންގެ ހުރިހާ ބަހާތަކެއްގެ އެތައް ސަތޭކަ ފުލުހުންގެ ބައިވެރިވުމާއެކު ތަހުގީގު ކާމިޔާބުކުރުމަށް ކުރެވުނު މަސައްކަތް ބަލައިގަންނަ ކަމަށެވެ.

އަދި މިއީ ރާއްޖޭގެ ތާރީޚުގައި ހިންގާފައިވާ ޓެރަރިޒަމްގެ އެންމެ ނުރައްކާތެރި ހަމަލާ ކަމަށް ވާއިރު، ފުލުހުންގެ ތަހުގީގުގެ މައްޗަށް ބިނާކޮށް ކާމިޔާބުކަމާއެކު މި މައްސަލަ ޕްރޮސެކިއުޓްކުރުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން ޕީޖީ ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނެފައިވަނީ މި ހަމަލާދިނުމަށް 3 ފަހަރު މަތިން މަސައްކަތް ކޮށްފައިވާކަން ތަހުގީގަށް ހޯދުނު ހޯދުންތަކުން އެނގިފައިވާ ކަމަށެވެ. އެގޮތުން ޖާނުންފިދާވެގެން ހަމަލާދިނުމަށް މަސައްކަތް ކުރި ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކޮށްފައިވެއެވެ. އެންމެ ފުރަތަމަ ހަމަލާ ރާވާފައިވަނީ ޔާގޫތުގެ ހުންނަ ސަރަހައްދުގައެވެ.

ދެވަނަ ފަހަރަށް ހަމަލާ ދިނުމަށް ރޭވީ ރައީސް ނަޝީދު ކަސްރަތަށް ނުކުންނަވާއިރު، މޭރީ ބްރައުން ރެސްޓޯރަންޓު ސަރަޙައްދުގައެވެ. ނަމަވެސް އެކަމުގައި ދަތިތަކެއް ހުރުމުން 3 ވަނަ ފަހަރަށް ހަމަލާ ރޭވީކަން އޭސީޕީ މުޙައްމަދު ރިޔާޒު ފާހަގަ ކުރެއްވިއެވެ. ރިޔާޒް ވިދާޅުވީ، ހަމަލާ ދިނުމަށް ބޭނުންކުރި ސައިކަލަކީ 2019 ވަނަ އަހަރު ގަނެފައިވާ ސައިކަލެއް ކަމަށެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައިވެއެވެ. އެގޮތުން ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ އެންމެ އިސްކޮށް އުޅުނު އެކަކު އައްޑޫސިޓީން ވެސް ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް
ގުޅުންހުރި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން
ބުޅަލަކަށް އަނިޔާކޮށް، އުސްފާރެއްގެ މަތިން ހޫރާލި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި
ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ވޭންއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރު ހިންގި މީހަކު ހޯދަން އިޢުލާންކޮށްފި