ކ. މާލެ
|
24 ޖުލައި 2021 | ހޮނިހިރު 22:42
މާލޭގެ މަގެއް
މާލޭގެ މަގެއް
ރާއްޖެއެމްވީ
ކޮވިޑް-19، ރާއްޖޭގެ ހާލަތު
ހޮނިހިރު ދުވަހު ރަށްރަށުން ފެނުނީ 44 ކޭސް
 
މިހާތަނަށް ޕޮޒިޓިވްވި ޖުމްލަ އަދަދު ވަނީ 76،627ށް އަރާފައި
 
އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 18 މީހުންނަށް

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރަށްތަކުން ފެނުނީ ކޮވިޑުގެ 44 ކޭސް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ހުކުރު ދުވަހުގެ އިރުއޮއްސި 6:00ން ފެށިގެން ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް، 4863 ސާމްޕަލް ނަގައި ޓެސްޓް ކޮށްފައިވެއެވެ. މީގެ ތެރެއިން ޕޮޒިޓިވްވި 81 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 20 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 44 މީހުންނާއި އަދި ރިސޯޓްތަކުން ޕޮޒިޓިވްވި 17 މީހުންނެވެ.

އެކްޓިވް ކޭސްގެ ގޮތުގައި 2601 މީހުން ފާހަގަކުރެވިފައިވާ އިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 18 މީހުންނަށެވެ. އެގޮތުން ބުރާސްފަތި ދުވަހު ޕޮޒިޓިވްވި 44 މީހުންނާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި ޖުމްލަ އަދަދު ވަނީ 76،627ށް އަރާފައެވެ.

ބަލީގެ ހާލަތު ރަނގަޅުވެފައިވާ މި ދަނޑިވަޅުގައި ބަލީގެ އިތުރު ރާޅެއް އައުމުގެ ފުރުސަތު ކުޑަކުރުމަށް އެންމެން އެކުގައި، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ރަނގަޅުވެ، ޚާއްސަކޮށް މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ރަނގަޅުވުމާއެކު، އަޅާފައިވާ ފިޔަވަޅުތަކަށް ގިނަ ލުއިތަކެއް ދީފައިވެއެވެ. ނަމަވެސް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރިކަމުގައި ވިޔަސް، މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށްރަށަށް ދަތުރުކުރާނަމަ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަންޖެހޭނެ ކަމަށް ބުނެފައިވެއެވެ. ވެކްސިންގެ 2 ޑޯޒް ޖެހުމަށްފަހު 14 ދުވަސް ފުރިހަމަވެފައިވާނަމަ ޕީސީއާރް ނެގެޓިވް ނަތީޖާއެކު ރަށަށް ދެވޭ ގޮތަށް ހުޅުވާލީ މާލެ ސަރަހައްދުގައި ކޮވިޑް ޕޮޒިޓިވްވާ އަދަދު މަދުވުމުންނެވެ.

ކޮވިޑް-19ގެ ހަތަރު ވަނަ ރާޅަކަށްފަހު ރާއްޖޭގައި މިހާރު ކޮވިޑްގެ ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ. ކޮވިޑްގެ ހާލަތު ރާއްޖޭގައި އެންމެ ގޯސްވެފައިވަނީ މެއި މަހުއެވެ. އެ މަހުގެ ތަފާސް ހިސާބަށް ބަލާއިރު މެއި މަހުގެ ތެރޭގައި 34،159 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އެއީ ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 1101 މީހުންނެވެ. މެއި މަސް ނިމުނުއިރު ރާއްޖޭގައި މުޅި ޖުމްލަ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 64،396 މީހުންނެވެ. ޖެހިގެން އައި ޖޫން މަހު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 9402 މީހުންނެވެ. އަދި ޖުލައި މަހުގެ މިހާތަނަށް އައިއިރު މިމަސްތެރޭގައި ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 1885 މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް