ކ. މާލެ
|
24 ޖުލައި 2021 | ހޮނިހިރު 21:41
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒް
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒް
ޕޮލިސް
ރައީސް ނަޝީދަށް ދިން ޙަމަލާ
ރައީސް ނަޝީދަށް ދިން ޙަމަލާގެ މޯޓިވް ގުޅެނީ ހަރުކަށި ފިކުރާ
 
ރައީސް ނަޝީދަށް ޙަމަލާ ދީފައިވަނީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ ބަޔަކު
 
އެމަނިކުފާނުގެ ލޭ ހުއްދަވެފައިވާ ކަމަށް ނިންމައި، މި ޙަމަލާ ރާވާފައިވާކަމަށް ވިދާޅުވި
 
ރައީސް ނަޝީދަށް ފާރަލާކަން 241 ކޮމިޓީން ކުރިޔަށްގެންދިޔަ އިންކުއަރީ ރިޕޯޓުގައިވެސް ބަޔާންކޮށްފައިވޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާގެ ފަހަތުގައިވާ މޯޓިވް ގުޅޭނީ ހަރުކަށި ފިކުރާކަމަށް ފުލުހުން ބުނެފިއެވެ.

ހޮނިހިރު ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭސީޕީ މުޙައްމަދު ރިޔާޒް ވިދާޅުވީ، ރައީސް ނަޝީދަށް ޙަމަލާ ދީފައިވަނީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ ބަޔަކު ކަމަށެވެ. އެކަން ކޮށްފައިވަނީ ރައީސް ނަޝީދު ސިޔާސީ ގޮތުން ދައްކަވާފައިވާ ބައެއް ވާހަކަފުޅުތަކާއި، ރައީސް ނަޝީދުއާމެދު ދީނީ ގޮތުން ދެކެވިފައިވާ ދެކެވުމެއްގެ ސަބަބުންކަން ރިޔާޒް ފާހަގަ ކުރެއްވިއެވެ. އެގޮތުން ރައީސް ނަޝީދު ދީނުން ބޭރުވެފައިވާ ކަމަށާއި އެމަނިކުފާނުގެ ލޭ ހުއްދަވެފައިވާ ކަމަށް ނިންމައި، މި ޙަމަލާ ރާވާފައިވާކަން ރިޔާޒް ފާހަގަ ކުރެއްވިއެވެ.

އޭސީޕީ އެހެން ވިދާޅުވެފައިވާއިރު، ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ފިކުރުގެ މީހުން، ރައީސް މުހައްމަދު ނަޝީދުގެ މޫވްމަންޓްތައް ބަލާކަމަށާއި އެމަނިކުފާނުގެ ސެކިއުރިޓީ އޮންނަގޮތް އެސެސްކުރާކަމުގެ ނުވަތަ ދެނެގަތުމުގެ މަސައްކަތްކުރާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފުން ހަދާފައިވާ ތްރެޓް އެސެސްމަންޓް ރިޕޯޓްގައި ބަޔާންކޮށްފައިވާކަމަށް ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން 241 ކޮމިޓީން ކުރިޔަށްގެންދިޔަ އިންކުއަރީ ރިޕޯޓުގައިވެސް ވަނީ ބުނެފައެވެ.

ރައީސް ނަޝީދަށް ހަރުކަށި ފިކުރުގެ ފަރާތްތަކުން ސަރވައިލްކުރުމުން ދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފުން މިއިންކުއަރީއަށް މައުލޫމާތު ދީފައިވާކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ. އެއިރު ރައީސް ނަޝީދުގެ ތްރެޓް ލެވެލް ކްލެސިފައިކޮށްފައި އޮތީ "ސިވިއަރ"ގައި ކަމަށް ވަނީ ބުނެފައެވެ.

މީގެއިތުރުން ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ހުޅުމާލެ ދާއިރާއަށް ކުރިމަތިލެއްވި ކެންޑިޑޭޓް ރިޒްނާ ޒަރީރުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މަރޗް މަހުގެ 12 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވިއިރު ދީނީ ހަރުކަށި ފިކުރަށް ތާއީދުކުރާ ބައެއްކަމަށް ބެލެވޭ ބައެއް އެތަނުން ރައީސް ނަޝީދަށް ފާރަލަމުންދިޔަކަން ނަޝީދުގެ ކްލޯސް ޕްރޮޓެކްޝަން ޓީމުގެ މެމްބަރުންނަށް ފާހަގަކުރެވުނުކަމުގެ މައުލޫމާތު އެފަރާތްތަކުން އިންކުއަރީއަށް ދީފައިވާކަމަށް ވަނީ ބުނެފައެވެ. އެއިއިރު ރައީސް ނަޝީދުގެ ތްރެޓް ލެވެލް އޮތީ ކްރިޓިކަލްގައެވެ.

މިސަބަބުތަކަށް ބަލާއިރު ރައީސް ނަޝީދަށް ދީނީ ހަރުކަށި ފިކުރުގެ ބައެއް ފާރަލާނެ ސަބަބަކަށްވާނީ ރައީސް ނަޝީދަށް ހަމަލާއެއް ދިނުމަށް ތައްޔާރުވުމަށް ކަމަށް ވަނީ ބުނެފައެވެ. އެކަން އެގޮތަށް ފާހަގަކޮށް އެމްއެންޑީއެފްގެ "ރައީސް މުހައްމަދު ނަޝީދުގެ ތްރެޓް އެސެސްމަންޓް ރިޕޯޓް" ގައި ރައީސް ނަޝީދަށް ހަމަލާއެއް ދިނުމަށް ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ފަރާތްތައް ގެންގުޅޭކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅުންހުރި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން
ބުޅަލަކަށް އަނިޔާކޮށް، އުސްފާރެއްގެ މަތިން ހޫރާލި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި
ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ވޭންއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
މީހަކު ރަހީނުކޮށްގެން ފައިސާ ފޭރުނު މައްސަލައެއްގެ ތަހުގީގަށް ހޯދާ މީހެއްގެ ވަނަވަރު އާންމުކޮށްފި