ކ. މާލެ
|
24 ޖުލައި 2021 | ހޮނިހިރު 17:24
އެމްއެންޑީއެފުން އަލިފާންގަނޑެއް ނިއްވަނީ
އެމްއެންޑީއެފުން އަލިފާންގަނޑެއް ނިއްވަނީ
ރާއްޖެއެމްވީ
އަލިފާނުގެ ހާދިސާއެއް ހިނގުން
އޭޑީކޭ ކައިރީގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
 
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވޭ

އޭޑީކޭ ކައިރީގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމާއެކު އެމްއެންޑީއެފްގެ ފަޔަރ ޓީމުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގާފައިވަނީ ގޭސް ފުޅިން ގޭސް ލީކުވެފައި ހުއްޓާ އުނދުން ރޯކުރަން އުޅުމުން ކަމަށެވެ.

މި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މި މި ހާދިސާ ހިނގި ގޮތް އިތުރަށް ބަލަމުންދާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މި ހާދިސާގެ އިތުރުން، ޝީޝާ ޝޯރޫމްގައި އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވެފައިވެއެވެ.

މި ހާދިސާފައި އަލިފާން ރޯވެފައިވަނީ ޝޯރޫމްގެ ކަރަންޓު ބޯޑުގައި ކަމަށާއި، ރޯވި އަލިފާންގަނޑު ޝޯރޫމްގެ މުވައްޒަފުން ނިއްވާލާފައިވާ ކަަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މި ހާދިސާގައިވެސް އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް