ކ. މާލެ
|
24 ޖުލައި 2021 | ހޮނިހިރު 11:48
އަބްދުއްﷲ ޝަރީފް / ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް
އަބްދުއްﷲ ޝަރީފް / ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް
ރާއްޖެއެމްވީ
މިސްބާހު މާލެ އައުން
ޝައްކުވެގެން މިސްބާހު ހިފެހެއްޓީ ކަސްޓަމްސްގެ އޮފިސަރެއް - ޝަރީފު
 
މިސްބާހު މާލެއައީ ހުކުރު ދުވަހު
 
ހިފެހެއްޓުމަށްފަހު ފުލުހުންނާ ގުޅައި މައުލޫމާތު ހިއްސާކުރި
 
މިސްބާހު ހިފަހައްޓާފައިވަނީ އިމިގްރޭޝަން ކްލިއަރ ވެގެން ނުކުންނަން އަންނަނިކޮށް ކަސްޓަމްސްގެ އޮފިސަރެއް

ހދ.ނޮޅިވަރަންފަރު މިސްބާހު މުހައްމަދު ހިފެހެއްޓީ ކަސްޓަމްގެ އޮފިސަރަކަށް ޝައްކުވެގެން ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފު ވިދާޅުވެއްޖެއެވެ.

ހދ. ނޮޅިވަރަންފަރު، މޯނިންގސަން، މިސްބާހު މުހައްމަދު ގެއްލިގެން އޭނާ ހޯދުމަށް ފުލުހުން އިއުލާންކުރީ މިދިޔަ މޭމަހުގެ 14 ވަނަ ދުވަހުއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝަަރީފު ވިދާޅުވީ، ބޭރު ގައުމެއްގައި ހުރެފައި ރާއްޖެއައިސް އިމިގްރޭޝަން ކްލިއަރ ވެގެން އޭނާ އެންމެ ލަގެޖަކާއެކު ނުކުންނަން އަންނަނިކޮށް ކަސްޓަމްސްގެ އޮފިސަރަކަށް ޝައްކުވެ ބެލި ބެލުމުން އެއީ ހޯދަން އިއުލާން ކޮށްފައިވާ މީހެއްކަން އެނގުމުން ހިފެހެއްޓީ ކަމަށެވެ. އޭނާ ހިފެހެއްޓުމަށްފަހު ފުލުހުންނާ ގުޅައި މައުލޫމާތު ހިއްސާކުރީ ކަމަށް ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ، ރާއްޖެ އަންނަ މީހުންގެ ހަރަކާތްތަކަށް ބެލުމަށްފަހު އޮފިސަރުންނަށް ޝައްކުކުރެވޭ މީހުން އިތުރަށް ޗެކްކުރަމުން ގެންދާނެ ކަމަށެވެ. ޝަރީފު ވިދާޅުވީ މިސްބާހު އައީ ހޭންޑް ލަގެޖެއް އެކަނި ހިފައިގެން ކަމަށާއި، އަވަސްކޮށްގެން ނުކުންނަން މަސައްކަތްކުރުމުން އޮފިސަރަށް ޝައްކު ކުރެވިގެން އޭނާ ހިފެހެއްޓީ ކަމަށެވެ. ހިފެހެއްޓުމަށްފަހު މިސްބާހުގެ ޕާސްޕޯޓާއި އިތުރު ޑޮކިއުމެންޓްތައް ހޯދުމަށްފަހު އިތުރަށް ޗެކް ކުރިކަން ޝަރީފު ފާހަގަކުރެއްވިއެވެ.

މިސްބާހު ގެއްލިގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކުރީ އެޕްރީލް މަހުން ފެށިގެން އޭނާގެ އެއްވެސް ޚަބަރެއް ނުވުމުންނެވެ. މިކަމާ ގުޅޭގޮތުން ޖޫން މަހު ފުލުހުން ބުނީ، މިސްބާހު ހުރީ ޕާކިސްތާނުގެ ޑްރަގް ނެޓްވާރކެއްގައި ރަހީނުކޮށްފައި ކަމަށެވެ. އޭނާ ރާއްޖެއިން ބޭރަށް ދިޔައި، 2020 ނޮވެމްބަރު މަހުގެތެރޭގައި ކަމަށް ފުލުހުންވަނީ ބުނެފައެވެ.

ފުލުހުންގެ ސްޓޭޓްމެންޓާއެކު މިސްބާހުގެ ވީޑިއޯއެއްވެސް އާއްމުވިއެވެ. އެ ވީޑިއޯގައި އޭނާ ބުނެފައިވަނީ، އޭނާއަކީ ޑްރަގު ނެޓްވޯކަކާ ގުޅުމެއް ހުރި މީހެއް ނޫންކަމަށާއި, ދިވެހި ފުލުހުން ހަދަމުންދަނީ ދޮގު ކަމަށެވެ.

މިސްބާހު މާލެ އައީ، ހުކުރު ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
38%
28%
8%
15%
5%
5%
ކޮމެންޓް
29 ޖުލައި 2021 | ބުރާސްފަތި 13:46
މީމުހާ
ކީއްވެބާ އިމިގްރޭޝަން ސިސްޓަމް ތެރެއިން އޮފޮސަރަށް މީނާ ފާހަގަ ނުވީ؟ ސިސްޓަމް މައްސަލައެއްބާ ނުވަތަ ޑިޔުޓީގައި އިންނެވި އޮފިސަރުގެ މައްސަލައެއްބާ؟
28 ޖުލައި 2021 | ބުދަ 11:06
މަހާ ކަލަމިންޖާ
ސާބަސް. ށާބަސް ކަސްޓަމްސް ސްޓާރފުންނަށް.
28 ޖުލައި 2021 | ބުދަ 08:32
ޢަބްދުﷲ
އިމިގްރޭޝަން ސިސްޓަމުން ހޯދާ މީހެއްކަން ނޭނގުމަކީ ދެރަކަމެއްދޯ. ރާވައިގެން ކުރި ކަމެއްބާ؟