ކ. މާލެ
|
22 ޖުލައި 2021 | ބުރާސްފަތި 17:44
އެތުލެޓިކޯއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ބޮކަ ޖޫނިއާސްގެ ކުޅުންތެރިން
އެތުލެޓިކޯއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ބޮކަ ޖޫނިއާސްގެ ކުޅުންތެރިން
ގެޓީ އިމޭޖަސް
ބޮކައިން މާރާމާރީ ހިންގުން
ބޮކަ ޖޫނިއާސްގެ ކުޅުންތެރިން މާރާމާރީ ހިންގި މައްސަލަ ބަލަނީ
 
ބޮކަގެ ހަ ކުޅުންތެރިއަކާއި ތިން އޮފިޝަލަކު ހައްޔަރުކުރި
 
ކުޅުންތެރިންގެ ބެއިލް ފައިސާ ދެއްކީ އެތުލެޓިކޯގެ ރައީސް

ދެކުނު އެމެރިކާގެ އެންމެ ބޮޑު ކުލަބު ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ ލިބެޓެޑޯރެސްގެ ދެވަނަ ބުރުގައި ބްރެޒިލުގެ އެތުލެޓިކޯ މިނޭރޯ އާއި އާޖެންޓީނާގެ ބޮކަ ޖޫނިއާސް ކުޅުނު މެޗަށްފަހު ހިނގި މާރާމާރީތަކުގެ މައްސަލަ ބްރެޒިލް ފުލުހުން އިތުރަށް ތަހުގީގުކުރަން ފަށައިފިއެވެ.

މި މުބާރާތުގެ ގަދަ 16 ގެ ފުރަތަމަ ލެގުގެ މެޗު މިދިޔަ ހަފުތާގައި ކުޅުނުއިރު، އާޖެންޓީނާގައި ކުޅުނު މެޗު އެއްވަރުވީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. އެ މެޗުގައި ބޮކަ ޖޫނިއާސްއިން ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ.

އެއަށްފަހު މިދިޔަ އަންގާރަ ދުވަހުގެރޭ ބްރެޒިލުގައި ކުޅުނު ދެވަނަ ލެގުގެ މެޗުވެސް ލަނޑެއް ނުޖެހި އެއްވަރުވިއިރު، އެ މެޗުގައިވެސް ބޮކައިން ޖެހިލަނޑު ވީއޭއާރުން ބަލައިގެންފައެއް ނުވެއެވެ. އެއާއެކު ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ޕެނަލްޓީގައި 3-1 ގެ ނަތީޖާއަކުން ބަލިވެ، ބޮކަ ޖޫނިއާސް ވަނީ މުބާރާތުން ކަޓާފައެވެ.

އެއާއެކު މެޗަށްފަހު ސްޓޭޑިއަމްގެ ޓަނަލް ތެރޭގައި ބޮކާ ޖޫނިއާސްގެ ކުޅުންތެރިން ވަނީ މެޗުގެ ރެފުރީންނާ ކުރިމަތިލާން މަސައްކަތްކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ރެފުރީންނަށް ހިމާޔަތްދޭން އެތުލެޓިކޯގެ ކުޅުންތެރިން މަސައްކަތް ކުރުމާއެކު ބޮކަ ޖޫނިއާސްގެ ކުޅުންތެރިން ވަނީ އެތުލެޓިކޯގެ ޗޭންޖިން ރޫމުގެ ތެރެއަށް ވަންނަންވެސް މަސައްކަތް ކޮށްފައެވެ.

އަދި ދެ ޓީމުގެ ކުޅުންތެރިން މާރާމާރީ ހިންގިއިރު، މައްސަލަ ހައްލުކުރަން އައި ބްރެޒިލުގެ ފުލުހުންނާވެސް ބޮކަ ޖޫނިއާސްގެ ބައެއް ކުޅުންތެރިން ކުރިމަތިލި ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އެއާއެކު ބޮކަ ޖޫނިއާސްގެ ހަ ކުޅުންތެރިއަކާއި ތިން އޮފިޝަލަކު ފުލުހުން ހައްޔަރުކުރިއިރު، އެ އެންމެން ދޫކޮށްލީ ބެއިލްގެ ގޮތުގައި ކޮންމެ މީހަކު 421 ޕައުންޑް ދެއްކުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި މައްސަލައިގައި އެތުލެޓިކޯއިން ނެރުނު ބަޔާނެއްގައި ބުނީ ބޮކަ ޖޫނިއާސްގެ ކުޅުންތެރިން އަތު އެވަރަށް ފައިސާ ނެތުމުން، އެ ކުޅުންތެރިންގެ ބެއިލް ފައިސާ ދެއްކީ އެތުލެޓިކޯގެ ރައީސްއެވެ. އެކަމަކު ފަހުން ބިކަ ޖޫނިއާސްއިން އެ ފައިސާ އަނބުރާ ދައްކާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ބްރެޒިލުގެ ފުލުހުން މިހާރު އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ. މައްސަލަ ހާއްސަ ޓީމަކުން ދިރާސާކުރަމުން އަންނައިރު، ބޮކަ ޖޫނިއާސް ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން މިހާރު ވަނީ އަނބުރާ ގައުމަށް ގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް