ކ. މާލެ
|
21 ޖުލައި 2021 | ބުދަ 23:20
ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ޤަސަމް
ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ޤަސަމް
-
އެފްއެސްއެމްއިން ކުރަމުންދާ މަސައްކަތްތައް
ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި އައު ޕެޓްރޯލް ޝެޑްގެ ބިންގާ އެޅިގެންދާނެ- ޤަސަމް
 
މި ޕެޓްރޯލް ޝެޑް އިމާރާތް ކުރެވިގެންދާނީ މިހާރު އިންޑަސްޓްރިއަލް ވިލެޖުގައި ހުރި ވަގުތީ ޕެޓްރޯލް ޝެޑާ އިންވެގެން، އެތަންވެސް ހިމެނޭ ގޮތަށް
 
މިހާރު ކުރިއަށް ދަނީ ކުރެއްހުންތައް ކުރަހައި، ނިންމަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް

ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި އައު އަދި ޒަމާނީ ޕެޓްރޯލް ޝެޑެއްގެ ބިންގާ އެޅިގެންދާނެ ކަމަށް ބެލެވޭ ކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ޤަސަމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ 'ފަލަސުރުޚީ' ޕްރޮގްރާމްގައި ވާހަކަދައްވަމުން ޤަސަމް ވިދާޅުވީ، އެންމެ ފުރަތަމަ މަގާމާ ހަވާލުވެވަޑަގަތްއިރު މާލޭގައި ޒަމާނީ ޕެޓްރޯލް ޝެޑެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން ދިއަ ކަމަށެވެ. އަދި މަގާމާއި ހަވާލުވެވަޑައިގެން އެމަސައްކަތް ކުރިއަށް ގެންދެވި ކަމަށާއި ކުރިއަށް އޮތް ދެތިން މަހުގެ ތެރޭގައި މި ޝެޑުގެ ބިންގާ އެޅުމުގެ މަސައްކަތް ކުރެވޭނެ ކަމަށެވެ.

މިހާރު ކުރެހުންތައް ކުރަހައި، ނިންމަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރިއަށް ދާ ކަމަށާއި، އަދި މި ޕެޓްރޯލް ޝެޑް އިމާރާތް ކުރެވިގެންދާނީ މިހާރު އިންޑަސްޓްރިއަލް ވިލެޖުގައި ހުރި ވަގުތީ ޕެޓްރޯލް ޝެޑާ އިންވެގެން އެތަންވެސް ހިމެނޭ ގޮތަށް ކަމަށެވެ.

ގަސަމް ވިދާޅުވީ އެއީ އެތަނުގެ 3 ގުނަ ބޮޑު ތަނެއް ކަމަށާއި އެއްފަހަރާ 14 ސައިކަލަށާއި، އަދި ކާރާއި ޕިކަޕްފަދަ އުޅަނދުތަކަށް ބަލާއިރު 8 އުޅަނދަށް އެއްފަހަރާ ޚިދުމަތް ދެވޭނެ ކަމަށެވެ. އަދި އެއީ ޒަމާނީ ތަނަކަށް ވެގެންދާނެ ކަމަށާއި މިތަން ވެގެންދާނީ ފަހުގެ ޓެކްނޮލޮޖީއާއެކު ޚިދުމަތްދެވޭނެ ފުރަތަމަ ޝެޑަށް ކަމަށެވެ.

އެތަން ވެގެން ދާނެ ރާއްޖޭގައި ފަހު ޓެކްނޮލޮޖީއާއެކޮށް ޚިދުމަތްދެވިގެންދާ ފުރަތަމަ ޝެޑަށް. އަޅުގަނޑުމެން މަސައްކަތް މިކުރަނީ އެތަނުން ޚިދުމަތް ފެއްޓިގެން އަންނައިރު އަމިއްލައަށް ޚިދުމަތް ހޯދައިގަނެ، ސްޓާފެއްގެ އެހީތެރިކަމާއި ނުލައި، އަމިއްލައަށް ފައިސާ ދެއްކި، އަމިއްލައަށް ތެޔޮއަޅައިގެން ޚިދުމަތް ލިބިގަނެވޭ ތަނަކަށް ހެދުމަށް މަސައްކަތް މި ކުރަނީ.
ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ޤަސަމް

ޤަސަމް ވިދާޅުވީ މި ޝެޑު ގާއިމް ކުރުމުގެ ކުރިން، މިހާރު ޤާއިމުކޮށްފައިވާ އިތުރު ޝެޑަކުން ސެލްފް ސަރވިސްގެ ޚިދުމަތް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެއީ މިކަމަށް ރައްޔިތުން ހޭލުންތެރީ ކިހާ މިންވަރަކަށްތޯ ބަލައި، ލިބޭ ތަރުހީބު ބެލުމަށް ކަމަށެވެ. އަދި މިހާތަނަށް އެކަން ނުވެއޮތީ ޕެންޑަމިކާ ގުޅިގެން ކަމަށެވެ. އަދި އުއްމީދަކީ އައު ޝެޑު ޤާއިމްކުރުމުގެ ކުރިން މާލެ ސަރަހައްދުގެ ކޮންމެވެސް އެއް ޝެޑެއް އެގޮތަށް ބަދަލުކުރެވިގެން ދާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް