ކ. މާލެ
|
18 ޖުލައި 2021 | އާދީއްތަ 22:57
ކޮވިޑަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުން
ކޮވިޑަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުން
ރާއްޖެއެމްވީ
ސާމްޕަލް ނަގާ ތަންތަން ޢީދަށް ބަންދުކުރުން
ޖުލައި 19އާއި 20ގައި މާލޭގެ ސާމްޕަލް ނަގާ ސެންޓަރުތައް ބަންދުވާނެ
 
ޢީދު ބަންދާ ދިމާކޮށް ވެކްސިން ޖެހުންވެސް ވަނީ މެދުކަނޑާލާފައި
 
ޑައިރެކްޓް ކޮންޓެކްޓުންނާއި ކަރަންޓީނުގައި ތިބި ފަރާތްތަކުގެ ސާމްޕަލްތައް ނެގުމުގެ މަސައްކަތް އާރުއާރުޓީން ކުރިޔަށް ގެންދާނެ

ޙައްޖު ދުވަހާއި ޢީދާ ދިމާވާތީ ޖުލައި މަހުގެ 19ވަނަ ދުވަހާއި 20ވަނަ ދުވަހު މާލޭގައި ސާމްޕަލް ނަގާ ތަންތަން ބަންދުވާނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ އެހެންނަމަވެސް ޑައިރެކްޓް ކޮންޓެކްޓުންނާއި ކަރަންޓީނުގައި ތިބި ފަރާތްތަކުގެ ސާމްޕަލްތައް ނެގުމުގެ މަސައްކަތް ރެޕިޑް ރެސްޕޯންސް ޓީމު (އާރްއާރްޓީ)ން ކުރިޔަށް ގެންދާނެކަމަށެވެ.

ޖުލައި 19އާއި 20ގައި ސާމްޕަލް ނެގުން މެދުކަނޑާލަން ހަމަޖެހިފައިވާއިރު ޢީދު ބަންދާ ދިމާކޮށް މާލެ ސަރަހައްދުގައި ވެކްސިން ޖެހުންވެސް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ވެކްސިން ޖެހުން މެދުކަނޑާލި ނަމަވެސް، އިމަރޖެންސީ ހާލަތްތަކުގައި ވެކްސިން ޖެހޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ ޢުޘްމާން ރާއްޖެއެމްވީއަށް ވިދާޅުވީ، ވެކްސިން ޖެހުން މެދުކަނޑާލާއިރު، ސަރުކާރުން ދީފައިވާ ބޮޑު ޗުއްޓީއާ އެކީގައި ވެކްސިން މެދުކެނޑޭނެ ކަމަށެވެ. ދެން ވެކްސިން ޖެހުން ރަސްމީކޮށް ހުޅުވާލާނީ ޖުލައި 26ގެ ބަންދަށް ފަހު މި މަހުގެ 30 ވަނަ ދުވަހު ކަމަށެވެ.

ތަސްލީމާ ވިދާޅުވީ ބަންދުގައިވެސް އިމަރޖެންސީ ހާލަތެއް ދިމާވެއްޖެ ނަމަ ވެކްސިން ޖެހޭނެ ކަމަށެވެ. އެގޮތުން ކުއްލިގޮތަކަށް ރާއްޖެއިން ބޭރަށް ފުރަން ޖެހިއްޖެނަމަ ވެކްސިން ޖެހޭނެ ކަމަށާއި، އަދި ދުވަސް ހަމަވާ ފަދަ ހާލަތްތަކުގައި ވެސް ވެކްސިން ޖެހުމުގެ ފުރުސަތު އެމީހަކަށް ލިބޭނެ ކަމަށެވެ. އެޗްއީއޯސީގެ ހޮޓްލައިންއާއި، ވެކްސިންގެ އެޕޮއިންމަންޓް ހައްދާ ވެބްސައިޓް މެދުވެރިކޮށް އެކަމަށް އެދި ހުށަހެޅުމުން ފުރުސަތު ލިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް