ކ. މާލެ
|
18 ޖުލައި 2021 | އާދީއްތަ 15:47
ރައީސުލްޖުމްހޫރިއްޔާ ހަނިމާދޫ ކައުންސިލް އަދި ޑަބްލިއުޑީސީ މެމްބަރުންނާ ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ ހަނިމާދޫ ކައުންސިލް އަދި ޑަބްލިއުޑީސީ މެމްބަރުންނާ ބައްދަލުކުރެއްވުން
ރައީސް އޮފީސް
ރައީސްގެ ހަނިމާދޫ ދަތުރުފުޅު
ހަނިމާދޫ އެއަރޕޯޓު މަޝްރޫއު ކުރިއަށްގެންދިޔުމުގައި ދިމާވި މައްސަލައަށް ހައްލު ލިބިއްޖެ
 
ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު

ހަނިމާދޫ އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫއު ކުރިއަށްގެންދިޔުމުގައި ދިމާވި މައްސަލައަށް ހައްލު ލިބިއްޖެ ކަމަށް ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭ މަޝްވަރާތައް ހަނިމާދޫގެ ބައެއް ރައްޔިތުންނާއެކު ރައީސުލްޖުމްހޫރިއްޔާވަނީ އާދީއްތަ ދުވަހު ކުރައްވާފައެވެ. މި މަޝްރޫއާ ގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސާ ހިއްސާކޮށް، އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

އެއަރޕޯޓްގެ މަޝްރޫއު މިހާރު އޮތީ މަޑު ޖެހިފައެވެ. ރަށުގެ ބިމުން ބޮޑު ބައެއް މި މަޝްރޫއު ކުރިއަށް ގެންދިޔުމަށްޓަކައި ނެގުމަށް ހަމަޖެހިފައިވާތީ، އެކަމުގެ ކަންބޮޑުވުން ރަށުގެ ކައުންސިލާއި ރައްޔިތުންގެ ފަރާތުން އައީ ފާޅުކުރަމުންނެވެ.

ރައީސާއެކު ކުރިއަށްގެންދެވި މަޝްވަރާތަކުގައި މިކަމަށް ހައްލުގެނައުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވި އެއްބަސްވުމަކަށްވަނީ އާދެވިފައެވެ. އެގޮތުން އެެއަރޕޯޓްގެ ސަޕޯޓް ސަރވިސް އިމާރާތްތައް އެޅުމަށް ކުރިން ޕްލޭން ކުރެވިފައި އޮތް ބައެއް ބިންތަކާބެހޭ ކަންބޮޑުވުންތައް ހައްލުކުރުމަށް ވަނީ އެއްބަސްވެވިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
100%
0%
0%
ކޮމެންޓް