ކ. މާލެ
|
18 ޖުލައި 2021 | އާދީއްތަ 14:38
ޕާޓީގެ ޒުވާނުންގެ ހިތްވަރުން ނެރުނު ބަޔާނެއްގައި ބުނީ އެމްޑީޕީން އަބަދުވެސް ވަކާލާތުކުރާ އެންމެ މުހިއްމު އެއް އަސާސަކީ އަނިޔާވެރިކަމާއި ދެކޮޅުވުން ކަމަށެ
ޕާޓީގެ ޒުވާނުންގެ ހިތްވަރުން ނެރުނު ބަޔާނެއްގައި ބުނީ އެމްޑީޕީން އަބަދުވެސް ވަކާލާތުކުރާ އެންމެ މުހިއްމު އެއް އަސާސަކީ އަނިޔާވެރިކަމާއި ދެކޮޅުވުން ކަމަށެ
ރާއްޖެއެމްވީ
ޕާޓީގެ އަސާސްތައް ބޮލާލާނުޖެހުމަށް ގޮވާލުން
ޕާޓީގެ ޒަމާންވީ އަސާސްތައް ބޮލާލައިނުޖެހުމަށް އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުން ވެސް ގޮވާލައިފި
 
ރައީސް ނަޝީދު ނެރުނު މި ބަޔާނުގައި އަދާލަތުޕާޓީއަށް ފާޑުވިދާޅުވުމާ ގުޅިގެން އަދާލަތު ޕާޓީން ވެސް ވަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި
 
ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ފާސްކުރުމަށް ގޮވާލާފައިވޭ

ސަރުކާރާއި އިއްތިހާދުވެފައިވާ ބައެއް ޕާޓީތައް ރުއްސުމުގެ މަޤްސަދުގައި އެމްޑީޕީގެ ޒަމާންވީ އުސޫލުތަކާއި އަސާސްތައް ބޮލާލައިނުޖެހުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް, ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވި ގޮވާލެއްވުމަށް އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުން ތާއީދުކޮށްފިއެވެ.

އެ ޕާޓީގެ ޒުވާނުންގެ ހިތްވަރުން ނެރުނު ބަޔާނެއްގައި ބުނީ އެމްޑީޕީން އަބަދުވެސް ވަކާލާތުކުރާ އެންމެ މުހިއްމު އެއް އަސާސަކީ އަނިޔާވެރިކަމާ ދެކޮޅުވުން ކަމަށެވެ. މިގޮތުން 2018 ގެ ރިޔާސީ އިންތިހާބުގައާއި 2019 ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އެމްޑީޕީން ވީ އެންމެ މުހިއްމު އެއް ވައުދަކީ ގޮތް ނޭނގި ގެއްލުވާލާފައިވާ މީހުންނާއި މަރާލެވިފައިވާ މީހުންނަށް އިންސާފު ހޯދަދީ, އެފަދަ އަނިޔާވެރި އަމަލުތައް ރާއްޖޭގައި ތަކުރާރުވިޔަ ނުދޭން ފިޔަވަޅު އަޅާނެކަމުގެ ވައުދު ކަމަށެވެ.

ބަޔާނުގައި އިތުރަށް ބުނީ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ އާއި ޔާމީން ރަޝީދު އަދި ޑރ. އަފްރާޝީމް އަލީ އަނިޔާވެރި ގޮތަކަށް ގަތުލުކުރުމާ ހަމައަށް ގެންގޮސް, ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލަން ބޮން ގޮއްވުމާ ހަމައަށް ކަންކަން ދިޔައީ ބަޔަކު ރޭވުންތެރިކަމާއެކު އެމީހުންގެ ބޮލުގައި ވަކި ލޭބަލްތަކެއް އަޅުވައި, އެމީހުންނާ މެދު މުޖުތަމައުގައި ނަފްރަތު އުފެއްދައިގެންކަން ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ.

އަދި އެމްޑީޕީގެ ވައުދުތަކާ އެއްގޮތަށް އެފަދަ އަނިޔާވެރި އަމަލުތައް ހުއްޓުވޭނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށް, ވަކިވަކި ފަރުދުންނާ މެދު ނަފްރަތު އުފެއްދުމަކީ ގާނޫނީ ކުށަކަށް ހަދައިގެން ކަމަށެވެ.

އެހެން ނަމަވެސް, ސަރުކާރުގެ އިއްތިހާތުގައި ހިމެނޭ ބައެއް ޕާޓީތަކުން ނުރުހުން ފާޅުކުރި ހިސާބުން, ސަރުކާރުން ފޮނުވި ބިލު ސަރުކާރުން ދިފާއުނުކޮށް, މުޖުތަމައުގައި ނަފްރަތު އުފެއްދުން ހުއްޓުވައި އަނިޔާވެރި އަމަލުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް އެމްޑީޕީއިން ވެފައިވާ ވައުދު ސަރުކާރުން ހަނދާން ނައްތާލުމަކީ އެޕާޓީގެ އަސާސްތަކާ ޚިލާފަށް ސަރުކާރުން ނިންމި ނިންމުމެއް ކަމަށެވެ.

ހޮނިހިރު ދުވަހު ރައީސް ނަޝީދު ނެރުނު މި ބަޔާނުގައި އަދާލަތުޕާޓީއަށް ފާޑުވިދާޅުވުމާ ގުޅިގެން އަދާލަތު ޕާޓީން ވެސް ވަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ދިވެހިންނަކީ ހަރުކަށި ފިކުރުގެ ބައެއްކަމަށް ދުނިޔެއަށް ސިފަވާ ގޮތަށް ދައްކަވާ ވާހަކަ ވެސް އެޕާޓީން ކުށްވެރިކޮށްފައިވެއެވެ. ރާއްޖޭގެ ސިޔާސީ މައިދާން ބައިބައިވަމުންދާ މި ދަނޑިވަޅުގައި އެޕާޓީގެ ފުރިހަމަ ތާއީދު އޮތީ ރައީސް ޞާލިޙާއެކު ކަން ވެސް ބަޔާނުގައި ހާމަކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
33%
17%
0%
17%
17%
17%
ކޮމެންޓް