ކ. މާލެ
|
18 ޖުލައި 2021 | އާދީއްތަ 09:28
ލޯކަލް މާރުކޭޓް
ލޯކަލް މާރުކޭޓް
މޯލްޑިވްސް ގާލްގައިޑް އެސޯސިއޭޝަން
މާލޭ މާރުކޭޓްތަކުގެ ގޮޅިތައް ދޫކުރުން
މާލޭ މާރުކޭޓްތަކުގެ ގޮޅިތަކަށް އެދުމުގެ ފުރުސަތު އިތުރުކޮށްފި
 
ގޮޅި ކުއްޔަށް ހިފަން އެދި ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ އެއް ފޯމް
 
މިފަހަރު ހުޅުވާލީ ލޯކަލް މާރުކޭޓުން 186 ގޮޅިއާއި ދަތުރުވެރިންގެ މާރުކޭޓުން 163 ގޮޅި
 
މާރުކޭޓްތަކުން މި ފަހަރު ހުޅުވާލައިފައިވަނީ ޖުމްލަ 349 ގޮޅި

މާލޭ މާރުކޭޓްތަކުގެ ގޮޅިތަކަށް އެދުމުގެ ފުރުސަތު އިތުރުކޮށްފިއެވެ.

ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓްގެ ގޮޅިތަކަށް އެދުމުގެ ފުރުޞަތު އިތުރުކޮށްފައިވާކަން މާލެ ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ. ކުރިން މި ގޮޅިތަކަށް އެދުމުގެ ފުރުޞަތު އަންނަމަހުގެ 2 އާ ހަމައަށް ހުޅުވާލި ނަމަވެސް ސިޓީ ކައުންސިލުން މިހާރުވަނީ އެ މުއްދަތު އަންނަ މަހުގެ 17 އާ ހަމަޔަށް އިތުރުކޮށްދީފައެވެ. ސިޓީ ކައުންސިލުން ބުނީ ގޮޅިތަކަށް އެދުމުގެ މުއްދަތު އިތުރުކުރީ، ގޮޅިއަށް އެދުމުގައި ހުށަހަޅަންޖެހޭ ޓެކްސް ދެއްކި ކަމުގެ ލިޔުން ހޯދުމަށް އެކަށީގެންވާ މުއްދަތެއް ކުރީގެ އިޢުލާނުން ދެވިފައި ނުވާތީ ގިނަ ފަރާތްތަކަކަށް ދަތިތަކާ ކުރިމަތިވަމުންދާތީކަމަށެވެ.

ކުއްޔަށް ދިނުމަށް މި ފަހަރު ހުޅުވާލައިފައި މިވަނީ ޖުމްލަ 349 ގޮޅިއެވެ. އެއީ ލޯކަލް މާރުކޭޓުން 186 ގޮޅިއާއި ދަތުރުވެރިންގެ މާރުކޭޓުން 163 ގޮޅިއެވެ. ލޯކަލް މާރުކޭޓްގެ ގޮޅިތަކުގެތެރޭގައި ހިމެނެނީ ތަރުކާރީއާއި މޭވާ ވިއްކުމަށް ޚާއްޞަ 100 ގޮޅިއާއި، ވަޅޯމަސް ވިއްކުމަށް ޚާއްޞަ 32 ގޮޅިއާއި، ލުއިކާނާއާއި ސޮފްޓް ޑްރިންކްސް ވިއްކުމަށް ޚާއްޞަ 35 ގޮޅިއާއި، ގަޑިކަމަރު ވިއްކުމަށް ޚާއްޞަ 19 ގޮޅިއެވެ.

ގޮޅިތައް ކުއްޔަށް ދިނުމަށް ކަނޑައަޅާފައިވާ ރޭޓަކީ އަކަފޫޓަކަށް 31.25 ރުފިޔާގެ ރޭޓުން ގޮޅީގެ ބޮޑުމިނަށް ހިސާބު ކުރުމުން ޖެހޭ އަގެވެ. ސިޓީ ކައުންސިލުން ބުނީ މި ރޭޓުން ހިސާބުކުރުމުން އެންމެ ބޮޑު ގޮޅިއަށް ޖެހެނީ 2000 ރުފިޔާކަމަށެވެ. އަދި ގޮޅިތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 2 އަހަރުދުވަހުގެ މުއްދަތަށެވެ.

ސިޓީ ކައުންސިލުން ބުނީ މާރުކޭޓް ގޮޅިތަކަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި މިފަހަރު ބަލާނީ ގޮޅި ލިބިފައިވާ ފަރާތްތަކުގެތެރެއިން، ގޮޅި ލިބިފައިވާ މުއްދަތުގައި އަމިއްލައަށް ގޮޅި ހިންގާ ކޮންމެ ފަރާތަކަށް 30 ޕޮއިންޓްކަމަށެވެ. ސޭޓެއްގެ ގޮތުގައި ނުވަތަ އެހީތެރިއެއްގެ ގޮތުގައި ހުރެގެން ގޮޅި ހިންގާ ފަރާތެއްނަމަ 15 ޕޮއިންޓް ކަމަށާއި ގޮޅި ހިންގާތާ 3 އަހަރުވެފައިވާނަމަ 45 ޕޮއިންޓްކަމަށެވެ. އަދި އެ ބަޔަށް ޕޮއިންޓް ދިނުމުގައި 2 އަހަރުވެފައިވާނަމަ 30، އަދި 1 އަހަރުވެފައިވާނަމަ 15 ޕޮއިންޓް ދޭގޮތަށް ގިންތިކޮށްފައިވާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުން ބުނީ ގޮޅިކުއްޔަށް ހިފަން އެދި ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ އެއް ފޯމްކަމަށާއި އަދި އެ މީހަކު އެދޭ މާރުކޭޓެއް ފާހަގަކުރަންޖެހޭގޮތަށް ހަމަޖައްސާފައިވާކަމަށެވެ. ގޮޅި ދޫކުރުމުގައި ބަލަނީ 50 ޕޮއިންޓަށްވުރެ މަތިން ލިބޭ ފަރާތްތައް ގުރުއަތުލައިގެންކަމަށާއި ގުރުއަތުލުމުގައި މާރުކޭޓްގެ ގޮޅިތަކުގެ ވިޔަފާރިތަކަށް ބަލައިގެން ގިންތިކުރާނެކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް