ކ. މާލެ
|
18 ޖުލައި 2021 | އާދީއްތަ 00:06
ދިއްދުގެ ގޮނޑުދޮށުގެ ހިމާޔަތްކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދު
ދިއްދުގެ ގޮނޑުދޮށުގެ ހިމާޔަތްކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދު
އެމްޓީސީސީ
ދިއްދޫ ތަރައްގީ
ދިއްދޫގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ- އެމްޓީސީސީ
 
ދިއްދޫ ބަނދަރު ފުންކުރުމުގެ މަސައްކަތްވެސް އެމްޓީސީސީން އަންނަނީ ކުރަމުން

ދިއްދޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

އެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްފަހު ޢާޒިމް ވިދާޅުވީ، އަމާޒަކީ ބާރު ސްޕީޑްގައި ކުރިއަށްގެންގޮސް، ސެޕްޓެމްބަރު މަހުގެ ނިޔަލަށް މަސައްކަތް ނިންމުމަށް އަމާޒުހިފާފައިވާ ކަމަށެވެ. އަދި އެމްޓީސީސީން މަސައްކަތް ކުރަނީ ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތައް ވީހާވެސް އަވަހަކަށް، ފެންވަރު ރަނގަޅުކޮށް ނިންމުން ކަމަށެވެ. މި މަޝްރޫއުގެ ދަށުން ދިއްދޫގެ 280 މީޓަރުގެ ސަރަހައްދެއް ހިމާޔަތް ކުރުމަށްވަނީ ހަމަޖެހިފައެވެ.

ދިއްދޫގެ ގިރުމުގެ މައްސަލައަކީ އެރަށުގެ ރައްޔިތުން ވަރަށް ކަންބޮޑުވާ މައްސަލައެކެވެ. ދިއްދޫއަކީ 5000އާ ގާތްކުރާ އާބާދީއެއް ދިރިއުޅެމުން އަންނަ ރަށެކެވެ. މި އަހަރުގެ ބަޖެޓުގައި ދިއްދޫގެ ތަރައްގީގެ މަޝްރޫއުތަކަށް ޚާއްސަކޮށްގެން 40 މިލިއަނަށްވުރެ ގިނަ ރުފިޔާވަނީ ކަނޑައަޅާފައެވެ. ދިއްދޫގެ ބަނދަރު ފުންކުރުމުގެ މަސައްކަތްވެސް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ.

ފެރީ ނިޒާމު ގާއިމު ކުރުމުގެ ގޮތުން އަޅާ ޓަރމިނަލްގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު މިހާރު އެރަށަށް ގެންގޮސްފައިވާ ކަމަށާއި، އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެކަމަށް އާޒިމް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
50%
0%
50%
0%
0%
0%
ކޮމެންޓް