ކ. މާލެ
|
17 ޖުލައި 2021 | ހޮނިހިރު 23:16
ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް މަޖިލިސްގޭގެ ބޭރުގައި ކިއު ހަދާފައި
ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް މަޖިލިސްގޭގެ ބޭރުގައި ކިއު ހަދާފައި
ރާއްޖެއެމްވީ
އީދު ބަންދާ ގުޅިގެން ވެކްސިން ޖެހުން މެދުކަނޑާލަނީ
އާދިއްތަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ވެކްސިން ޖެހުން މެދުކެނޑޭނެ
 
ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 320،482ށް އަރާފައި
 
ދެން ވެކްސިން ޖެހުން ރަސްމީކޮށް ހުޅުވާލާނީ މި މަހުގެ 30 ވަނަ ދުވަހު

އީދު ބަންދާ ގުޅިގެން، އާދީއްތަ ދުވަހުން ފެށިގެން ވެކްސިން ޖެހުން މެދުކެނޑޭނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.

މިމަހުގެ 14 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ، މާލެ ސަރަހައްދުގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމް ކުރިއަށް ގެންދާނީ 17 ވަނަ ދުވަހުގެ ނިޔަލަށްކަމަށެވެ. އޭގެ ފަހުން ވެކްސިން ޖެހުން އީދު ބަންދު ނިމެންދެން މެދުކަނޑައިލާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އަލުން ވެކްސިން ޖަހަން ފަށާނެ ތާރީޚެއް އާންމު ކުރާނެ ކަމަށާއި، ވެކްސިން ޖަހަން ފެށުމުގެ ކުރިން އެޕޮއިންޓްމަންޓް ހެދުމަށް ހުޅުވާލާނެކަމަށެވެ.

ކުރިއަށް އޮތް ބޮޑު އީދު ބަންދުގައި މާލެ ސަރަހައްދުން ވެކްސިން ޖެހުން މެދުކަނޑާލި ނަމަވެސް، އެމަޖެންސީ ހާލަތުގައި ވެކްސިން ޖެހޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ވަނީ ބުނެފައެވެ. އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ ޢުޘްމާން ރާއްޖެއެމްވީއަށް ވިދާޅުވީ، އީދަށް ވެކްސިން ޖެހުން މެދުކަނޑާލާއިރު ސަރުކާރުން ދީފައިވާ ބޮޑު ޗުއްޓީއާ އެކީގައި ވެކްސިން މެދުކެނޑޭނެ ކަމަށެވެ. ދެން ވެކްސިން ޖެހުން ރަސްމީކޮށް ހުޅުވާލާނީ ޖުލައި 26ގެ ބަންދަށް ފަހު މި މަހުގެ 30 ވަނަ ދުވަހު ކަމަށް ވިދާޅުވިއެވެ.

ތަސްލީމާ ވިދާޅުވީ ބަންދުގައިވެސް އިމަރޖެންސީ ހާލަތެއް ދިމާވެއްޖެ ނަމަ ވެކްސިން ޖެހޭނެ ކަމަށެވެ. އެގޮތުން ކުއްލިގޮތަކަށް ރާއްޖެއިން ބޭރަށް ފުރަން ޖެހިއްޖެނަމަ ވެކްސިން ޖެހޭނެ ކަމަށެވެ. އަދި ދުވަސް ހަމަވާ ފަދަ ހާލަތްތަކުގައި ވެސް ވެކްސިން ޖެހުމުގެ ފުރުސަތު އެމީހަކަށް ލިބޭނެ ކަމަށާއި، އެޗްއީއޯސީގެ ހޮޓްލައިންއާއި، ވެކްސިންގެ އެޕޮއިންމަންޓް ހައްދާ ވެބްސައިޓް މެދުވެރިކޮށް އެކަމަށް އެދި ހުށަހެޅުމުން ފުރުސަތު ލިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 320،482ށް އަރާފައެވެ. އަދި ދެވަނަ ޑޯޒް ޖަހާފައިވަނީ 255،954 މީހުންނެވެ.

ރާއްޖެއަށް މިވަގުތު އެކަށީގެންވާ މިންވަރަށް ވެކްސިން ލިބިފައިވާކަމަށާއި އެހެންކަމުން އެއްވެސް ދަތިކަމެއްނެތި ވެކްސިން ޖެހުމުގެ ކަންކަން ކުރިޔަށްދާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް