ކ. މާލެ
|
17 ޖުލައި 2021 | ހޮނިހިރު 23:00
ކޮވިޑްއަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުން
ކޮވިޑްއަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުން
ރާއްޖެއެމްވީ
ކޮވިޑް-19، ރާއްޖޭގެ ހާލަތު
އަތޮޅުތަކުން ޕޮޒިޓިވްވި 56 މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވްވީ 80 މީހުން
 
ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 23 މީހުންނަށް
 
މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި ތިބީ 2516 މީހުން
 
މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 16 މީހުން

ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޮވިޑް-19ށް ޕޮޒިޓިވްވެފައިވަނީ 80 މީހުންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ފާއިތުވި 24 ގަޑިއިރު 6928 ސާމްޕަލް ޓެސްޓްކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން 80 މީހުން ޕޮޒިޓިވްވީއިރު މީގެތެރެއިން 56 މީހުންނަކީ އަތޮޅުތަކުން ޕޮޒިޓިވްވި މީހުންނެވެ. މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 16 މީހުންނެވެ. ރިސޯޓްތަކުން 8 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި ތިބީ 2516 މީހުންނެވެ. މީގެތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 23 މީހުންނަށެވެ. 73،072 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ރާއްޖެއިން ޖުމްލަ 75،816 މީހުން ވަނީ މިހާތަނަށް އައިއިރު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި 216 މީހުން ވަނީ މިބަލީގައި ނިޔާވެފައެވެ.

ކޮވިޑް-19ގެ ހަތަރު ވަނަ ރާޅަކަށްފަހު ރާއްޖޭގައި މިހާރު ކޮވިޑްގެ ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ. ކޮވިޑްގެ ހާލަތު ރާއްޖޭގައި އެންމެ ގޯސްވެފައިވަނީ މެއި މަހުއެވެ. އެ މަހުގެ ތަފާސް ހިސާބަށް ބަލާއިރު މެއި މަސް ތެރޭގައި 34،159 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެއީ ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 1101 މީހުންނެވެ. މެއި މަސް ނިމުނުއިރު ރާއްޖޭގައި މުޅި ޖުމްލަ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 64،396 މީހުންނެވެ. ޖެހިގެން އައި ޖޫން މަހު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 9402 މީހުންނެވެ. އަދި ޖުލައި މަހުގެ މިހާތަނަށް އައިއިރު މިމަސްތެރޭގައި ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 1885 މީހުންނެވެ.

ކޮވިޑްގެ ހާލަތު ރަނގަޅުވާން ފެށުމާއެކު މިހާރު އަންނަނީ ފިޔަވަޅުތަކަށް ލުއިތައް ދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް