ކ. މާލެ
|
17 ޖުލައި 2021 | ހޮނިހިރު 19:38
ބަޔަކު އޮޅުވާލި މައްސަލައެއް ވަނީ ފެންމަތިވެފައި
ބަޔަކު އޮޅުވާލި މައްސަލައެއް ވަނީ ފެންމަތިވެފައި
ވެލާނާ އެއާޕޯޓް
ރާއްޖެ އެތެރެވާން އުޅުނު މީހުން
"މައުސޫމްގެ ވަރުގަދަ އިންޒާރެއް! ތި ހަދަނީ ބޮޑު ގޯހެއް"
 
މިކަން މިކުރަނީ މަދު ބަޔެއް ކަމަށް މިނިސްޓަރ ވިދާޅުވި
 
އެ މައްސަލަ ދަނީ ބަލަމުން
 
ޖުމްލަ 248 މީހަކަށް އޮޅުވާލާފައިވޭ

ވަގު ވައުޗަރުތައް ހިފައިގެން ރާއްޖެ އެތެރެވާން އުޅުނު މީހުންތަކެއް އަނބުރާ ގައުމަށް ފޮނުވާލާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ވަގު ވައުޗަރުތައް ހިފައިގެން މިހާ ގިނަ އަދަދެއްގެ ބަޔަކު ރާއްޖެ އެތެރެވުމަށް މަސައްކަތް ކޮށްފައިވަނީ އެމީހުންނަށް ބަޔަކު އޮޅުވާލައިގެންނެވެ. އެމީހުންނަށް އޮޅުވާލާފައިވަނީ އިންޑިއާގައި ހުންނަ އެޖެންޓެއް ކަމެއް ނުވަތަ ރާއްޖޭގައި ހުންނަ އެޖެންޓެއްކަން ވަނީ ސާފުވާ ގޮތް ނުވެފައެވެ.

ޖުމްލަ 248 މީހަކަށް އޮޅުވާލާފައިވާއިރު އެފަދަ އަމަލުތަކުގައި ބައިވެރިވި އަދި ބައިވެރިވަމުންދާ މީހުންނަށް ޓޫރިޒަމް މިނިސްޓަރ ޢަބްދުﷲ މަޢުޞޫމް މިވަނީ އިންޒާރު ދެއްވާފައެވެ. އެގޮތުން ރާއްޖެއެމްވީއަށް ދެއްވި ޚާއްޞަ އިންޓަވިއުގައި މިނިސްޓަރ ވިދާޅުވީ، ފިޔަވަޅު އަޅަން ފެށުމުން އެފަދަ ފަރާތްތަކަށް މާލީ ގޮންޖެހުންތަކާއި ވެސް ދިމާވާނެކަމަށެވެ. އަދި ފިޔަވަޅުތައް އަޅާނީ ގައުމުގެ އިޤްތިޞާދުގެ މަސްލަހަތަށް ބެލުމަށްފަހުގައި ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިގޮތަށް ފަތުރުވެރިންނަށް އޮޅުވާލައިގެން ކަންތައްތައް ކުރުމުން ރާއްޖެއާ ދެތޭރޭގައި އެމީހުންގެ ތަސައްވަރު ބަދަލުވެގެންދާ ކަމަށާއި، ހުރިހާ އެންމެންވެސް ގާނޫނުތަކާއި ގަވާއިދުތަކުގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

މި 248 މީހުންނަށް އޮޅުވާލި މައްސަލަ ތަހުގީގުކުރަމުންދާއިރު އެ އަމަލު ހިންގާފައިވަނީ ދިވެއްސެއްކަމެއް ނުވަތަ ރާއްޖޭގައި ހުރި ބިދޭސީއެއް ކަމެއް ނުވަތަ ރާއްޖޭއިން ބޭރުގައި ހުރި މީހެއްކަން ނޭނގޭ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ޞިނާޢަތު އަލުން ކޮޅަށް ޖަހަން މަސައްކަތް ކުރައްވާއިރު ޤާނޫނާއި ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަކީ މުހިންމުކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، މިކަން މިކުރަނީ މަދު ބަޔެއް ކަމަށާއި އެބަޔެއްގެ އަމަލުތަކުގެ ސަބަބުން ގިނަ ބަޔަކަށް ގެއްލުންވާ ނޭދޭ ކަމަށެވެ. އަދި ރަނގަޅު ގޮތުގައި ވިޔަފާރި ކުރަން ހުރިހާ އެންމެންނަށްވެސް ނަސޭހަތްތެރިވާ ކަމަށާއި ކަތިމަގުން ގޮސްގެން ކާމިޔާބު ނުވާނެ ކަމަށެވެ.

މިކަމާ ގުޅިގެން އިމިގްރޭޝަންގެ ކޮންޓްރޯލަރ މުޙައްމަދު އަޙުމަދު ޙުސައިން (ހަނަފީ) ވިދާޅުވީ ވަގު ވައުޗަރުތައް ހިފައިގެން ރާއްޖެ އެތެރެވާން އުޅުނު މީހުންތައް ދެނެގަނެވުނީ އިމިގްރޭޝަން އޮފިސަރުންގެ ހުޝިޔާރު ކަމުން ކަމަށެވެ. އަދި އެ އޮފިސަރުންގެ މަސައްކަތަށް ވަނީ ސާބަސް ދެއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
24%
12%
8%
48%
8%
0%
ކޮމެންޓް
23 ޖުލައި 2021 | ހުކުރު 18:03
އަހުމަދު. ...ޖ
ޑރ . މައުސޫމޫ، ތިޔަ ކަންތަައް ކުރި މީހުންގެ ތަފްސީލެއް ރައްޔިތުން ނަށް ހާމަ ކުރަން އެދެން
18 ޖުލައި 2021 | އާދީއްތަ 11:37
ސްމޭޝް -ފުވައްމުލައް
އާނ ދޮން އަހުމަދަށް ހީވާނެ ކަމެއް ވާއިރަށް އެއީ އިންޑިއިން ކުރާ ކަމެއް ކަމަށް! ތީ ދެން ބޮޑުވަރު، އެކަން ކުރީ ކޮންބައެއްތޯ އެބަލިނަީ . އެއީ ދިވެހި ބަޔަކަށް ވެސް ވެދާނެ. އަދޮ ދިވެހި ބަޔަކާއި އިންޑިއާ ބަޔަކު ގުޅިގެން ކަމަށްވެސް ވެދާނެ! އެއީ ގޯހެއް ، އަފަދަ ކަންކަނ1 ކޮށްގެން ނުވާނެ! ވިޔަފާރީގައި ދެފަރާތަށް ވެސް ވާންޖެހޭނީ ފައިދާ!
18 ޖުލައި 2021 | އާދީއްތަ 09:52
ދޮން އަހަންމަދު
ތީ އިންޑިޔާއިން ރާއްޖޭގެ ޓުރިޒަމް ހަލާކުކުރަން ހިންގާ ޖަރީމާއެއް. ތިކަމުގައ މިނިސްޓަރަށްވެސް އރޅޭނެ ފިޔަވަޅެއް އޮތް ކމަކަށް އާޚިރުގައ ނުވާނެ.
ގުޅުންހުރި