ކ. މާލެ
|
17 ޖުލައި 2021 | ހޮނިހިރު 15:36
ރައީސްގެ ކުމުންދޫ ދަތުރުފުޅު
ރައީސްގެ ކުމުންދޫ ދަތުރުފުޅު
ރައީސް އޮފީސް
ރައީސްގެ ތިލަދުންމަތީ ދަތުރުފުޅު
ރައީސުލްޖުމްހޫރިއްޔާ ކުމުންދޫއަށް ވަޑައިގެންފި
 
ކުމުންދޫ ކައުންސިލާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައި

ރައީސުލްޖުމްހޫރިއްޔާ ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހދ.ކުމުންދޫއަށް ވަޑައިގެންފިއެވެ.

މިއީ މިދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގެންނެވި 2ވަނަ މަންޒިލެވެ. ކުމުންދޫއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ ރަށުގެ ކަންސިލާ ބައްދަލު ކުރައްވައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ކުމުންދޫ ހޮސްޕިޓަލަށާއި ސްކޫލަށްވެސް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ދަތުރުފުޅަކީ ހދ. އަތޮޅުގެ 3 ރަށަކަށް ކުރައްވާ ދަތުރުފުޅެކެވެ. އެގޮތުން ކުޅުދުއްފުށި ސިޓީގެ އިތުރުން ހދ. ކުމުންދޫ އަދި ހދ. ހަނިމާދޫއަށް ވަޑައިގެންނެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
50%
0%
50%
0%
0%
ކޮމެންޓް