ކ. މާލެ
|
17 ޖުލައި 2021 | ހޮނިހިރު 13:54
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު
މަޖިލިސް
ސަރުކާރުގެ ބިލުތައް މަޖިލީހުން ފާސްކުރުން
ސަރުކާރުން ބިލުތައް ހުށައަޅާ ގޮތަކަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ޖެހޭނެ- ނަޝީދު
 
ރައީސް ނަޝީދު ވިދާޅުވީ ނަފްރަތުގެ ބިލު ފާސްކުރުމުގެ ހިތްވަރު އެމްޑީޕީގެ ސަރުކާރުގެ ކިބައިގައި ހުންނަން ޖެހޭނެ ކަމަށް

ސަރުކާރުން ފޮނުވާ ބިލުތައް އެ އޮންނަ ގޮތަކަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަފްރަތުގެ ބިލާ ގުޅިގެން ރައީސް ނަޝީދު އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ ނަފްރަތުގެ ބިލު ފާސްކުރުމުގެ ހިތްވަރު އެމްޑީޕީގެ ސަރުކާރުގެ ކިބައިގައި ހުންނަން ޖެހޭނެ ކަމަށެވެ. އަދި ރާއްޖޭގައި އެންމެ ފަހުން މީހަކު މަރާލަން ރާވާ ޓެރަރިސްޓު ހަމަލާ އެމަނިކުފާނަށް އަމާޒުވެއްޖެ ކަމަށާއި އެ ހަމަލާއަކީ ހަރުކަށި ފިކުރުގެ މީހުން ދީފައިވާ ހަމަލާއެއް ކަމަށެވެ. މިކަންކަން ހިނގަނީ ވަކި އުސޫލެއްގެ ތެރެއިން ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ އެންމެ ފުރަތަމަ އެ މީހަކީ ކާފަރެއްގެ ގޮތުގައި ލޭބަލް ކުރަނީ ކަމަށެވެ.

އެއަށްފަހު ފަތުވާ ދިނުމަށްފަހު އޭނާ އަށް މަރުގެ އަދަބެއް ދެވޭ ކަމަށެވެ. އަދި އެއަށްފަހު ހަރުކަށި ޖިހާދީ ފިކުރުގެ މީހުން އެ ތަންފީޒުކުރާ ކަމަށް ވިދާޅުވެ އެ މަނިކުފާނު ވިދާޅުވީ މިއީ ރާއްޖޭގައި ހަރުކަށި ފިކުރުގެ މަރުތައް ހިނގާފައިވާ ގޮތް ކަމަށެވެ. އޭގެ ތެރޭގައި ޑރ. އަފްރާޝިމާއި، ރިލްވާނާއި، ޔާމީން ރަޝީދުގެ މަރު ހިމެނޭ ކަމަށެވެ. އަދި ގާނޫނުލް އުގޫބާތަށް ހުށައެޅިފައިވާ އިސްލާހުގެ ބިލުގެ ބޭނުމަކީ އެގޮތަށް މީހުން ކާފަރު ކުރުމުގެ އަމަލު ހުއްޓުވުން ކަމަށެވެ.

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ގާނޫނުލް އުގޫބާތަށް ހުށަހެޅި އިސްލާހުގެ ބިލު އަލުން އަނބުރާ ކޮމިޓީއަށް ފޮނުވާލާފައިވާއިރު ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރ ހިސާން ހުސައިން ހުށަހެޅުއްވި އިސްލާހު ދިރާސާކޮށްފައިވަނީ ޖުޑީޝަރީ ކޮމިޓީންނެވެ. ބިލް ހުށަހެޅުމާއެކު ރާއްޖޭގެ ދީނީ އިލްމުވެރިންނާއި އާންމުން ވަނީ މިބިލާ ދެކޮޅަށް ވާހަކަދައްކަވާފައެވެ.

މީގެ އިތުުރުން އެމަނިކުފާނު ވިދާޅުވީ 2018 ވަނަ އަހަރުގެ ގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ބޮޑު އަޣުލަބިއްޔަތަކާއެކު ރައްޔިތުން ކާމިޔާބުކޮށްދިނީ އެމްޑީޕީގެ އުސޫލުތަކާ ރައްޔިތުންނަށް މިނިވަންކަން ހޯދައިދިނުމަށް ކުރި މަސައްކަތާއި ހަމަހަމަކަމާއި އިންސާފަށް ޕާޓީން ކުރަމުންދިއަ މަސައްކަތް ބަލައިގަންނާތީ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެ ޕާޓީގެ ލީޑަރޝިޕު ހަމައެކަނި ގޮތްދޫކުރުން މަތީ ދެމިތިބެގެން ނުވާނެ ކަމަށެވެ.

ކޮމިޓީން މިބިލް ދިރާސާ ކޮށްފައިވަނީ އިސްލާމިކް މިނިސްޓްރީ އާއި ޕްރޮސެކިޔުޓަރ ޖެނެރަލް އަދި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ޚިޔާލު ހޯދާފައެވެ. ބިލް އަނބުރާ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާލާފައިވަނީ ބިލާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމުގެ ގޮތުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
44%
0%
11%
33%
0%
11%
ކޮމެންޓް
ގުޅުންހުރި
ރާއްޖެ އަށް އެއްބާރުލުން ދިނުންމަތީގައި ދެމި ހުންނާނަން - ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ސީއީއޯ
މަޖިލިސް އިންތިޚާބުން އެނގުނީ ސަރުކާރު ޖަވާބުދާރީކުރުވާނީ ސީދާ ރައްޔިތުންގެ ވޯޓުންކަމަށް ރައްޔިތުން ޤަބޫލުކުރާކަން - ނިޔާޒް
ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރަން ހުށަހެޅުން - ޖިންސީ ގޯނާގެ މައްސަލަތައް ހައްލުކުރަން އެޅޭ މުހިންމު ފިޔަވަޅެއް
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޒަރީރު އައްޔަންކުރަން ރުހުންދީފި
ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ މުހިންމު ކަންތައްތަކެއް ހިމެނޭ ކާބޯތަކެއްޗާ ބެހޭ ބިލު ފާސްކޮށްފި
20 ވަނަ މަޖިލީހަށް އިންތިހާބުވި އެމްޑީޕީގެ މެންބަރުންނާ ރައީސް ޞާލިހު ބައްދަލުކުރައްވައިފި
ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ ދޭން ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފި
އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް